ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ދިރިއުޅުއްވަމުން ގެންދަވާ އެޑްރެސް ހޯދުމަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހަށް ހައިކޯޓުން ދިން މުއްދަތު މިއަދު ހަމަވިއިރުވެސް އެޑްރެސް ހޯދިފައި ނެތުމުން އެކަން ހައިކޯޓަށް އަންގާފަިއ ވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޖިންސީ ގޯނާ އާއި ގުޅޭ ހަތް ދައުވާއެއް އަލީ ވަހީދުގެ މައްޗަށް އުފުލާފައި ވަނިކޮށް ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރައިވަޑައިގެންފައެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔަރުން ވިދާޅުވީ އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެސް ނޭނގޭތީ ކޯޓަށް ހާޒިރުވުމުގެ ޗިޓް ރައްދު ކުރެވިފައި ނުވާކަމަށެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ހައިކޯޓުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް އެންގީ އެއް ދުވަހުގެ ތެރޭގައި އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެެހެއް ހޯދުމަށްފަހު ކޯޓަށް ހުށަހެޅުމަށެވެ. އެ މުއްދަތު މިއަދު މެންދުރުފަހު 14:00 އަށް ވަނީ ހަމަވެފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ އޮފީހުން އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެހެއް އެނގޭތޯ ފުލުހުން ކައިރިން އޮޅުންފިލުވުމުން، ފުލުހުންނަށް އެ އެޑްރެސް ނޭނގޭ ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދުގެ އެޑްރެސް ނޭނގޭކަން ކޯޓަށް އަންގާފައި ވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަލީ ވަހީދު ފުރައިގެން ދިއުމުގެ ހުއްދަދީ ކޯޓުން ޕާސްޕޯޓު ދޫކޮށްފައިވަނީ، މިބާވަތުގެ އަމުރުތައް ނެރުއްވުމުގައި އަމަލުކުރާ އުސޫލާ ހިލާފަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ނިހާނު

  ބޫމް ބޫމް އެއްގަ އުޅޭ މީހަކު ބިމުންފެނާނެތާ؟

  12
 2. ބަގުވާސް.

  ތިމައްނާޔަކީ ތިމައްނައެއް ނޫނޭ ..ތިމައްނާ އުޅޭ ތަނެއް އެގޭނީ ތިމައްނާ ހުރެގެން ނޫން ހޭ..ތިމައްނާ އެއްނެތޭ..މިވީގޮތުން އޭނާ އުޅޭތަނެއް އެގޭނީ އޭނާ އަކީ އުޅޭ މީ ހެއްކަންވެސް އެގިންތާ..އޭނާއަކީ ދުވަހަކު ބަޔަކު ދަންނަ މީހެއްވެސް ނޫން....ހައްހައް ހައް..

  14
 3. މީޒްލީ

  ކޮންމެ ކަމެއްގައި ބޮޑު ދޮގުތަކެއް ހަދާނެ ކަމެއް ނެތް! ވަރަށް ސާފް ކޮން ބުނަން އިގޭ ޢަލީ ވަހީދު ހުރިތަނެއް ދިވެހި ދަޢުލަތަށް އިނގޭ! އިގެންވެސް އިގޭ! އެކަމަގު މަތިއަޅަން ބޭނުންވާތީ އެކަމެއް ނޭގެނީތާ ދޯ!

  14
 4. ީގ

  މިކަމުގަ އިންޓަޕޯލް ރެޑްނޯޓިސް ނުނެރިވިގެން އުޅެނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކޮށްލުން މުހިއްމު.
  ދިވެހި ރާއްޖޭގެ ތާރީހުގަ އުފެދުނު އެންމެ ނުރައްކާތެރި ރޭޕިސްޓު ހުރިތަން ނުހަޮދި ނުހުންނާނެ.

  14
 5. ާުސުކޫން

  ނު ހޯދުނީކީ ނޫން އަޅާ ނުލީ ޒިންމާ ނެގި މީ ހާ ކޮބާ . ޢޭނާ އާމެދު ފިޔަވަޅު އެޅެން ޖެ ހޭނެ ނޫންބާ . ސަރުކާރުގެ މަތިފަޑީގަ ތިބި މީ ހުން ރާވައިގެން ކުރި ކަމެއްތީ. ޢަދީބު މައްސަލަ ގޮތަށް ތިމާމެންގެ ޕާރޓީގެ އިސްބަޔަކު ފަޅާ އަރާފާނެތީ އަލީވަ ހީދު (ފޮރުވީ) ފުރުވާލީ. އެކަމުގެ ހެއްކެއް ޝަރީޢަތް ސިއްރުކުރުން އެއީ

  14
 6. ބިންގޯ

  ސަރުކާރު ފިނޑި ކަމުން ބުނަން ނުކެރިގެން.

