ދެކުނު އޭޝިއާއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އޭޝިއަން ވުމެންސް ޕަބްޖީ މޯބައިލްގެ ޗެމްޕިއަންކަން ރާއްޖޭގެ “ކަމިކާޒޭ”އިން ނަގައިފިއެވެ.

އޭޝިއަން ވުމެންސް ޕަބްޖީ މޯބައިލް މުބާރާތަކީ ޕްލޭއިޒޯން އީސްޕޯޓްސް އިން ބާއްވާފައިވާ މުބާރާތެކެވެ.

މިދިޔަ މަހު ފެށި މި މުބާރާތުގެ ފައިނަލް ކުޅެފައިވަނީ މިދިޔަ މަހުގެ 30 އިން ފެށިގެން 4 ވަނަ ދުވަހާއި ހަމައަށެވެ. “ކަމިކާޒޭ” މުބާރާތުގެ ޗެންޕިއަންކަން ނަގާފައިވަނީ މުބާރާތުގެ ވާދަ ކުރި ސްރީލަންކާ، ނޭޕާލް، ޕާކިސްތާން އަދި ރާއްޖޭގެ އަންހެން ޓީމު ބަލިކޮށްގެންނެވެ.

މުބާރާތުގެ ޗެމްޕިއަންކަން ނަގާފައިވާ "ކަމިކާޒޭ" ޓީމް-- ފޮޓޯ: އީޓޫއެސް ގޭމިން

މުބާރާތުގެ ޗެމްޕިއަންކަން “ކަމިކާޒޭ”އިން ނެގިއިރު، އެ ޓީމު އޮތީ މުބާރާތް ފެށިގެން ނިމެންދެން ތާވަލުގެ އެއްވަނައިގައިއެވެ.

މިއީ ރާއްޖޭގެ އަންހެން ޓީމަކުން މިފަދަ މުބާރާތެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރު ކަމުން މިއީ ރާއްޖޭގެ ޕަބްޖީއަށް ލޯބި ކުރާ ގިނަ ބަޔަކަށް އުފާވެރި ދުވަހެކެވެ.

“ކަމިކާޒޭ”އަކީ 6 އަންހެން ކުދިން ހިމެނޭ ރާއްޖޭގައި ވެސް ބާއްވާ ގިނަ މުބާރާތްތަކުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެކެވެ. މިޓީމަކީ ރާއްޖޭގައި ގިނަ މުބާރާތްތަކެއް ބާއްވަމުން އަންނަ އީޓޫއެސް ގޭމިންގެ ޓީމެއްކަމް ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ހުމާ

    ހާދަ ގަދަ ކުދިން ކޮޅެކޭ👍

    50
    26
  2. ގެރި މޯދީ

    ކޮންގްރާ!!

    44
    26
  3. އިރުފާން

    ނުކުރެވޭ ގަބޫލެއް، މަށައް ހީވަނީ، އެހެން ގައުމުތަކުގެ މީހުން ތެދުވެރި ކަމާއެކީ އަންހެނުން ހެން ކުޅުނީ،
    ރާއްޖޭ ޓީމް އަންހެން ނަންތަކާ ފޮޓޯ ޖަހައިގެން ފިރިހެން ބައެއް ކަންނޭނގެ ތިޔަ ކުޅުނީ..

    39
    48
    • ކޭ

      ކަލޭ ހުރިންދޯ އެތާ ބަލަން މާފަހުން ތިބުނީ ނަތީޖާ އިއުލާން ނުކުރަނީސް ބުނިނަމަ އޭރުން ޑިސްކޮލިފައިވެސް ކޮއްލެވުނީސް ލޮލް.

      31
      7
      • ހަހަހަހަ

        ހަހަހަހަ

    • ވޮޗްޑޯގް

      ޔަޤީނޭ އިރޫމެން ބައިވެރިވި މުބާރާތަކުން ބަލިވީމަ ކިޔާ އެއްޗެއްކަން ތީ..!!!

