ހޮނިހިރު ދުވަހު އޮންނަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރަށް ވޯޓް ނުދޭން ނިންމާފައިވާ އެމްޑީޕީގެ މެންބަރުން އެބޭފުޅުންގެ ވިސްނުން މުރާޖާ ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ކެމްޕޭން އިވެންޓެއްގައި ނަޝީދު ވިދާޅުވީ މާލޭ މޭޔަރުކަމަށް އަނަސް ހޮވުން މަޖުބޫރު ކަމަށެވެ. އެމްޑީޕީ އިން އުޅެނީ މާލޭ ރައްޔިތުންނަށް ފަހި ރީތި ދިރިއުޅުމެއް ހޯދައި ދިނުމަށް ކަމަށާއި އެހެން ކަމުން އެމްޑީޕީ ކައުންސިލެއް އޮތުން މުހިންމު ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަނަސް ހޮވަން އަޅުގަނޑުމެން އެންމެނަށް މަޖުބޫރު. އަދި އެމްޑީޕީގެ ސިޓީ ކައުންސިލެއް އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އެއްވެސް ސަބަބަކާއި ލައިގެން، އެމްޑީޕީގެ ސަޕޯޓަރެއް ވެސް، އެމްޑީޕީގެ މެމްބަރެއް ވެސް އެހެން ގޮތަކަށް މިފަހަރު ވިސްނަވާކަމަށް ވަނީ ނަމަ، އަޅުގަނޑު ދަންނަވާނީ އަލުން އަނބުރާ މުރާޖައާ ކުރައްވާށޭ ތިބޭފުޅާ އަމިއްލަ ވިސްނުން. ވިސްނަވާށޭ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ސާވޭތަކާއި، ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކުން، މާލޭގެ ރައްޔިތުން ބޭނުންވާ ކަންކަން ސާފުވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ބޭނުންޖެހިފައި ވަނީ ބޯހިޔަވަހިކަމާ ގެދޮރަށް ކަމަށާއި، އެކަންކަމަށް އެމްޑީޕީން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސިޓީ ކައުންސިލް މުއައްސަސާއެއްގެ ގޮތުގައި ތަރައްގީކުރުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން އެކިއެކި ޑިޕާޓްމަންޓު އެކުލަވާލައި، ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަކީ ވެސް ވަރުގަދަ ޝަހުސިއްޔަތަކަށް ހަދައި، މާލޭގެ ހުރިހާ ރައްޔިތުންނަށް އެނގޭ މީހަކަށް ސެކެޓްރީ ޖެނެރަލް ހަދަން ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ ވެރިކަމާއި ރައްޔިތުންގެ މަޖިލިސް އެމްޑީޕީއަށް ދިނުމުން ކަންތައްތަކެއް ނުކުރެވުނު ނަމަވެސް ކައުންސިލްތައް އެމްޑީޕީއަށް ދީފިނަމަ ކަންތައްތައް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ވިސްނުން މުރާޖާ ކުރަން އެންމެ ފުރަތަމަ ބޭނުންވާނީ ފައިސާ ބޮނޑިއެއް، އޭގެ ފަހުން މުރާޖާ ކުރަންް ހިތަށްވެސް އަރުވާނީ..
ރާއްޖެ ހަލާކު ކުރުމުގެ މޭސްތިރިއަކީ ހޮޅިވައުދުވާ ހޮޅިނަސީދު..
ބޭފުޅާ އަބަދު ހަމާގަ ހުންނަން ނުޖެހޭ ބުނުއްވިޔަސް އަބަދުވެސް ހަމާގަ ތިބޭ އެންޑީޕީ މީހުންވެސް އުޅޭކަން ހަދާން ކޮއްލާ. ވޮޑިގެންވާ ކަން ހަދާންވާނީ ހަމައެކަނި އިންތަހާބެއް ކުރިމަތިވީ މަކަށްނޫން.
