ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވި ވެންޓިލޭޓަރުތައް އެތެރެ ކުރުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އަމަލުތައް ތަހްގީގު ކުރުމަށްފަހު އެމައްސަލައިގައި ދައުވާ ކޮށްދިނުމަށް ތަކުރާރުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުމުން ވެސް ދައުވާ ކޮށްފައި ނުވާތީ އާއްމު ފަރާތަކުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ މައްސަލައެއް އޭސީސީ އަށް ހުށަހަޅައިފިއެވެ.

އާއްމު ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ވެންޓިލޭޓަރު މައްސަލައިގައި ޝަމީމް ދައުވާ އުފުލާފައި ނުވަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ކަމަށެވެ.

އެހެންކަމުން ދައުލަތުގެ މަގާމެއްގައި ހުރެ މަގާމުގެ ހައިސިއްޔަތު ބޭނުން ކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން އުޅޭ މައްސަލައިގައި ޕީޖީ ޝަމީމްގެ މައްސަލަ ބައްލަވައި ދެއްވާ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީއަށް އާއްމު ފަރާތަކުން ހުށަހެޅި މައްސަލައިގައި އެދިފައި ވެއެވެ.

ވެންޓިލޭޓަރު މައްސަލަ ފުރަތަމަ ތަހްގީގު ކުރުމަށްފަހު ދައުވާ ކޮށްދިނުމަށް އެދުމުން ޝަމީމް ނިންމެވީ އެމައްސަލައިގައި ބައެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާވަރަށް ހެކި ނެތް ކަމަށެވެ. އޭގެ ފަހުން އޭސީސީ އިން އިތުރު މައުލޫމާތުތަކެއް ފޯރުކޮށްދިނުމުން ފަސް މަސް ދުވަސް ވަންދެން އެމައުލޫމާތުތައް ދިރާސާ ކުރުމަށްފަހު އަނެއްކާވެސް ޝަމީމް ނިންމަވާފައި ވަނީ އެމައްސަލައިގައި ޖިނާއީ ދައުވާއެއް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް އުންސުރުތައް ފުރިހަމަވެފައި ނެތް ކަމަށެވެ.

ނަމަވެސް ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ދެވަނަ ފަހަރަށް ނިންމި ނިންމުމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމުން މިހާރު އަނެއްކާވެސް އެމައްސަލަ މުރާޖާ ކުރަމުން ގެންދާ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކޮވިޑް

    ޕީ.ޖީ އަށް ނުފެނުން އުންސުރު ކިހިނެއް އާންމުންގެ މީހަކަށް ފެނުނީ؟ ޔަޤީނޭ ތިފެނުނީ މައްސަލައިގެ އުންސުރު ނޫންކަން ތިފެނުނީ މައްސަލައިގެ ފަންސުރު ، އުންސުރު ޕީ.ޖީ

  2. ޢަލީ

    ތިމައްސަލަވެސް ކޯޓަށް ގެންދަން ފޮނުވަން މިޖެހެނީ ހަމަ އެ ޕީޖީއަށެވެ. އެހެން މިނޫންގޮތަކަށް މިކަން ހަމަޖައްސަން އެބަޖެހެއެވެ. އެއީ ސީދާ އޭސީސީ އިން ކޯޓަށް ދާގޮތަށެވެ. އެކަންވެސް އަދި ޕީޖީ ބޭރުކުރުންވެސް އޮތީ މަޖިލީހުގެ އަތްމަތީގައެވެ. މަޖިލީހުގައި ހުރީ ޝަމީމުގެ މަންމައަށްވުރެވެސް ލޯބިވާމީހެކެވެ. އެހެންކަމުން މަންމައަކު ދަރިއަކަށް ދެރަގޮތެއް ވާން އެދޭނެތޯއެވެ. އެންމެންވެސް މޮޅު ވާހަކަ ދައްކަނީއެވެ. މި ޤައުމު ރަނގަޅު މަގުންހިންގަން ބޭނުންވާ އެކަކުވެސް ތިތާކުނެތެވެ.

  3. ސަމީމު ބޮޑު ފަނޑިޔާރު

    މި ޕޖީ އަކީ މިހާރު އުއްތަމަ ފަނޑިޔާރު ދޯ ..⚖️⚖️⚖️⚖️

    • ހަހަހަހަ

      އުއްތަމަ ޖެނެރަލް ސަމީމާ ބޭގަމް

  4. މަސްއޫދު

    އަވަހައް ތިޔަ ދައުވާކުރައްވާ ސަމީމަކީ އަނިޔާވެރި ކަމުން ހައްދު ފަހަނަޅައިފާ ބޮޑުވަގެއް! މިރާއްޖޭގައި ނުހައްގުން ދައުވާކުރާ އެންމެހެހާ މައްސަލަތަކުގެ ފުރިހަމަ ޒިންމާ ސަމީމު އުފަލަންޖެހޭނެ!

  5. ސސސސ

    ޕީޖީ އޮފީހުން މައްސަލަ ރިވިއު ކުރި ކުދިން ކޮޅު ގެނެސް ސުވާލުކުރުމުން ވަރަށް ވާހަކަ ނިކުންނާނެ ކަމަށް ބެލެވޭ

  6. މޯލާ ސަހާބު

    މާލަސްވެއްޖެ މިހާރުވެސް.ތީނަގެ ކޮންމެވެސް ހިއްސާއެއް ތިކަމުގަ އޮތްހެން ވަރަށްހީވޭ.ކަމުދާމީހެއްނުން ތީ.އިސްތިއުުފާދޭކަށްވެސް ނުކެރުނުދޯ..

  7. ާައަހުމަދު

    އަޑުތަށް އިވޭގޮތުގަ މިހާރުގެ ޕީޖީގެ ކުރީގެ ޅިޔަނުންތަށް ހިންގާ ނޫހެއްގެ ކޮލަމިސްޓެއްގެ ގޮތުގަވެސް މަސައްކަތް ކުރައްވަޔޯ އެއީ ތެދެއްތޯ؟

  8. ގލ

    ވަރަށް މުހި އްމު ކަމެ އް ވީހާ އަވަހަކަށް ކުރި އަށް ކުރި އަށް
    ގެންދަން ޖެހޭ ކަމެ އް!

  9. އަބްސީ

    މުޅިސަރުކާރުގަ ވަގުން، ހުރިހާ ދިމާލެއެގަ ވައްކަމާއި ކޮރަޕްޝަން، މިއަށް ކިޔަނީ ޒީރޯޓޮލަރޭންސް