ހޮވަންވީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ގެނެސްދޭ "އިންތިޤާލީ ރައީސެއް" ކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދާއި، ޤާސިމް އިބްރާހިމް އަދި ޝެއިހް އިމްރާން އަބްދުﷲގެ މައްޗަށް ޣައިރު ޤާނޫނީގޮތުން ހުރަސްތައް ކުރިމަތިކޮށްފައިވާހާލު، ފަސް އަހަރުގެ މުއްދަތަށް ރައީސެއް ހޮވުމަކީ އިންސާފެއް ނޫން ކަމަށެވެ.

"އެއީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވާނެ, ހޮވަންވީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ގެނެސްދޭ އިންތިޤާލީ ރައީސެއް" ދިޔާނާ ވިދާޅުވިި އެވެ.

އިންތިގާލީ ރައީސްއެއްގެ ޚިޔާލު އަނެއްކާވެސް އިދިކޮޅު ފަރާތްތަކުގެ މެދުގައި އުފަންވެފައި ވާއިރު ރައީސް ނަޝީދު 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ވެސް ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާނެ ކަމަށް ވައުދުވެގެންނެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ އެއީ ފަލްސަފާއެއް ކަަމަށެވެ. އަދި ފަހުން ވިދާޅުވީ އެއީ ކައުންސިލް އިންތިޚާބުގެ ވާހަކަ ކަމަށެވެ. އޭގެ ފަހުން ވިދާޅުވީ ދައުރުގެ މެދުން އިންތިޚާބެއް ބާއްވާނެ ކަމަށް ވިދާޅުވެވުނީ ޑރ.ހަސަން ސައީދު ޕްރެޝަރު ކުރެއްވުމުން ކަމަށެވެ.

އިދިކޮޅު އެއް ކެނޑިޑޭޓަކު ނެރުމުގެ ބަހުސް ހޫނުވެފައިވާއިރު، ޤާސިމް އިބްރާހިމް ހުންނެވީ އެމްޑީޕީއަށް ދޫދިނުމަށް ތައްޔާރަށް ނޫންކަމަށް އޭނާދާދި ފަހުން ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، އެއް ރޫޙެއްގައި ވަރަށް އެކުވެރިކަމާއި އެކު އެއް ޖަމާޢަތެއްގެ ގޮތުގައި ނިކުތް އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އެންމެ އިސް ސަފުގައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ކޯޅުން ފަހަކަށް އައިސް ވަނި ފެންމަތިވެ ހާމަވާން ފަށާފައެވެ. އިންތިޚާބު ކައިރިވާ ވަރަކަށް އިދިކޮޅު ލީޑަރުންގެ އެކުވެރިކަމަށް ނިމުން އަންނަ މަންޒަރު ދަނީ ފެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ބޯހަލާކު

    ތީ ބޯގަމާރެއްތަ...މީކުޑަގައުމެއް...

  2. އާމިރު

    ދިޔާނާ ފަދަ ބޭކަބަލުން ކޮންމެވެސް އެއްގޮތަކަށް

    ވާހަކަ ދެއްކެވުމުން ދަށްކާވާހަކަ މީހުންނަށް

    ބަލައިގަނެވޭނި! ދެއިރު އުގުޅާ ޗޯކުހިން ދަށްކާތި

    ގަބޫލު ނުކުރެވެނީ!

  3. ތިމާވެށި

    ހޮވަންވީ ފަޅު ރަށަކަށް އަރާ މޫނުގަ ވެލި އުނގުޅައިގެން އިންނަން ކެރޭ ކަހަލަ ސޮރެއް.

  4. ސުނީ

    އެއީ ޖާބިރުބާ؟

  5. ފެންނަގޮތް

    ބޮޑު ވަކީލަކަށް ޤާނޫނު އަސާސީ ނޭނގުނީތީ ވަރަށް ދެރަ

  6. ބޮލި މުލައް

    އެމީހަކީ އައްނި

  7. އަހަންމާބެ

    ރާއްޖޭގެ ނިޒާމު ބަދަލުކޮށްލަންވީ، ދިޔާނާއާއި ޖާބިރު ބޭނުންވާގޮތަކަށް ކުޅޭކުޅޭ ރައީސެއް ހުރެފަ އެމީހުންނަށް އަންބަރާ ކުޅޭނެ މިނިވަންކަން އޮންނަގޮތަކަށް! އޭރުން ޙައްލުވީ.

  8. ދިޔާވާ

    ބަލަ ދިޔާނާ ވެރިކަމާނުވިސްނާ ފިރިކަލުންގެ މިހާރު ނުވަތަކުރީގާވެސް އުޅުއްވާ ނުރަގަޅު ނުވަތަ ހޮޑާދޫ ކަހަލަ ؟؟؟ދެންތިޔައީސީދާ ރޯނުއެދުރު

  9. ކަމަނަ މުހައްމަދު

    ޜާބޯ ޖާބިރު ކިހިނެއް ވާނެ.

  10. ނފނދ

    ތިޔައޮތީ ރަނގަޅަށްވެސް އަތަށް ގޮވާފަ!

  11. Anonymous

    2 އިރު ކައިބޭހެއްހެން އިންތިހާބު ބައްވަން، ފައިސާ ގިނަވެގެން ހަދާނެގޮތް ހުސްވެގެންވިއްޔަ މިއުޅެނީ!

  12. ދޮންކަލޯ

    ހޮވަންވީ، އިސްލާމީ ޝަރީޢަތް ގާއިމްކުރާ ގާނޫނު އަސާސީގައިވާ މުއްދަތަށް ވެރިކަންކުރާނެ ގާބިލް ކެރޭ ލީޑަރެއް.

  13. އަޝްކަރީ

    ތެދެއް. މިކަމަނާ އަކީ ފިސާރި ބޮޑާ ކިބުރުވެރި އަނެްހެނެއް. އެވިދާޅުވާޚިޔާލަކީ އަލަށް މި ޤައުމަށް އުފަންވި ޚިޔާލެއް ނޫން. އެކަމކު ވެރިަކްނ ލިބެންދެން ދައުރުގެ މެދުން އިންތިޚާބު ބާއްވާނެ ކަމާއި އެންމެ ރިސޯޓަކުން ދައްކާ ޓެކުހުން ޤައުމު ހިންގަން އައި މީހުން އެންމެ ފަހުން ފިލާ ރައްކާވީ........

  14. ޑިމޮކްރަޓިސްޓް

    އެއީ ކާކު ކެނެރީގޭ އަންނި؟؟ ވެރިކަން ލިބުމުގެ ކުރިން އެންމެ ގަދަޔަށް ތިވާހަކަ ދައްކާފަ ވެރިކަން ލިބުނީމަ އެކަން ހަނދާންނެތި ވެރިކަން ކުރާނީ ތިމަންނަ ބޭނުން ގޮތަކަށޭބުނެ ރައްތިރުންނަށް ބޮޑުދޮގުހެދި މީހަކީ ކެނެރީގޭއަންނި! އަނެއްކާވެސް ވެރިކަމަށް އަރުވަން ތިފައިވިއްދަނީ ހަމަ މިބުނާ ކަލޭގެ! ނުވާނެ ތިކަމެއްދެން!

  15. ދިއްދޫ

    ބަލަ ދިޔާނާ ވަކީލުކަމުގެ ފާސްނެގީ ގަނެގެންތަ؟ ކިޔަވައިގެން އެއްޗެއް އެނގިގެންތަ؟ ކޯއްޗެކޭތަ ތި ކިޔަނީ. ތިކަން ވާގޮތަކަށް އަދި ނެތް

  16. ހޮޑާފުށި

    ކިހާބޮޑު މުސީބާތެއް... އަބަދު ވޯޓު ފޮށިކައިރީގަ ރައްޔިތުން ބާއިތިއްބަންދޯ ރަގަޅީ.. ކާންބޯން މަސައްކަތެނުކޮށް ކަލޭމެންގެ ސިޔާސީ ފޮނިކެޑުން އަޑުއަހަން ހަރުގެތަކުގަ ޒުންބާ ޖައްސަންދޯ ތިބެންވީ... ނުވާނެތިކަމެ... ހޮޑާއިދޫ އެއޮތީ.. އެތަނުގަ އާމިނާބީއަށްވެގެން އިންނަންދޭ ކަލޭ...

  17. ޢަންނި

    ޢަންނި ތިކަމަށް ބަރާބަރު ވާނެ.

  18. ދީދީ

    ރައީސުލް ޖުމުހޫރިއްޔާގެ މަޤާމަކީ، ތިބޭފުޅުން ކުޅޭކުޅެން އޮންނަ މަޤާމެއްތަ؟ ދެއިރު ކާބޭހެއްހެން އިންތިޚާބު ބާއްވަން ތިކަމަށް ޚަރަދުކުރަނީ ކަމަނާގެ ޖީބުފުޅުންތޯ؟ ހަމަ ބުއްދި ފިލައިގެން ދިޔައީތޯ؟

  19. މާސްޓަރ

    ތިޔަކަހަލަ ރައީސެއް 2008 ގައިވެސް ހޮވީމެވެ. އިންތިޚާބު ވުމުން ދެއްކި ބަހަނާވެސް އަޑުއެހީމެވެ.

  20. އިބްރާ

    ކަލެއަށް އަދިވެސް ދިވެހިން ނޭނގެނީތޯއެވެ؟ ދައުރުގެ މެދުތެރެރޭގައި އިންތިޚާބެއް ބޭއްވުމަކީ އަވާމެންދުރެކެވެ. އެކަންދެމިއޮނޮންނާނީ އިންތިޚާބުވުމާއި ހަމައަށެވެ.

  21. ޢޖ

    ޙޮވަންވީ ދައުރުގެ މެދުތެރެއިން އިސްތިއުފާދީފަ ލޮލީ ވިއްކާނެ މީހަކު..

  22. ހުސޭނުބޭ

    ހަމަ ތިގޮތަށް އަހަރު ދެކޮޅު ވަރިކުރެވޭ އިންތިޤާލީ އަންބަކަށް ވުމަށް ޖާބިރަށް ދަންނަވަންވީނޫންތޯ!