ރާއްޖޭގައި ދުއްވާ ޓެކްސީތަކުގައި އާއްމު ގޮތެއްގައި ކީރިތި ޤުރުއާނާއި، ދީނީ މައުލޫމާތުތައް ރޭޑިއޯ އިން ޖަހަމުން ގެންދިޔަ ނަމަވެސް މީގެ ފަހުން ދީނީ މައުލޫމާތު ވެސް ހިމެނޭ ގޮތައް އެއްވެސް އެއްޗެއް ޓެކްސީއެއްގައި ޖެހޭނީ ފަސެންޖަރުގެ ހުއްދަ އޮވެގެން ކަމަށް ކަނޑައަޅައި ޓްރާންސްޕޯޓް އޮތޯޯރިޓީން ގަވައިދަށް ބަދަލު ގެނެސްފިއެވެ.

ޓެކްސީ ގަވައިދަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ގެނައި ބަދަލުގައި ބުނެފައި ވަނީ ޓެކްސީގެ ޚިދުމަތް ދޭ ފަރާތުން ބޭނުންކުރާ މުއާޞަލާތީ ނިޒާމު ފިޔަވައި، އަޑު ނުކުންނަ ބާވަތުގެ އެހެން އެއްވެސް އާލަތެއް (ރޭޑިޔޯ، ޓީވީ، ލަވަޖަހާ ސެޓު ނުވަތަ މިނޫންވެސް މި ބާވަތުގެ އެއްވެސް އެއްޗެއް) ޓެކްސީ ގައި ބޭނުންކުރާންވާނީ ފަސިންޖަރުންގެ ރުހުން ލިބިގެންނެވެ. މިނޫން ގޮތަކަށް މިފަދަ ތަކެތި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.

ގަވައިދުގައި ބުނެފައި ވަނީ ޓެކްސީ ސެންޓަރާއި، ޓެކްސީގެ ޚިދުމަތްދޭ އުޅަނދާ ދެމެދުގައި "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަކުރާ މުއާޞަލާތީ ނިޒާމެއް" ޤާއިމްކޮށްފައި ހުންނާންވާނެއެވެ. މި ނިޒާމަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ނަގާންޖެހޭ ނިޒާމެއް ނަމަ، އެ ހުއްދައެއް ނެގުމަށްފަހު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ހުށަހަޅާންވާނެ ކަމަށާއި މިފަދަ މުއާޞަލާތީ ނިޒާމެއްގެ ބޭނުން ހިފާންވާނީ ރިވެތި އަދަބުތަކާއި އިޙްތިރާމާއެކު ރިވެތި ބަހުން ކަމަށް ވެސް މިއަދު ގަވައިދަށް ގެނައި ބަދަލުގައި ބުނެފައި ވެއެވެ.

ޓެކްސީގެ ގަވައިދާއި ހިލާފު ވެއްޖެނަމަ ކްސީ ސެންޓަރާއި ޑްރައިވަރުންގެ އަދަބަކީ ފުރަތަމަ ފަހަރަށްނަމަ -/500ރުފިޔާއިން ދެވަނަ ފަހަރުނަމަ -/1000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ އެފަރާތެއްގެ ލައިސަންސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ހަމާނު

    ކޮންމެ ކަމަކުންވެސް ފިތުނަ އުފެއްދޭތޯ ބަލާތި

    39
    13
    • ޏަވިޔަނި

      ލަވަ ޖެ ހޭ ތަ؟؟ ތިވީ؟

      9
      5
  2. އާދަނުބެ

    މަޑުމަޑުން މަޑުމަޑުން ދީނާ ދުރަށް. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.

    73
    11
  3. ގަދަމީހާ

    ބުނެބަލަ އިސްލާމް ދީނުގެ އެއްވެސް ކަންފުޅެއް މިރާއްޖޭގަ އޮއެގެންނުވާނޭ

    62
    8
  4. ދިވެހިން

    ކުރިންޓެކުސީގައިއިން ފަސެންޖަރުގެ ހުއްދަނުހޯދާ ޕަބުލިކު ބަހެކޭއްގޮތަށް މީހުންއަރުވައިބާލަމުން ކޮންމެމީހެއްގެ އަތުން 25 ރުފިޔާ ނަގަމުން ދުއްވުން އޯކޭދޯ ؟

    45
    1
  5. ބޯ ތަށި

    ބަރާ ބަރު! ޝުކުރިއްޔާ ޓްރާންސް ޕޯރޓު

    14
    51
  6. Anonymous

    ނަ ހުލާ، ކަލޭމެންގެ ދުވަސްދާން ކައިރިވަނީކަންނޭގެ، އަތުން ގޯސްތި ހެދެނީ.

