އެސްޓިއޯ އއ.މަތިވެރީ ކައުންސިލްގެ 3 ވަނަ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި އެވެ.

މަތިވެރީ ކައުންސިލުން އިސްނަގައިގެން 153 ބައިވެރިނާއެކު މި މަހު 7 ކުން 10 އަށް ކުރިއަށް ގެންދިޔަ މި މި މުބާރާތުން އެއްވަނަ ހޯދީ މަތިވެރީ އައްސޭރި އައިޝަތު އިނާޔާ އެވެ.

އައިޝަތު އިނާޔާ ވަނީ އެރަށު ޔޫނިއަން ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބޭއްވި 18 ވަނަ ގުރުއާން މުބާރާތުގެ ވެސް އެއްވަނަ ހޯދާފައެވެ.

މި މުބާރާތުގެ ވަނަ ވަނައަށް އައި ފަރާތްތަކަށް އިނާމު ދީފައިވަނީ އިއްޔެ މަތިވެރީ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައެވެ.

މުބާރާތަކީ ރަށު ލެވެލްގައި ހަމައެކަނި ރަށަށް ހުޅުވާލައިގެން ބާއްވާފައިވާ މުބާރާތެކެވެ. މިއީ ރަށު ލެވެލްގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު މުބާރާތަށެވެ. އަދި މި ފަހަރު ބޭއްވުނު މުބާރަތަކީ އެންމެ ގިނަ އަދަދަކަށް ބައިވެރިން ބައިވެރިވި މުބާރަތެވެ.

މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ކޮންމެ އުމުރު ފުރައަކުން އެއްވަނަ ދެވަނަ ތިންވަނަ ވަނީ ހޮވާފައެެވެ. މި މުބާރާތުގައި ވަނަ ވަނަ އަށް އައި ފަރާތްތަކަށް ވަނީ ހާއްސަ އިންނާމުތަކެއް ދީފައެވެ.

"ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ދެވަނަ ތިންވަނަ އަދި ނުބަލައި ކިތެވުމުގެ ގޮފިން ވެސް އެއްވަނަ ދެވަނަ ތިންވަނަ ހޮވާފައިވާއިރު މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އެސްޓީއޯ އެވެ. ކޯރ ސްޕޮންސަރ އަކީ ސިލްވަރ ސްޕޮޓްއެވެ. އަދި މީޑިއާ ޕާޓްނަރ އަކީ "ވަގުތު" އެވެ.

މި މުބާރާތުގެ އިތުރު ސްޕޮންސަރުންގެ ތެރޭގައި އެމްޑަބްލިއުއެސްސީ، ޓެޕްކޮން ހާރޑްވެއަރ، ފެނަކަ، އެމް.އެސް އިންސްޓިޓިއުޓް އޮފް ޟިއާޢުލް ޤްރުއާން، ރަހުމަތް ދޯނި، ހިއްވަރު ދޯނި، ހޮލިޑޭ މަތިވެރި އިން، ނަސްރު 5، އީކުއޭޓަރ ދޯނި، ރާސްތާ ދޯނި ، އަލްފާޟިލް މުޙައްމަދު ޝާހިދު ، ވެލިބީޗް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިޔާ

    މަތިވެރި ކައުންސިލާއި މަތިވެރި ޔުނިއަންސް ސްޕޯޓްސް ކްލަބްގެ ވެރިންނަށް ތިޔަކުރައްވާ މަސައްކަތަށް ސާބަސް ދެން. ކުރިއަށް އޮތްތަނުގައިވެސް ތިޔަގޮތަށް ހިފެހެއްޓެވުން އެދެން.