ވެރިކަން ކުރާ ޕާޓީ ބޭނުންހާ ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގާނޫނު މާނަ ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޖަމީލް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތައް ކަމަށް ކަނޑައަޅަން އާއްމު ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.
މެންބަރުން އަމިއްލަ ޕާޓީ،އާއިލާ،ގެދޮރަށް ކުރާ ދަތުރު ޚަރަދު ނެގުމަކީ ޤާނޫނާ ޚިލާފް ކަމެއް. ވެރިކަންކުރާ ޕާޓީ ބޭނުންހާގޮތަކަށް މޮޑޭ ފުށްގަނޑަކަށް ޤާނޫނު މާނަ ނުކުރެވޭނެ.ކޮވިޑުން ދަރަނިވެރިވެ މަގުމަތިވެފައިވާއިރު ރައްޔިތުންގެ ޖީބުން މެމްބަރުން ޚަރަދުކުރުމަކީ މުޑުދާރުކަމެއް pic.twitter.com/7ifDLnam9E
— Mohamed Jameel Ahmed (@MJameelAhmed) April 5, 2021
ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެމްބަރުން އަމިއްލަ ޕާޓީ، އާއިލާ، ގެދޮރު ކުރާ ދަތުރު ހަރަދު ނެގުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. ވެރިކަން ކުރާ ޕާޓީ ބޭނުންހާ ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގާނޫނު މާނަ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮވިޑުން ދަރަނިވެރިވެ މަގުމަތިވެފައިވާ އިރު ރައްޔިތުންގެ ޖީބުން މެމްބަރުން ހަރަދު ކުރުމަކީ މުޑުދާރު ކަމެއް،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް އެގޮތަށް ވިދާޅުވި އިރު އާންމު ކޮމިޓީން ނިންމާފައި ވަނީ މެމްބަރުންގެ ރަސްމީ ދަތުރަކަށް ވާނީ މަޖިލީހުގެ ސެކްރެޓޭރިއަޓަށް އެކަން ހުށަހަޅައި އަމީންއާއްމު ހުއްދަ ދެއްވުމުން ކަމަށެވެ. މެމްބަރުން ރަސްމީ ދަތުރެއްގައި ހުންނަވާއިރު މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ބައިވެރިވާން އެދިވަޑައިގަންނަވާނަމަ، އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށް ކޮމިޓީން ނިންމާފައިވެއެވެ.
މިއީ މަޖިލިހުގެ މެމްބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ މަޖިލިހުގެ ރަަސްމީ ކަމެއް ކަމަށް ހަދަން ފާސްކުރާ ފުރަތަމަ ފަހަރެވެ.
މި ދެން ކާކުތަ؟ ހަމަ ޔަގީން މީނަ ސިކުނޑި ހަމަ ނުޖެހޭ. މީނަ ހީކުރަނީ ދެން ތިބެނީ ގަމާރު ދިވެހިން ކަމަށް. އަޅެ ލަދެއްވެސް ނުގަނެޔޭ.
އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ! އެމް ޑީ ޕީ ގެ ފަލްސަފާއެއް އެއީ " ވެރިކަން ލިބިއްޖެނަމަ ކެވުނުގޮތަކަށް ކެއުން " ނުކަނީ ކޮންދިމާއްކުން ؟ ކޮންތާކުން ؟
ތިކަމަށް ހުއްދަދިންމީހާ ދެންއަންނަވެރިކަމެއްގައި ގާނޫނީ ގޮތުންފިޔަވަޅު އަޅާ އެމީހަކާދޭތެރޭ ދައުވާއުފުލުމަށް ގޮވާލަން އަދި ދަންނަވަން ރަށްޔަތުންގެ ފައިސާއަށް ހަރާމްކޯރު ނުވުމަށް މަޖިލީހަށް ގޮވާލަން .
2013 އިން 2018 އަށް އަހަރެމެންނަށް ވަނީ ޖަމީލު ތި ވިދާޅުވާ މަންޒަރު ފެނިފައެވެ. ހުދު ޖަމީލުވެސް ވަނީ އެވާހަކަ ދައްކާފައެވެ. ސިފައިންގެ ޗީފާއި އޭޖީ ދަންވަރު ސްޕްރީމްކޯޓަށް ވަދެ ނެރޭ އަމުރުތަކާއި ހުކުމްތައްވެސް ވަނީ ފެނިފައެވެ. އާދައިގެ އިންސާނެއްގެ ބުއްދިއަށްވެސް ނާންނަވަރުގެ އެތަކެއް އަމުރަކާއި ހުކުމެކެވެ.
ހުރިހާއިރެއްގަވެސް ކަން ހުރީ ތިގޮތުގަ އެހެއްނަމަވެސް މިހާރު ހއްދުފަހަނައެޅާ ހިގައްޖެ އިގޭ މިބައިމީހުނައް ކިތެމެ ނުބައި ކަމެއް ކުރިކަމުގަވިޔަސް ރަގަޅުވާނެކައް އެކަމު އެހެއްވެ ގެއްނުވާނެ ދޯ އަހއރުމެންގެޕާޓީ ކަމުގައިވިއަސް ގޯސްކަމެއް ކުރާކަމުގައި ވާނަމައެއީގޯސްކަމެއްކަމުގައި ދެކެއްވާނެ މިހާރު މިގައުމުގައިކުރަމުއްމިދާކައްކަމަކީރަގަޅުކައްކަމެއްނޫ މިހާރުމިގައުމުގެރަޢިއްޔަތުއްވިސްނާފިކުރު ކުރައްވެއްޖެ ގައުމުގެހުރިހާރަޢިއްޔަތުއް ވިސްނާލާ އަހަރުމެން ޢާންރަޢިއްޔަތުއްތަކެއް އަހަރުމެއްނައްވުރެ ގައުމުބޮޑުވާނެ އަހަރުމެއްގެގައުމުގެމިނިވައްކައްނެތިއަހަރުމެއްނަކައްމިގައުމކުމިނިވައްކަމާއެކުނޫޅެވޭނެ
އަހަރުމެއްއުޅެއްޖެހޭނީއަމިއްގައުމުގައި އަޅުވެތިވެފައިރޯލަރޯލާ ތިބެއް