    54
    7
  7. ނަޖީބު އައްބާސް

    ތިހަމަ ރަނގަޅު ގޮތެއް ދީނީ މައުތުކަމައްއަސް އަދި ގުރުއާން ކަމައްވިއަސް މިއުޒިކު ކަމައްވިއަސް އެމިހަކު އަޑުއަހާނެ ގަޑި ޔަކީ އެމިހެއްގެ އިހުތިއާރުގަ އޮންނަކަމަކާއް ވާންޖެހޭނީ

    24
    33
  8. ޗަބީ

    ސާބަ ހޭ ހޭއަރުވާ ކޮންޓެކްސީ އެއް ކުރަންތަ މިއޮއް ކުޑަތާ ބޭނުމެއް ނުވާނެ ޓެކްސީއެއް

    19
    9
  9. ޙ

    ޤުރުއާން އަޑުއެހުމަކީ އަޅުކަމެއް މިކަމެއް ނުހުއްޓުވޭނެ.
    މިމުސްލިމު ޤައުމުގަ ޤުރުއާން ކިޔެވުމާއި އަޑު އެހުމަށް ހުރަސްއަޅަނީ ޝައިތޯނާގެ ޝައިތޯނުންގެ ޖަމާއަތުންގެނައި ޝައިތޯނީ ސަރުކާރުން.

    60
    10
  10. ޢަޒު

    ހަތަރެސްކަން ހަމަވީ

    27
    6
  11. ޢަހުމަދު

    މިވަރުންދަންޏާ މިސްކިތުގައި ބަންގިވެސް ގޮވަންޖެހޭނީ ބަންގި އަޑުއިވޭހިސާބުގައިތިބި އެންމެންގެ ރުހުން ހޯދައިގެންތާ.

    57
    7
  12. ކަނީރު

    އަނެއްކާ މިކަމުގައިވެސް ދީން ވިއްކަންވީ. ބޮޑުވަރު

    9
    21
  13. ނަޝީދު

    އުވާލުމުގެ ކުރިން ހެދުނުހާ އެއްޗެއް ހަދަނީދޯ އަހަރެންގެ ޓެކްސީގަ ޖަހާނީ އަހަރެންނައް ފެންނަ އެއްޗެއް ދީނާ ޚިލާފްނުވާ އެކަމައް އިންކާރު ކުރާ މީހާ އެހުރި ހިސާބުން ބާލާނަން.. އަހަރެމެން މީ އަޅުންނެއް ނޫން..

    42
    7
  14. ސީނު

    ދީނީ މައުލޫމާތާ ގުރުއާނަކީވެސް އަޑުއަހައިފި މީހަކަށް ތެދުމަގު ދައްކާ ކަންތައްތައް ...މިގައުމަށް ޝައިތާނާގެ ބާރު ވަނީގަދައަށް ފޯރާފަ.....

    49
    5
  15. ޥގޖ

    ޓެކްސީ ޑްރައިވަރުންނޭވެ!
    -ޓެކްސީ ގައި ފްލައިޓްގައި ޖަ ހާގޮތަށް ދަތުރު ދުޢާ ޖަ ހާށެވެ.
    - ޤުރްއާން ޖަ ހާށެވެ.
    - ދަތުރު ދުޢާ ކިއުމާއި ޤުރްއާން ކިޔެވުމާއި އަޑުއެ ހުމަކީ އަޅުކަމެވެ.
    + މިއީ ދަތުރުތައް ކާމިޔާބު ވުމުގެ ސިއްރެވެ.
    + މިކަމަށް އިންކާރުކޮށް އަޑު ނާ ހާ މީ ހާ ހިގާފަދާނީއެވެ. އެއިރުން ބޭނުންވާ އަޑާއި މަންޒަރު ފެންނާނެއެވެ.
    * ޓެކްސީ ޑްރައިވަރު ﷲގެ މަގުގައި ހުރިހ ހާ ހިނދަކު އެކަލާނގެ ރުއްސުން ލައްވާނެތެވެ.
    آمين

    23
    3
  16. .....

    އިސްލާމީ ގައުމެއްގައި ކާފަރުން ޖިޒިޔަ ދީގެން ތިބޭއިރު ކަން އޮންނަ ގޮތް ތީ ކާފަރުންނަށް....އަޅުވެތި ނުކުރޭ....މިއުޒިކް ޖެހުން މަނާވިޔަސް ދީނީ މައުލޫމާތު މަނާ ނުކުރެވޭނެ....