  13
 7. ފަރެސް

  ކުށްވެރިއެއްއުޅޭތަނެއް އެނގިލައްވާނެ އެނގިލައްވަން ޖެހިލައްވާނެކަމަށް ޤަބޫލްކުރެވޭ ނޫންނަމަ
  މިކަމުގައި ދެގޮތަކަށް ބެލެވިދާނެ އެއްގޮތަކީ ކުށްވެރިޔާ ގަސްދުގައި ފޮރުވާފައިވަނީ އެއީ ކުށުންސަލާމަތްކޮށްބެހެއްޓުމަށާ، އަދިއިތުރުއެހެންކަންތައްތަކެއް ބޭޒާރުވެދާނެކަމުގެބީރުުއޮތީމަ އަނެއްގޮތެކަމަށް ބެލެވެނީ ކުއްވެރިއަކުއުޅޭތަނެއް ހޯދުމުގެ ޤާބިލްކަންނެތުން މިހެންދެކެންޖެހުނީ ކުށުގެބާވަތާކުށްކުރިފަރާތާ.، ކުށްކުރިފަރާތްހުރި މަޤާމުގެގޮތުން އަދި މިފަދަފަރާތްތައްހޯދުމުގައި ދުނިޔޭގެ ޤައުމުތަކުން މިހާރު ޢަމަލުކުރަމުންދާގޮތަށްބަލާފައި އެއީ މިކަމުގައި އިންޓަޕޯލް ރެޑްނޯޓިސްނުރެވެނީކީއްވެތޯ

 8. ކޮއިމަލާ

  މިގޮތަށް ފޮރުވިމީހަކު ފެންނަންހުއްޓަސް ފެނުކަމަކަށް ނުހަދާނެ. ފެންނާނީ ވަކިބައެއް

 9. ހާދަހާ

  ގެއްލުވާލާފައިވާ މީހުންގެ ކަންކަން ބަލާ ހޯދުމަށް ސޯލިހުބެ އުފެއްދި ކޮމެޓީ ކޮބާ އެމީން ތިޔަ ކަން ކޮށްލާނެ އިން ޝާ ﷲ

 10. ޖ

  ސަރުކާރުން ޑީލްހަދައިގެން އަލީވަހީދުފިލުވާލީއޭ ދެންކޮންދޮގެއްހަދާކައް އެގޭނެހުރިތަނެއްވެސް ދޮގުހެދުމުގައި ހައްދުންނެއްޓިފަ.

 11. މޯޑީ

  އަލީ ވަހީދު ނާން ކަމުގައި ވާނަމަ އިންވެސްޓިގޭޝަން ހިންގަން ފައްޓަވާ. އޭނާ ކިއްލި ތަޅައިގެން ހޯދި ތަންތަން ސަރުކާރަށް ނަގަން ގޮވާލަން. އިންޓަޕޯލް ރެޑް ނޯޓިސް ނެރޭ

 12. ޚިޔާލު 3

  ކޯޓުން އެގެންވާނެ އެޑްރެސް ! ފުލު ހުން ގާތު ހޯދަން އެހ ހުމަކީ އަދިރި މީ ހުންކައިރީގައި ދުށިއްތޯ އހެހ ހުން . ފެނޭތޯ ބަލަން ކޯޓުން ބުނީ ޕްރޮސްކިއިޓަރު ގާތު އެކަމު ގެއްލުވާލީ ކޯޓުން އެ ހެރީ ފޮނުވާލާފައޭ ޕްރޮސްކިއުޓަރު ބުނީ ތި ހެނެއް ނެ ހެދޭނޭ ފުލު ހުން ބުނީ ނުފެނުނޭ އަނިޔާ ލިބުނު މީ ހުން ކަން ކުރާނެގޮތެއް ހޯދާނި އެމީ ހުން ދަވްލަތަކަށް ނުވިނޫންތޯ މިކަމެއް.