ޒިކުރާ މިސްކިިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތް ކުރުމަށް، އެތަން ކޮންނަމުން ދަނިކޮށް މިނިކަށިތަކެއް ފެނިއްޖެ އެވެ.

މަޖީދީ މަގުގައި ހުރި ޒިކުރާ މިސްކިތް ތަޅާލައި އެތަނުގައި މިހާރު ކުރަމުން ދަނީ އާ މިސްކިތެއް އެޅުމުގެ މަސައްކަތެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތް ކުރުމަށް ބިން ކޮނުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އެ ބިމުން މިނިކަށިތަކެއް ފެނިފައިވާ ކަމަށެވެ.

އެހެންކަމުން ކަނޑައެޅިފައި އޮންނަ އުސޫލާއި އެއްގޮތަށް އެތަން ސާފްކޮށް، މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގަބުރުސްތާން

    ކުރިންވެސް އަހާ ވާހަކައެއްތީ.

    • ޜަނާ

      ކުރީގަ މިސްކިތް ތަކުގަ މީ ހުން ވަޅުލަނީ އެހެންވީމަ މިނިކަށި ފެނިދާނެތާ

  2. ކިނބުލޭ

    ގަނބުރުމަތީ ނަމާދެއް ނުކުރެވޭނެ މިރާއްޖޭގަ އަބަދުވެސް ގަބުރުމަތީގަ މިސްކިތްތަ ބިނާކުރަނީ މީސްތަކުންނޭ ވިސްނާ އިބާދަތަކީ މީހަކައް ކޮއްދޭ ކަމެއް ނޫން

  3. ޢަލީ

    ފޮޓޯގައި އެވަނީ ކޮން ޒިކުރާ މިސްކިތެއްތޯއެވެ؟ ތަލާލި މިސްކިތްހުރީ އެހެނެއްނޫން.