    12
    3
  17. ރައްޔިތުމީހާ

    މިހާރު ޖަގަހަތަކުން އިވޭ އަޑުގެ ސަބަބުން ހޯމްވޯކް ހެދުމަށް، ނިދުމަށް ގޭގަ ނަމާދުކޮށްލާ މީހާއަށް ވާއުނދަގޫ . އަދުއަހަން ބޭނުންނުވިއަސް ކަންފަތުގައި ލައުޑް ހަރުކޮށްފަ ހުންނަ ކަހަލަ

    13
    2
  18. ކާފަ

    އިންޑިޔާއަށް ގޮސްކުރޮޅިއަކަށް އަރާ އިންނައިރު އެއިން ބުޓިސްޓްމް ފައްޅީގައިޖަހާލަވަ ޖަހަންޔާ ކަލޭމެންނަށް ކިހިނެއްވާނީ.. މިތާ ޓެކްސީއަކަށް ގެސްޓަކު އެރިޔަސް މަދަޙައާއި އެއްޗެހި މިޖަހަނީ.. އެމީހާގެ ބޮލަށް އުދަގޫވާނެ ވަރު ނޭނގޭތަ؟ ،ޓެކްސީއަށް ލާރިދީގެންކުރާދަތުރެއް.. ފަސިންޖަރުން ބޭނުންނުވާކަމެއް ނުކިރެވޭނެ.. މިއަރަނީ ޕްރައިވެޓްކާރަކަށްނޫން.

    5
    12
    • ޙާލަތު

      ނޭނގޭ ދޯ ކީރިތި މާތް ޤުރްއާނަކީ އެމީހުންގެ ހިތަށްވެސް ތަސައްލީ ލިބޭ އެއްޗެއްކަމެއް.

  19. ރަނގަޅު ނިންމުމެއް ނޫން

    ގުރްއާން އަދި ދީނީ ދަރުސެއް ޖެހުމަކީ މައްސަލައެއްތޯ؟ ތިއަށްވުރެ މާބޮޑަށް ރަނގަޅުވާނެނޫންތޯ ގުރްއާން އަދި ދަރުސެއް އަޑުއަހަން ނުރުހެނީނަމަ. އެމީހަކު ބުނުމުން ޑްރައިވަރ ސްވިޗް އޮފްކޮށްލުން މަރަނަގަޅުވާނެ. މިހާރުތިވާގޮތުން ނުސީދާކޮށްވެސް ގުރްއާން އަދި ދީނީ ދަރުސެއް އަޑުއިވުމުގެ ފުރުސަތު ހަނިވެގެންދަނީ.

    ތިއަށްވުރެ ބޮޑަށް މިއުޒިކަށް ގަވާޢިދެއް ހަދަން ޖަހަންވީނުންތޯ. ހޮޓާ، ރެސްޓޯރަންޓް ފަދަ ތަންތާނގައި އަޑުގަދަކޮށް މިއުޒިކް ޖެހުމަކީ ޢާންމުކޮށް ކުރަމުންދާ ކަމެއް. މުޅިރާއްޖެއިންވެސް މިއުޒިކްގެ އަޑު ކަނޑުވާލައި ގިނަގިނައިން ގުރްއާން އަދި ދީނީ ދަރުސްތައް އަޑުއިވޭގޮތަށް ހެދުން މާބޮޑަށްވެސް ރަނަގަޅުވާނެ.

    9
    3
  20. ަިަައިބޫ

    ކޮމެންޓު ކުރާނެއްކަމެއް ނެއި އިސްލާމްދީނާ ދުރުކުރަނީ އޭ ކިޔާފަ ދީނީ ބޭކަލުން ބުނި ސޯލި ހަކީ ރަސޫލާ ވިދާޅުވި ކަ ހަލަ ވެރި އެކޭ.
    ނުވިތާކައް ލާދީނީ ކަން އިންގިވެސް ވޯޓުލީ ތިމީ ހުން، އެބޭނުން ވާތީ.

    7
    3
  21. ޙސހސ

    ތިގޮތަކަށް ނުހެދޭނޭ. ޜުހުނަސް ނުރުހުނަސް ޤުރުއާން އަދި ދީނީ މައުލޫމާތެއް ރޭޑިއޯއިން ޖެހޭނެ. ޢެކަމު އެއީ އާދައިގެ މިނެއްގައި ކަންފަތަށް ހެޔޮވަރު ވޮލިއުމް އެއްގައި. ލާދީނީ އުޞޫލުތަކަށް މުސްލިމުން ތަބާވާކަށް ނުޖެހޭ. ދީނީ ޝިޢާރެއް އަޑުއިވުނީމާ އުނދަގޫވާ މީހަކު ހިނގާފަދޭ ދާތާކަށް. ކާރަށް އަރާނެ ކަމެއް ނެތް.