އެހެން ނޫނީ ކިއްލި ތަޅާނެ ކުދިންކޮޅެއް ހޯދައިގެން ކިއްލި ހަދަން ފަށާފާނެ
މަމީ އެމްޑީޕީގެ މެންބަރެއް ނަސީދު ކޮންމެހެން ބިރުދައްކާނެ ކަމެއްނެތް! ވޯޓެއް އަނަސް އަށް ނުލިބޭނެ!
ކަލޭމެނައް ވާނެކަމެއް ހަތް ހަރާމުން ހަރާން.
އެމީހުންނާ ދިމާލަށް ތަޅާނެ ކުދިންކޮޅެއް ފޮނުވަނީތަ؟
ކިޔޭނުކިޔޭ އެއްޗެއްވެސް ނޭގޭ ގަމާރެއް މީދޯ! ބަލަ ސަރުކާރާ، މަޖިލިސް ހުރިހާ ބާރުތަކެއް ލިބުނީމައި ނުކުރެވުނު ކަމެއް ކައުންސިލް އިންތިޚާބު ލިބުނީ ކުރޭނެކަމަށް ކާކު ގަބޫލުކުރާނީ!
ކަލޭ ކިތައްމެ ވަރަކަށް ތިހެން ކިޔަސް މިފަހަރު ހޮވާނި މުއިޒް ދެން ވިސްނާތި މުޅި ގައުމު ދަވާލާފި ދެން ކޮންވާހަކަ އެއް....
އެމްޑީޕީން ރާއްޖޭގައި ކުރާ ވެރިކަމަކީ ދެން ވަރަށް ހެއްވާ ދެއުޅި އެއް ނުވާ ވެރިކަމޭ އަބަދުވެސް އެމެންނަށް މަސް ނުބޭނުނީމާ ކަނޑޭ ނުބައިވާނީ ކުރީ ސަރުކާރަކީ ވެސް އެއީ ރައްޔިތުންގެ %95 ވޯޓް އިން ހޮވާފައިވާ ސަރުކާރެކޭ އެސަރުކާރުން ސިއްކަ ޖަހާ ލިޔެފައި ފްލެޓްސް ތައް ދިން މީހުން އަތުން ފްލެޓްސް ތައް ފޭރިގެންފައި އިންޑިއާ ސިފައިންނަށް ހުޅުމާލޭގެ ފްލެޓްސް ތައް ދޭން މަސައްކަތް ކުރާ ސަރުކާރަކާއިއޭ ވައްތަރީ ދެން މިވަރުގެ ސަރުކާރަކުން ޓެކްސީ ޑްރައިވަރުން އޮޅާލަނީ ނޫންތޭ ދަ ހިންނަވަރޭ ދަ ހިންނަވަރޭ ދޭ ބަލަ ދެން ރަށަށް މަސްކައްކަން ރަށަށް ދޭބަލަ ދެން
ތީވާނޭ ކަމެއް ނޫން. ތީ އަމިއްލަ އެދުމުން ފޯވެފަ ތިބި ފަރަންޖީންގެ ޕަޕެޓުން. ތީ ކި ހާވަރެއްގެ ބައެއްކަން އަހަރުމެނަށް އިންޖިއްޖެ. ޥަރަށް ސަލާމް.
ވަޤުތު ފާއިތުވެއްޖެ، މާލޭ ރައްޔިތުންނަށް ބިރު ނުދައްކަވާ، ވިސްނުން ދެނެއް ބަދަލެއް ނުވާނެ. މާލޭ ރައްޔިތުން ވަރަށް ކެތްކޮށްފިން.
