ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން މިއަދު ބާއްވާ އެންމެ ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަލާމްބުނި މެމްބަރުންގެ އަދަދަކީ 22 ކަމަށް ރިޔާސަތުން ވިދާޅުވެއްޖެއެވެ.
މިއަދު ރިޔާސަތު ބެލެހެއްޓެވީ ރައީސް މުހައްމަދު ނަޝީދެވެ. ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ހާޒިރީ އިއްވަވަމުން ނަޝީދު ވިދާޅުވީ މި ޖަލްސާއަށް ސަލާމުގައި 22 މެމްބަރުން ތިއްބެވި ކަމަށާއި ހާޒިރުވީވެސް 22 މެމްބަރުން ކަމަށެވެ.
މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އެ މެމްބަރުންނަކީ ދާއިރާގެ މަސައްކަތުގައި ތިއްބެވި މެމްބަރުން ކަމަށާއި މެމްބަރުން ދާއިރާއަށް ކުރާ ދަތުރުތަކަކީ ރަސްމީ ދަތުރުތައް ގޮތުގައި ކަނޑައަޅަން އާންމު ކޮމިޓީން ވަނީ ނިންމާފައިވާ ކަމަށެވެ.
އަދި މަޖިލިސް މެމްބަރުން ދާއިރާއަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކުގެ ގޮތުގައި ކަނޑައެޅުމަށް މަޖިލިސް އިދާރާއަށް ލިޔުމަކުން ހުއްދައަށް އެދެން ޖެހޭނެ ކަމަށާއި އެ ހުއްދަ ދެވޭނީ މަޖިލީހުގެ އިދާރާއިން އެކަމަށް ދޭ ހާއްސަ ހުއްދަ ލިބުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މެމްބަރުންގެ ދާޢިރާތަކަށް ވަޑައިގެންނެވި އިރު އާންމު ކޮމިޓީގެ އުސޫލު އަދި ފާސްނުވާ ކަމަށާއި އެހެންކަމުން އުސޫލުގެ ދަށުން ދަތުރުކުރެއްވީ ދެ ބޭފުޅުން ކަމަށް ވިދާޅުވިއެވެ. އެ ދެ މެމްބަރުންނަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އެވެ.
އަންނަ ހޮނިހިރު ދުވަހުގެ އިންތިހާބުގެ ކެމްޕެއިނަށް މަޖިލީހުގެ 22 މެމްބަރުން ސަލާމުގައި ތިއްބެވިއިރު މިއީ ރެކޯޑު އަދަދެކެވެ.
ރައްޔިތުންގެ އުންމީދުތައް އުތުރިއަރަނީ. 850000 ބަނޑު އަޅަެިގެން އަމިއްލަ ވިޔަފާރީގަ. އަދި ނުވިތަނަކަށް ޓެކްސް ފައިސާއިން ދާއިރާއަށްކުރާ ދަތުރުވެސް ހިލޭ، އެކމކު ރައްޔިތުންނަށް ވާފައިދާއެް ހަރަމް. ކޮރަޕްސަން އިންތިހާ.
މުސާރަ ނަގާ 85 މެމްބަރުން. މިވަރު ކަމެއް ހަމަ މި ޤައުމުގަ ނެތް ހުވާ.
އެޖެންޑަރ 19 ނިދާފަ އެވެ. ރައްޔިތުން ގަދަ އަޅާ މަސައްކަތް ކުރަނީ އެވެ. ދެނ އައިސް 1000 ރުފިޔާ ދޭން ބުންޔަސް ވޯޓެއް ނުދެވޭނެ އެވެ.
ޢޯފު ޑޭގަ ކިހިނެތް މަސައްކަތް ކުރާނީ . ޢޯޓީ ނުލިބެޔޭ. ޙައުދަ ބުރައޭ މަޖިލިސް . މާކުޑަ ލިބޭވަރު. ކިރިޔާ ގޮނޑި ފޮހެލެވޭވަރު ވަނީ މި ލިބޭ މުސާރަ އަށް.