    7
    2
  22. މޯދީ

    ސިޔަރަތު ވެސް އަޑު ނޭހޭނެ. ރޯދަމަހަށް ރަގަޅު ހަދިޔާއެއް ސަރުކާރުން ތިޔަދިނީ.

    6
    3
  23. އަލި ދީދީ

    ވަރަށް ރަނގަޅު ނިންމުމެއް.. ބައެއް ޓެކްސީ ތަކުގައި ބޮލާ ނުކުޅަދާނަ ވަރަށް ސިޔާސީ ލަވަ ޖަހާފަ ހުރޭ..

    8
    1
  24. ބަރޯ

    މިގައުމުން ދީން ފޮހެލަން އުޅޭ ބަޔަކު އެބައުޅޭ ސަމާލުވޭ

  25. ކޮރަލް

    ލަވަޖެހުންމަނާ ކުރުން ރަނގަޅެވެ. އެކަމު ގުރުއާން އަޑު އަހާވެލެވެން ޖެހެ އެވެ. އެއީމައްސަލަ އެއް ނޫނެވެ. މިއޮތީ ކުރިމަތީ ރަމަޒާން މަހެވެ.

  26. މުއްލާ

    ޑްރައިވަރު ކަލޭމެންހެޑްސެޓް އެޅީމަނިމުނީނު ލާރިދީފަ ޓެކްސީއަށް މީހަކު އެރީމަ ޑްރައިވަރު ޖެހޭނީ ޕަސަންޖާބުނާގޮތްހަދަން ޓެކްސީބޯޑްޖަހާގެންއުޅެންޏާ

  27. ނުރަބޯ

    ޙަބޭސް ނިންމުމެއް. ޑަރުސް ޖަހާބެ ގޭގަ އޮވެގެން.

  28. އެމަންޖެ

    ޓެކުސީއެއް ބަސް ދަތުރެއްވެސް މިމާލެޔަކައް މުހިންމެއްނޫން.

    1
    2
  29. ބެއްޔާ

    ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ހަޑިހުތުރުބަހުން އެވާހަކަ ދައްކަނީ ރައްޔިތުންގެ ރުހުން ލިބިގެންތަ؟ އެއަޑުތައް ކުޑަކުދިންނަށް ނީވެނީތަ؟ ތިޔަގަވާއިދެއް މަޖިލީހަށް ހަދަންވީނު.

  30. އެދުރުތަކުރު

    މީހުން ދީނާ ދުރުކުރުމުގެ ސެކިއު ލާ ފިކުރު މިވަނީ ފެށިފައެވެ. މިރީންދޫ ބައިގަޑު ވެރިކަމުގަ ބައިތިއްބައިފިނަމަ މުސްތަފާ އަތާތުރުކު ތުރުކީގެ އިސް ލާމީ ވަހުދަތު ނަގާ ލި ފަދައިން މިގައުވެސް ސެކިއު ލާ ތަނަކަށް ބަދަ ލް ކުރާނެއެވެ.

    2
    1
  31. ސަންގޯރު އަހުމަދު

    ފައްކާ އެއްކަލަ ފުއްޕާފައުޅުނު ބައިގަނޑު އެޟިހުން ގެނާ ވެރިކަމުގަ އެމީހުން ތަމާން ކުރުވަނީ ސަޅި

  32. ނިންޖާ ކުމާރު

    ކެނެރީގޭ އަބޫޖަހުލުގެ ބަލާވެރިކަން އޭނައައް ހަލާކު ހުރި، ފާޅުގައި އިސްލާމްދީނަށް ، ފުރައްސާރަކޮށް ރަސޫލުބޭކަލުންނަށް ފާޑުކިޔާ، ޤުރްއާނާއި ސުންނަތްނޫން އެހެން އެއްޗެއް ބޭނުން ވީމާ އޭނާގެ ޔަހޫދީ ކަންވަރަށް ސާފުވޭ، ވަރަށް ހިތިގޮތަކަށް ނަސީދުގެ ނިމުން އަންނާނެ، އައްލޯހުމިކަހަލަ މީހުންގެ ނިމުން ހިތިކުރަށްވާނެ

  33. ސަރާ

    ޢެމްޑީޕީއަކީ ސައިތޯނީ ބައިގަނޑެއް

  34. ޢަބްދުއްސައްތާރު.

    އަދި ގޭގޭތެރޭގައިވެސް މަގުމައްޗަށް އިވޭ ވަރަށް ޤުރްއާން ކިޔެވުން މަނާކުރާނެ. އެކަމަކު ކަރޯކޭއާއި ލަވަޖެހުން ހުއްދަވާނެހެން ހީވޭ.
    ތިޔަ އޮތީ އާ ކުކުޅަކަށް ގާބިހެއްއެޅިފައި. ބާރަށް ހަޅޭއްލަވާ!