އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުއްވާ ގެ އިމާރާތް ކުރެއްވި ގޮތް ހާމަކުރައްވައިފިއެވެ.

ކުރީގެ ހައުސިން މިނިސްޓަރު ކަން ވެސް ކުރެއްވި މުއިއްޒު ދިރިއުޅުއްވާ ގެ އިމާރާތް ކުރެއްވި ގޮތުގެ ތަފްސީލަށް ވަޑައިގަތީ ސަންގު ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އާންމުންގެ މީހަކު ކުރި ސުވާލުގެ ޖަވާބުގައެވެ.

ލައިވްކޮށް ގެނެސްދިން ޕްރޮގްރާމެއްގައި ބެލުންތެރިއަކު ވަނީ މުއިއްޒު ދިރިއުޅުއްވާ ގެ އިމާރާތް ކުރެއްވީ ދަރުމަވަންތަ ހޮސްޕިޓަލް މަޝްރޫއުގެ ފައިސާ އިން "ވައްކަން" ކުރައްވައިގެން ކަމަށް ބައެއް މީހުން ތުހުމަތު ކުރާތީ އެކަމުގެ މައުލޫމާތު ސާފުކޮށް ދިނުމަށް އެދިފައެވެ.

މުއިއްޒު ވިދާޅުވީ މުއިއްޒު މިހާރު ދިރިއުޅުއްވާ މާފަންނު ދިމްޔާތު ހުންނަ ގޯއްޗަކީ އެ ބޭފުޅާގެ ބައްޕަގެ ގޯއްޗެއް ކަމަށެވެ. ބައްޕަގެ ހުރި ހަމައެކަނި ދަރިއަކީ އޭނާ ކަމަށްވާ އިރު، ބައްޕަ ނިޔާވުމުން އެ ގޯއްޗާއި ގެ ލިބިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެގެއަކީ 1990 ގެ އަހަރުތަކުން ފެށިގެން ދުވަހު ކުއްޔަށް ކޮޓަރި ދޫކުރަމުން އައި ގެ އެއް ކަމަށާއި އެކަން ވަރަށް ގިނަ އަތޮޅު ތެރޭގެ ފަރާތްތަކަށާއި މާލޭގެ މީހުންނަށް އެނގޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އޭރުއްސުރެ ކޮޓަރި ކުއްޔަށް ދީގެން ފައިސާ ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ގެއަކީ އަޅުގަނޑުގެ ބައްޕަގެ ގޯއްޗެއް، މާފަންނު ދިމްޔާތު. ބައްޕަގެ ހުރި ހަމައެކަނި ކުއްޖަކީ އަޅުގަނޑު. ބައްޕަ އަވަހާރަވުމުން އަޅުގަނޑަށް ގެ ލިބިގެން ދިޔައީ. ބައްޕައަކީ 1990 ހިސާބުން ފެށިގެން ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުމުގެ މަސައްކަތް ކުރަމުން އައި ބޭފުޅެއް،" ހަތް އަހަރު ދުވަސް ވަންދެން ރާއްޖޭގެ ހައުސިން މިނިސްޓަރު ކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެ ގެ ހުރި ތަނުގައި ހަދާފައި ހުރި "ދިމްޔާތު ސްޓޭ" ހޮޓަލަކީ، އޭރު ލިބިފައި ހުރި ފައިސާ އާއި ސިވިލް އިންޖިނިއަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވައިގެން ލިބުނު ފައިސާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި ލޯނެއް މެދުވެރިކޮށް އެޅި އިމާރާތެއް ކަމަށެވެ.

މި މައުލޫމާތުތައް އިސްލާމިކް ބޭންކު މެދުވެރިކޮށް ވެސް ބަލައިލެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އޭނާއަކީ އެއްވެސް މަޝްރޫއަކުން ނާޖައިޒު ފައިދާ ހޯދައިގެން އުޅުއްވި ބޭފުޅެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އެންމެ ބޮޑު ވާދަވެރިކަމެއް އޮތް އެއް ދާއިރާއަކީ މާލެ ސިޓީއެވެ. މާލޭގެ މޭޔަރު ކަމަށް މުއިއްޒުގެ އިތުރުން ދެން ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަދި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީއެވެ.

ބެލެވޭ ގޮތުގައި މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މުއިއްޒު އާއި އަނަސްއާ ދެމެދުގައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަލިބެ

    ކުދިންނޭވެ މުޢިއްޒުފަދަ ޤާބިލް ހިންގުންތެރި ޢިލްމުވެރި އަޚްލާޤް ރަނގަޅު ބޭފުޅަކު ހުއްޓައި އަނަސްމެންފަދަ ގޮތްނޭނގޭ މީހުން އިޚްތިޔާރު ނުކުރާށެވެ. އެއީ ފަހުން އެކަމާ ދެރަވާންޖެހޭނެ ކަމެކެވެ.

