ހިޔާ މަޝްރޫގެ ދަށުން ފްލެޓުތައް ލިބުނު ފަރާތްތަކަށް ފްލެޓު ލިބޭ ސަރަހައްދު ކަނޑައެޅުމަށް ގުރުއަތުލުން ބުރާސްފަތި ދުވަހު ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފިއެވެ.

އެޗްޑީސީން ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދެއްވުމަށް ހިންގަވާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތް ކޮށްފައިވާ 6720 ފްލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފްލެޓެއްކަން ކަނޑައެޅުމަށްޓަކައި ފްލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތެއްލައި، އެފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އެ ކޯޕަރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ.

އެޗްޑީސީން ވިދާޅުވީ، އެންމެ ފުރަތަމަ ޤުރުޢަތު ނަގާނީ H10 (ޙާއްޞައެހީއަށް ބޭނުންވާ މީހުން) ގެ ކެޓަގަރީން ކަމަށެވެ.

ގުރުއަތު ނަގާނީ ބުރާސްފަތި ދުވަހުގެ ހެދުނު 9:00 އިން ފެށިގެން ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. ގުރުއަތު ނަގާނީ، މި ކެޓަގަރީ އިން ފްލެޓް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތް ތަކުގެ އައި.ޑީ ކާޑުގެ ނަމްބަރު ތަރުތީބުންނެވެ.

ފްލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު ލިސްޓްގައި ހިމެނޭ ފަރާތް ތަކުގެ އައި.ޑީ.ކާޑު ނަމްބަރު ތަރުތީބުން ގުރުއަތުލަމުން ގެންދާނެ ކަމަށާއި، ގުރުއަތު ނަގާއިރު ދަޢުލަތުގެ މީޑިއާ (ޕީއެސްއެމް)އިން ލައިވް ކޮށް ދައްކަމުން ދާނެ ކަމަށް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި މީޑިއާގެ އެހެން ވަސީލަތް ތަކުންވެސް ލައިވް މަންޒަރު ދެއްކުމަށް މަސައްކަތް ކުރެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީން ވިދާޅުވީ ދުވަސްވަރަކީ ކޮވިޑްގެ ދުވަސްވަރު ކަމަށްވާތީ އެޗްޕީއޭގެ ގައިޑްލައިން އާ އެއްގޮތްވާ ގޮތުގެ މަތިން ގުރުއަތު ނަގާ ހޯލަށް ދައުވަތުދޭ އޮބްޒާވަތުންނަށް ވަނުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.

ގުރުއަތު ނަގާއިރު، ނެގުނު ފްލެޓާއި، ފުލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ފެންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފުލެޓް ލިބުނު ފަރާތުން ދީފައިވާ ފޯނު ނަމްބަރަށް އެސްއެމްއެސް އެއް ލިބޭނެ ކަމަށާއި، އެ އެސްއެމްއެސް ގައި ނެގުނު ފްލެޓް، ޓަވަރު، ފުލޯ ހިމެނިފައިވާނެ ކަމަށާއި އޭގައި ވާ ލިންކަށް ކްލިކް ކޮއްލުމުން ގުރުއަތުން ނެގުނު ފުލެޓްގެ އިތުރު މައުލޫމާތު ފެންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ގުރުއަތަށްފަހު ލިބުނު ފްލެޓްގެ އެގްރީމެންޓްގައި ސޮއި ކުރުމާއި، ފްލެޓްގެ ތަޅުދަނޑި ޙަވާލުކުރާނެ ތާރީހެއް ފަހުން އިޢުލާނު ކުރެވޭނެ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޙހހހ

  ވޯޓްނޫން ދެންކޮންކަމެއް ، ބަޔަކު ސަކުވާވެސް ޖަވާބެއްވެސް ނުދޭ ، ދާއިރާ މަޖިލިސްމެމްބަރުންވެސް ޤަބޫލުކުރޭ ގޯސްކަންކަން އުޅޭކަން ،

  15
 2. ހޯހޯ

  ސީ ދާ ހޮނިހިރު ދުވަހުގެ ވޯޓަށް ގަންނަގަނޑު ރައްޔިތުން ވިސްނާތި

  19
 3. ހުސް ފޭކު

  ތަޅުދަނޑި ހަވާލު ކުރާނީ ފަ ހުންނޭ ! މިއީ ހޮނި ހިރު ދުވަ ހު އޮންނަ އިންތިޚާބަށް ޖަ ހާ އެންމެ ފަ ހުގެ މަޅި ބަލަން ތިބޭތި ތިބުނާ ތަޅުދަނޑިއެއް ލިބެނީ ކި ހާ ދުވަ ހަކުންތޯ އެ މީ ހުންނަށް ވޯޓުލާފަ އަނގަ މައްޗަށް ޖަ ހައިގެންތިބޭތި ފިސާރި ރަނގަޅަށް ކަރުބުޑުގައި އެބުނާ ތަޅުދަނޑިއެއް ތާށިވާނެ ނިކަން ރަނގަޅަށް ބަލަން ތިބޭތި 🤣

  19
 4. ލލ

  ތިގޮތަށްވެސް ޤުރުއަތުން ނެގުން ރަގަޅު ކޮވިޑް ދުވަސްވަރު ! ކޮންމެ ނަމެއް ކީކަމުގައި ވެސް ރައްޔިތުން ނަށް ބޯހިޔާ ވަހިކަން ބޭނުން !

  6
  1
 5. ނަޝީދު

  ހަމަ އެކަނި އެޗް ޓެން ކެޓަގަރީތަ މީދެން ކިހާބޮޑުވެއްޖެ ކަމެއް ދެން އެހެން ކެޓަގަރީތައް ކޮބާ ކަލޭމެން ކިތައްމެ ވަރަކަށް އުޅުނަސް އިންޝާﷲ މިފަހަރުގެ އިންތިހާބުން ވާނީ ބަލި ހިސާރި ރަނގަޅައް ސޯޓް ބޭލޭނެ މިފަހަރު......

 6. ދޮންސޮރު

  ކޮތަރު ކޮއްޓަށް ދާން ހުރިހާ ކުދިން ރެޑީވޭ... ތިޔަބުނާ ތަޅު ދަނޑިޔެއް ވީހާ ވެސް ލަހުން ލިބުނީޔާ ރަނގަޅުވާނީ.. އެއްވެސް ވަރަކަށް ނިމިފައެއް ނޫން ހުރީކީ އަމިއްލަޔަށް ހުރިހާ ފިނިޝިންއެއް ނިންމަން ޖެހޭނީ.. (ކޮއްކޮ މެންނޭ 100 ގަނޑު މުށިވެސް ތިޔަ ބުނާ ފުލެޓަކަށް ނުދާނެ.. މީ ވަރަށް ވާހަކަ)

 7. ފްލޮޕީޑިސްކް

  ވޯޓްލާން 24ގަޑިއިރަށް ވީމާ ކޮން ބިރެއް ދައްކާކަށް. ﷲއިރާދަ ކުރެއްވިއްޔާ އެމް ޑީޕީ އަށް ނާކާމިޔާބުވާނެ. އަނިޔާލިބޭމީހުންގެ ﷲއައްސަވާވޮޑިގެންވުމުގައި ކުޅަދިންވަންތަ.އާމީން