މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި އެކި ދާއިރާތަކުން ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޕީއެލް އިން ވިދާޅުވީ "ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން 45 މީހަކަށް އެ ކުންފުނީގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ މީހަކަށް މަހަކު 5،000ރ. ގެ އެލަވަންސެއް ދިނުމަސް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލް އިން ވިދާޅުވިއެވެ.

ތަމްރީންވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ.

ޓިވެޓް އޮތޯރިޓީ އާއި ޔޫތު މިނިސްޓްރީއާ ގުޅިގެން އެމްޕީއެލް އިން ހިންގާ ޕްރޮގްރާމްގައި ބައިވެރިވާން އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހަފުތާގެ އަންގާރަ ދުވަހެވެ.

އެމްޕީއެލްގައި ތަމްރީންވުމަށް ހުޅުވާލާފައިވާ ދާއިރާތަކަކީ ފޮޓޯގްރާފަރު، ހެވީ ވެހިކަލް އޮޕަރޭޓަރު، ވެލްޑަރު، މޭސަން، ކާޕެންޓަރު، އެޑްމިނިސްޓްރޭޓިވް އޮފިސަރު، އެއާ ކޮންޑިޝަނިން ސާވިސް އެންޑް ރެފްރިޖަރޭޝަނެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އެޕްރެޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރާ މީހުންނަށް އެ ދާއިރާއަކުން ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިޔަލަ

    ގިތްގެޅެންދެން މަސައްކަތް ކުރާ މުއައްޒަފުންނަށް ލިބޭ އެތިކޮޅުވަނީ ކުޑަ އަދިވެސް އެހެން ބަޔަކައް ލާރިދޭން ތިއުޅެނީ... އިހައްދުވަހު ހުރިހާވެރިން ޕުރޮމޯޝަން ޖަހައިފި ބޯކޮށް ދެން މީ މިހާރު ބަލާއެއް އޑޕ