    75
    5
    • މއިބްރާހިމް

      ގާބިލުވީ ކުރި ކޮންމެ ކަމެއް ދެފަހަރު ކުރީމަތ؟. ނޫނީ މާލޭގެ މަގުތަކުގަ މަކުނު ވާފުރާ އުސޫލުން ވާ ފުރީމަތަ؟

      3
      35
      • ޙާލަތު

        މަކުނުވާ ފިލުވަން އައި ސަރުކާރަށް 2 އަހަރަށްވުރެ ގިނަ ދުވަސްވީ... ކިތައް މަކުނުވާ ސާފުކުރެވިއްޖެތޯ ނާހާ ހުންނާކަށްބޭނުމޭ ބުނާކަށް ނެތީމު....

    • ދޮން ބަބުރު ސޮރު

      އަދި ވަގެއް ހުއްޓާ މިވެސް ދޭންޖެހޭ ލަގަބެއް

      2
      15
    • ކ̸̦̫͆̾̽̅̋ͅޮ̴̱̄̓̊͂͑͜މ̴͎͠ެ̷̡̰͆ނ̵̤͓̾̓̇ް̷̨̛̛̘̻̞͕̱͋̽̇̇ޓ̵̫̈́͋̒͌̐͗ު̴̢̻͙͑̇

      އަނަސް އަކީ ގޮތްނޭންގޭ މީހެއް ނޫން ރީނދޫ ޕާރޓީގެ ފެއިލްވެފަ ހުރި މީހެއް

      41
      2
    • ލލ

      ހޮވާނީ މުޢިއްޒު- ހޮވޭނީ މުޢިއްޒު އިންޝާ ﷲ

      41
      2
  2. ބަސްނުވިކޭ

    ޕޮލިޓިކަލް ގޭމްނުކުޅެ، ރައްޔިތުންގެ ލޮލުގަ އަނދުންނާޅުވަ، ޕޮޕިއުލަރިޓީއަށް ގެއްލުންވިނަމަވެސް ބުނަންޖެހޭއެއްޗެއްބުނެ، ހެދުނުގޯސްތައް ފޮރުވަންނޫޅެ، އެކަމާހަވާލުވެ އެންމެކުޑަދުވަސްކޮޅެއްތެރޭ ރާއްޖެއަށް އެންމެބޮޑު ތަރައްގީއެއް ގެނެސްދެއްވީ ރ.ޔާމީން. އެމަނިކުފާނުފަހަތުގަ އެންމެބުރަކޮށް މަސައްކަތްކުރެއްވި އެކަކަކީ ޑރ.މުއިއްޒު. އަޅުގަނޑުގެ ވޯޓް ޑރ.މުއިއްޒުއަށް

    31
    2
  3. ސައްޓި

    ކުއްލިއަކަށް ރައީސްގެއާއި ހުރިހާވެރިންގެތައް ހުސްކޮށްހެދި ވިޔަފާރިތައް ހެސްކިޔާފަ ފުޅާވީމަ ސުވާލުކުރެވޭނެ.... ފަޅޮލޭނުކިޔަސް

    2
    19
  4. ދަރަނި ދަންތުރަ

    ދެލޯ ސަލާމަތުންހުރި ކޮންމެ މީހަކަށް ފެއްނާނެ މުއިއްޒުގެ ގާބިލްކަން މާލޭގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް އަދި އަތޮޅުތެރެއިންވެސް ހުރިހާ ބޭފުޅުން މުއިއްޒުއަށް ވޯޓު ދެއްވާ ، ލާދީނީ ތިލަފަތަށް ނޫނެކޭ ބުނޭ

  5. ރިވެތި

    ހޮވާނީ މުޢިއްޒު- ހޮވޭނީ މުޢިއްޒު އިންޝާ ﷲ

  6. ފަރާ

    ޑރ.މުޢިއްޒުގެ ބައްޕަ އަކީ ސަރުކާރުގެ މަތީ މަޤާމް ތައް ފުރުއްވާފައިވާ ބޭފުޅެއް ކަމުން ބޮޑުގެއެއް ހަދާހާ ފައިސާ ނެތްނަމަވެސް ކޮންމެ ވެސް ވަރަކަށް ރައްކާކޮށްފައިވެސް ހުންނާނެހެން ވަރަށްބޮޑަށްހީވޭ. އަދި ދިމްޔާތު ގެއިން ކޮޓަރި
    ކުއްޔަށް ދޭތާވެސް ވަރަށްޒަމާންވެއްޖެ. މީހުންގެއަގުވައްޓާލަން ކޮންމެ ވާހަކަ އެއްވެސް ދައްކާފާނެ. މިފަހަރު ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ތަޢުލީމީ ޤާބިލް ބޭފުޅަކީ ޑރ.މުޢިއްޒު ކަން މާލެސިޓީ ނޫނަސް މުޅި ދިވެހިރާއްޖެވެސްހެކިވާނެ.

    1
    1