ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެއްވެސް ފަރާތަކަށް ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ. ވޯޓު ރަޖިސްޓަވެފައިވާ ތަނަކަށް ވޯޓުލާން ދިއުމުގެ ފުރުސަތު ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ގޮވާލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް އެގޮތަށް ވިދާޅުވި އިރު، ކޮވިޑް-19 އަށް ފައްސިވެފައި ތިބި މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިދޭ ގޮތަށް ރިސޯޓުތަކުގައި ތިބޭ ދިވެހި މުވައްޒަފުން އެމީހެއްގެ ރަށްރަށަށް ގޮސް ވޯޓުލުމުގެ ހައްގު ލިބިދޭން ޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުން މާލެ އިން ރަށްރަށަށް ވޯޓުލާން ދާ މީހުންނަށް ވެސް ފުރުސަތު ދޭންވާނެ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ އިރު، މިފަހަރުގެ އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނެ ކަމަށް ބެލެވެނީ އެމްޑީޕީ އާއި ޕީޕީއެމްގެ ދެމެދުގައެވެ. އެ ދެ ޕާޓީގެ ކެންޑިޑޭޓުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް ފޯރިއާ އެކުގައި ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 273،128 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު ފަސްކުރުމުން، އެއް އަހަރުގެ ތެރޭގައި 18 އަހަރު ފުރޭ މީހުންނެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި، 2،264 އަދި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓުން ވާދަކުރެއެވެ.