ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

ސައިޓް މޮބިލައިޒް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއަމާން މުހަައްމަދު ފަހީމާއި، ސީއީއޯ އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިންނާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ބައިވެރިވެވަޑައިގެންނެވިއެވެ.

ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 25 މީޓަރުގެ ގްރޮއިންސް ޖެހުމާއި، 235 މީޓަރުގެ ރިވެޓްމެންޓް
ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

ފަސް މިލިއަން ރުފިޔާގެ އެ މަޝްރޫއު ނިންމުމަށްހަމަޖެހިފައިވަނީ 100 ދުވަހުގެ ތެރޭގައެވެ.