މިތަނުގައި މަޖުބޫރުކަން ކަނޑައަޅާނީ ބުއްދިން. އެފުރުސަތެއް ނެތް، ތިބޭފުޅާއަކަށް
މީނަ މިދައްކާ ވާހަކަ ތަކުން ދޭހަ ކޮއްދެނީ، ދިވެހި ލޮބްވެތި ރައްޔަތުންނަކީ ތަނެއް ދޮރެއް ދޮފަތެއް ނެތް މޮޔައިންނޭ! "ވެރިކަމާއި ރައްޔިތުންގެ މަޖިލިސް އެމްޑީޕީއަށް ދިނުމުން ކަންތައްތަކެއް ނުކުރެވުނު ނަމަވެސް ކައުންސިލްތައް އެމްޑީޕީއަށް ދީފިނަމަ ކަންތައްތައް ކުރާނެކަމަށް" މީގެ ކުރިންނާއި މިހާރު އޮތީ ކޮންބައެއްގެ ބާރުއޮތް ކޮން ޕާޓީއެއްގެ ކައުންސިލެއްބާއޭ ހިތަށް އަރަނީ! ދައްކާނެ ވާހައެއް އިތުރަށް ވާނެ ވަޢުދެއް ނެތީތީ ކޮސްގޮވާ މީހެއް މިނޫނީ ނުދެކެން! ދިވެހި ރައްޔަތުންނަށް އެގިލައްވާނެ ވޯޓް ދޭންވީ ގޮތާއި މީހާ! އެކަން ނިންމާނީ އެރައްޔަތަކު ބޭނުންވާ ގޮތަށް އެންމެ އައުލާކަން ބޮޑުގޮތަށް ... ވ. ވެދުން!
ޕާޓީން ބުންޏަސް ކޮންމެކޮންމެ މީހަކަށް ވޯޓެއް ނުދެވޭނެ....އެމްޑީޕީ އިސްވެރިން ގައުމު ގެންދަނީ އެންމެރަނގަޅު މިސްރާބަކަށް ނޫން ، ހާއްސަކޮށް އިންޑިއާ ގެ އަޅުވެތިކަމަށް ގައުމު ހުށަހެޅުން އަދި އިސްލާމް ދީނާ ދެކޮޅު ކަންތައްތައް ކުރިއަރުވަން މަސައްކަތް ކުރުން...މިކަންތައްތައް ވަރަށް ފާޅު ކޮށް ފެންނަންހުރީ...ކުރިންސަޕޯޓް ކުރިނަމަވެސް ދެންސަޕޯޓް ކުރެވޭނީ މިފަދަ ކަންތައްތައް ރަނގަޅު ކުރުމުން. ވަރައް ސަލާން
އަހަރެމެން މާޔޫސްވެއްޖެ، ކުރިއެއްވެސް އުއްމީދެއް މިސަރުކާރަކަޢް ހާސިލެއްނުކޮށްދެވުނު، އިތުރައް ކޮއްދެވޭ ކަމެއް ނުވިސްނޭ، ތަންތަނުގަ ނާގާބިލް ސިޔާސީ މީހުން އަދިވެސް މީގެ ނަންބަރުތައް އިތުރުވަމުން ދަނީ.....ގައުމު ބަނގުރޫޓް ވެއްޖެ، ދިވެހިިން ގެ އަތްމަތި ދަތިވެއްޖެ، ސަލާންޖެހުން ގިނަވެއްޖެ..
އެންމެ ވޯޓެއްވެސް ނުލިބޭނެ ރީނދޫގެރިތައް
ވަރަށް ހިތާމަޔާއިއެކު ބުނަންޖެހެނީ ރައީސް ނަށީދަކީ މޑޕ ގެ ހަލާކު. މޑޕ ގެ ލީޑާށިޕް ވަކިމީހެެްގެ އެއްޗަކަށް ވެފަ މިއޮތީ. ޕާޓީ އަކީ ރައްޔިތުންގެ އެއްޗަކަށް ބަދަލުކުރަން ޖެހިއްޖެ.
