ހުޅުމާލެ ގެއެއްގެ ސިޓިންގް ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހުޅުމާލެ ލޮޓް ނަމްބަރު-11195 ގޭގެ ސިޓިންގް ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފަައި ވަނީ މިއަދު ހަވީރު 13:30 ގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ގޭގެ ސިޓިންގް ރޫމްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ.