އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއިލް (އިބްރާ) އާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ އެނގިފައިވާ ގޮތުގައި އިބްރާ ދިރިއުޅުއްވަމުން ގެންދަވާ މ. ބޯގަންވިލާގައެވެ.

މިކަން ހާމަކުރައްވައި އިބްރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއާ ބައްދަލު ކުރެއްވުމަށް މުއިއްޒު ވަޑައިގެންނެވި ކަމަށެވެ. އެ ދެ ބޭފުޅުން ބައްދަލު ކުރެއްވީ، މުއިއްޒުގެ އެދިވަޑައިގަތުމަކަށް ކަމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

މާލޭގެ ކަންކަމާއި، ރައްޔިތުންގެ ހާލަތާއި، ސިޔާސީ މަސްރަހާ މެދު އިބްރާގެ ހިޔާލު ހުރި ގޮތް މުއިއްޒު ހޯއްދެވި ކަމުގައި ވެސް އިބްރާ ވިދާޅުވިއެވެ.

"ކަމެއްގައި ޚިޔާލެއް ދެވޭނީ ބޭނުން ވެގެން އައި މީހަކަށް، އަދި ވަޑައިގަތީ މުޢިއްޒު" އިބްރާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރުގެ މަގާމަށް ހޮވިވަޑައިގެންފިނަމަ ކަންކަމުގައި އޭނާގެ އެހީތެރިކަން ބޭނުންވާ ކަމުގައި މުއިއްޒު ވިދާޅުވި ކަންވެސް އިބްރާ ވަނީ ފާހަގަކުރައްވައިފައެވެ.

އެމްޑީޕީ އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވާ އިބްރާއާ މުއިއްޒު ބައްދަލުކުރައްވާފައި މިވަނީ އެމްޑީޕީ އާއި ސަރުކާރުގެ ބައެއް ކަންކަމުގައި ހިތްހަމަޖެހިވަޑައިނުގެން އިބްރާގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ވަގުތެއްގައެވެ. ހާއްސަކޮށް އިބުރާގެ ފާޑު ކިއުން ދާދި ފަހުން ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރީތި މޫސަ

    މިޤައުމަށް ހަމަޖެހުމެއްލިބޭނީ ސިޔާސީމައިދާނުން ނަޝީދު ދުރައްދިޔަދުވަހަކުން ސަބަބަކީ ކަންކަމުގަ މަސްވަރާގެގޮތް ދޫކޮށް އަމިއްލަގޮތް އިޚްތިޔާރު ކުރާމީހަކަށްވެފާ ބާރުނުފޯރުވާ އަދި ނުބެހޭއެއްވެސް ކަމެއްނޯންނާތީ

    36
    4
  2. ކ̸̦̫͆̾̽̅̋ͅޮ̴̱̄̓̊͂͑͜މ̴͎͠ެ̷̡̰͆ނ̵̤͓̾̓̇ް̷̨̛̛̘̻̞͕̱͋̽̇̇ޓ̵̫̈́͋̒͌̐͗ު̴̢̻͙͑̇

    ހާދަ މޫޑު އޮފުވެފަ ތިތިބީ

    11
    2
  3. އަފީ

    ވަރަށް ހިކުމަތްތެރި ނަމޫނާ ބޭފުޅެއް މުއިއްޒުއަކީ.

    34
    5
  4. ނަށީ

    ދެފުއްކެހެރި އިބުރާ

    13
    11
  5. ކަޅޭ

    ކަމެއްގަ ޚިޔާލުހޯދަން ދާނީވެސް އެކަމެއް ކުރަންއުޅޭމީހަކުތާ
    ކުރަންބޭނުން ނުވާމީހަކު ނުދާނެތާ މިހާރުވެސް އެކިޔަނީ ވެރި
    ކަންދީ ފަ ރައްޔިތުންގެ މަޖްލިސްވެސް ކަމއްނުކޮއްދެވުނަސް
    ދީފިޔޭ އެހެންވީމާ މިފަހަރު ކައުންސިލް ބޭނުމެއްނޫނޭ ކައުން
    ށިލް ތިމަންނަ މެންނައް ނުދޭށޭ

    15
    1
  6. އުގުރި

    ކަ ލޯގަޔާ...

  7. ސޯޕް ލައިޓް ބްރަދަރ

    ބަޅެއްގެ ނަގުލެއް ތެދެއްނުވާނެ!!!

    12
    2