ސާބަހޭ ދެން ނެތްބާ އަޅުވާލާނެ މަސްވެރި ތޮއްޕެއް ؟ 😁
އެތްކަމެވެސް ކަލޭމެން ނަ ނުވާނެ
ދޮގާއި މަކަރާއި ހީލަތުން ފުރިގެންވާ މި މާޅޮސްކަލޭގެ ލައްކަ ދުވަހު ދޮގުހަދައިގެން މަކަރު ހަދައިގެން ނުބައިނުލަފާކަން ދައްކައިގެން މުޅިގައުމުގައި ހުޅުޖަހައިގެން އުޅެފި. މި މާޅޮސްކަލޭގެ ތެދެއް ނަހަދާނެ. މީނާގެ މަޅީގައިޖެހޭކަށް ނުވާނެ. ރައްޔިތުންނޭ މިފަހަރު ހޭއަރައިތިބޭތި.
މިކަލޭގެ ހަމަތަ ؟
އޭ އަންނިއެވެ. ވޯޓުނުދޭން ނިންމި މީހުން ނުދޭން ނިންމީވެސް ވަރަށް ބޮޑަށް ވިސްނާ ފިކުރު ކުރުމަށްފަހުގައެވެ. ސަބަބަކީ ކަލޯ ކަހަލަ ދެއުޅިއެއްނުވާ މީހުންގެ ބޭކާރު އަނގަތެޅުމާއި ކަމަށްވުރެ ބަސްއިސްކުރުމާއި ކަލޯގެ ސިޔާސަތުތައް ކަމުނުދާތީއެވެ. ވާހަކަ ދައްކާއިރުވެސް މުޅި މީހާ ދާހިއްލާލާވަރަށް ކަރަށް ބާރުލާފައި ފެލިގަންނަ ބީދައިން ރައީސަކު ވާހަކަދައްކާތީވެސް މީހުން ވަރަށް ފޫހިވެއެވެ. އަދި އެހެންނޫނަސް ކަލޯއަކީ އިސްމާމީ ޤައުމެއްގެ އެންމެ މަތީ ވެރިކަންތައް ކުރަން އެކަށީގެންވާ މީހެއްކަމަށް ދިވެހި ވަރަށް ތަންދޮރު ދަންނަ މީހުން ޤަބޫލެއް ނުކުރެއެވެ. ކަލޯ އަކީ މާލެ ތެރާގައި އެނބުރެން އުޅެމުން ބޮޑުވި ސޮރެކެވެ. ރައީސް މައުމޫން ދުވަސްވަރުން ފެށިގެންވެސް ކަލޯއަކީ ވެރިންނާ ރައްޔިތުން ޖައްސަން މަސައްކަތްކުރި ސޮރެކެވެ، މިހާރު މާބޮޑު ވެރިއަކަށްވެގެން އުޅުނަސް ކަލޯގެ އަގެއް މި ދެވހެިންގެ ތެރެއަކު ނެތެވެ. ރައީސް ޞާލިޙްވެސް ވެރިކަމާ ކަލޯއަށްވުރެ އެކަށީގެންވެއެވެ.
ވޯޓުލުކުގެ ޙައްޤުވެސް ރައްޔިތުންނަށް ނުލިބެއި މީނަ ބިރުދައްކަނީތަ؟ މަގޭވޯޓް މުއިއްޒަށް
މުރާޖާ ކޮއްނިމުނީމަވެސް އަންނަނީ މުއިސް އައް ވޯޓް ލެވޭނެކަމްއް އަނަސް އައުޓް
ކެނަރީ އުބޭ ބިން ސަލޫލް އަކަށް ނޭންގޭނެ................