      6
      1
    • ަރައިޝާ

      އިރުފާން ކިޔާމީހެއް މަވެސް ދަންނަން ނޭންގޭއެެއްކަމެއްވެސް ނޯންނާނެ އިންގޭކަމަކީ ވައިފްއަށް މަލާމާތްކުރުން ފްރެންޑްސް އާގެޅުން ވައިފް ފިއްތުން އަބަދުވެސް ތިމާވަރުގެ ގައްޑާ މީހެއް ނެތްކަން ދެއްކުން ހަގީގަތް ބަލާލާއިރު ހަމަ ބޮޑު ބޮޓެއް.. ހަހަހަހަ... 🤣

      4
      1
  4. ސަނީ

    ރާއްޖޭ މޮޅު އަންހެނެއް ފަހަރެއްގަ އުޅެފާނެ،
    ޢެކަމް އަންހެން ގުރޫޕެއް ؟؟ މީ ދެން ކިހިނެއް ގަބޫލް ކުރާނެ ކަމެއް ؟؟ މަ ބޭނުން ތިޔަ މުބާރާތް ބަލަން..

    28
    31
    • ބރ

      ޕަބްޖީ ނުކުޅޭ މީހުނަކަށް ނޭންްގޭނެ

      3
      3
  5. ށގ

    ސަޅި ކުދިން ކޮޅެއް..ރީތީގެ މުބާރާތުންވެސް ލިބިދާނެ!

    40
    17
  6. ރޯދަ

    އާން މިގައުމުގެ ކަނބަލުން ގަދަވެގެން އޮޑި ދޯނި ފަހަރަށްވެސް ނުކުޅަދާނަ

    37
    7
  7. މަނިކް

    ހީނުވޭ

    15
    20
  8. ސޯޕް ލައިޓް ބްރަދަރ

    ޕަބްޖީ ކީއްކުރަން އެފްޖީ ކުޅުނަސް ދިވެހިކުދިން މޮޅުވާނެ!!!

    33
    5
  9. ކޔ

    ސާބަހޭ!!! ޕްރައުޑް އޮފްޔޫ އޯލް !

    11
    3
  10. ކަރާ ބަނޑ™

    ހުސް ފޭކު

    13
    8
  11. ޥައޫ

    ހާދަ ސަޅި ބިޓުން ތަކެއް 😍😘😘😘

    14
    5
  12. Anonymous

    މަ ބޭނީ ކޮރަކަލި ގެނޭ

    4
    1
  13. p u p p e t

    LOL VARAH SALAAN

    5
    1
  14. އިމް

    މަހީކުރީ ފިރިހެނުން ވެސް ބަ އިވެރިވި މުބާރާތެ އް ަަަަަަކަމަށް. ފުރަތަމަ ސެންޓެންސް ކިޔާލީމަ މި އެނގުނީ އޯލް ވުމަން ކަން. ނޯ އިންޓްރެސްޓް.

    4
    5
  15. މގ

    ކޮންގްރާ ހެސްކިޔާފަ

  16. ސާ

    ޙާދަ ޖޭވާ މީހުން އުޅެއޭ

  17. Anonymous

    މޮޅު ކުދިންކޮޅެއް މަރުހަބާ

  18. ޟުހައިލް

    ސަރުކާރުން ވެސް އިނާމެއް ހުށަހަޅަން ފެނޭ..! ރައްވެހި ފަތިހަކާއިގެ މީހުންނަށް ދޮގުހަދައި އޮޅުވާލުން އެއްކައިރިކޮށް.!!!

    • ނާ

      ސަރުކާރުން އަދި ގޭމެއެއް ކުޅޭ ބަޔަކަށް އެހީވެވޭ ފެންވަރެއްނެތް.
      ބުރަމަސައްކަތް ކޮއްގެން ހޯދާ ޓެކްސް ލާރިން ކިރިޔާ ސަރުކާރު ކޮއްޅައް ހުރެވެނީ.
      ގައުމައްފައިދާ ކުރާނެެކަހަލަ ކަމެއް ކޮއްގެން ރަނގަޅުވާނެ ދޭން