ޅ. އަތޮޅުގެ ހުރިހާ ރަށެއްގައި ކޮވިޑް-19 ގެ ރޯގާ ފެތުރިފައިވީ ނަމަވެސް އަތޮޅުގެ ރައްޔިތުން ހާސްވާ ދަރަޖައަށް ހާލަތު ނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޅ. އަތޮޅު ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވުމުންނެވެ.

އެއީ ޅ. އަތޮޅުގެ ރަށްތަކުގައި ކޮވިޑް ފެތުރި އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތު ބަދަލު ކުރަން އަވަސް ފިޔަވަޅުތައް އަޅައި ދޭން ގޮވާލައި މެންބަރު ޝިޔާމް ކުއްލި މައްސަލައެކެވެ.

ޅ. އަތޮޅުގައި ކޮވިޑް-19 ފެތުރެމުންދާ އިރު، އެ އަތޮޅުގައި ފެސިލިޓީއެއް ނެތެވެ. އެ އަތޮޅުގައި ބައްޔަށް ފައްސިވާ މީހުން ގެންދަނީ ބ. އަތޮޅުގައި އޮންނަ ފެސިލިޓީއަށެވެ.

އޭގެ އަދަދުތަކާއި މައުލޫމާތު ޚިއްސާ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ފެސިލިޓީގައި ތިބީ ހަތަރު ވަރަކަށް މީހުން ކަމަށާއި ހާސްވާން ޖެހޭ ދަރަޖައަށް ކަންކަން ނުދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޙްމަދު

    ކޮބާތޯ ހާސްވާވަރީކީ؟

  2. ރެފްރީ

    ހާސްވާވަރަށް ކޮވިޑުނުފެތުރޭތީޗޭވަނީދޯ؟

  3. ހޯހޯ

    ހާސްވާނީ މީހުންތައް މަރުވާ ހިސާބުން މި ބޭފުޅާ

  4. ބޮލުރޮދި

    ކަލޭހާހެއްނުވާނެ، ބުނީމެންނުމީމާބޮޑު ކަމެއްނޫނޭވެސް ދުނިޔެހުއްޓުމަކަށް ނާންނާނެއޭވެސް.....ގަބުޅި

  5. ބަރުގޮނު

    ރަޢިއްޔަތުން ބިކަތެޅި ހަނާވިޔަކަސް ނަޝީދަށް ރަގަޅުވާނެ. އަބަދުވެސް އޭނާގެ ވިސްނުން ހުންނާނީ އޭނާ ބޭނުންވާ ކަންތަކަށް އެކަނި. މިވަގުތު ވިސްނަނީ ކައުންސިލް އިންތިޚާބަށް. ކޯވިޑް ގެ ނުރައްކާ ބޮޑުވެ އެޗް.ޕީ.އޭ އިން އަޅުއްވާ ފިޔަވަޅަކުން ވޯޓްލާން ރަޢިއްޔަތުން ނުކުތުމުގައި އަރާފާނެ ބުރުލަކާ ދޭތެރޭ.