30 އަހަރު މީހަކު ވެރިކަން ކުރީމަ ދޯ އަންނި ގޮވީ އިފް އިޒް އިނަފް އޭ. ބަލަ މި ޤައުމުގަ ކައުން ސިލް އުފެދުނީސް ސުރެ މާލޭގެ މެޖޯރިޓީ ލިބިފައި ވަނީ އެމް.ޑީ.ޕީ އަކަށް ނޫން ތޯ؟ ވީ ކަމެއް ކުރެވުން ކަމެއް ބުނެދެއްވާ އެމް.ޑީ.ޕީ މޭޔަރަށް؟ ދެން މިހާރު ކޮން ބިރެއް ދައްކާކަށް އިންޒާރު ދިނުމާ ބިރު ދެއްކުމަކީ ޓެރެރިޒަމް ގެ ކުށެއްކަން ހަމަ ނޭންގެނީތޯ؟
އިންޒާރެއް ދޮތްތޯ؟
ދިވެހިންގެ ތެރެއިން ބައެއް މީހުން ސަޕޯޓްކުރާ ވެރިން ނުވަތަ ބޮސްމެންގެ ބަހުރުވަ ދެކިބަލަ. އަނިޔާވެރި ހިޓްލަރަށް ދޫކުރޭތަ؟
މިނިވަންކަމާއެކު ފިކުރުކޮށް ޚިޔާލު ފާޅުކުރުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއް. އެމްޑީޕީގެ މެމްބަރަކަށް ވުމަކުން ކޮންމެހެން ނުޖެހޭ އެމްޑީޕީން ދަމާލާ ކޮންމެ ގުއިރޯނެއްގައި ޖެހޭކަށް. ވޯޓުދޭނީ އެމީހަކު ވޯޓުދޭން ބޭނުން މީހަކަށް.
އެހެން.. އެއީ އެމްޑީއަށް ހުރިހާ އަތޮޅުކައުންސިލްތައް ލިބޭގޮތައް..އޭރުން އާ ކައުސިލްތަކުގެ ގާނޫނުގެ ދަށުން ރިސޯޓުތައް ކުއްޔައް ދިނުމަކީ ކައުންސިލްގެ ބާރުގެ ދަށައް އަންނަ ކަމަކައް ހަދާފަ އޮތީމަ. ދެން މިކަމުން ނިކުންނާނެ ނަތީޖާއާއި މެދު ރައްޔިތަކު ފިކުރުކޮއްބަލަ. ސަހަރޯއޭ ހިތައް ނާރާތޯ. ރާއްޖޭގެ ދެން ހަލާކު ނުވެ އޮތް ޓޫރިޒަމް އިންޑަސްޓުރީވެސް ދެން މި ހަލާކުވީނޫންތޯ.
ވޯރނިންގެ އެއްތައް ބިރު ދެއްކުމެއް ތަ ނޫނީ ނުފުޒުފޯރުވުމެއްތަ؟
މި އިން އެއްވެސް ކަމަކީ ގާނޫނީގޮތުން ހުއްދަ ކަމެއް ނޫން..
ކޮބާ ތޯ ކުރީގެ ކުޑަ ކާފު ބޮޑު ކާފު ގޯސްވެގެން އުޅުނު ޒަމާން.. މިހާރު ކީއްތޯ ތިކުރައްވަނީ..
ހަމަ ތިމާގެ މަންފާ އަށް މަގުފަހިކޮށް އަންބޮޑި ބޮޑުކުރަނީ ނޫންތޯ
ބިރެއް ނުދެއްކޭނޭ.. އަމުރެއްވެސް ނުކުރެވޭނެ.. ތިހިރީ އަތް ނުފޯރާ ފަށުގައި ބަހައްޓާފައި
މާ ބޮޑަށް "ބލ" ބޮޑުކުރާނަމަ، ތި ތަނުގައިވެސް ނުހުރެވޭނެ.. ތީ މިހާރު ދޮގުވެރިޔެއްކަމަށް މީހުން ބަލައިގެންފައިވާ ނުލަފާ މީހެއް
އެމް.ޑީ.ޕީ ބައެއްމީހުން ވެސް މިފަހަރު ވޯޓުލަނީ މުޢިއްޒު އަށޭބުނީމަ ވަރަށްހިނިއާދޭ.