ދިވެހިންގެ ސިއްހީ ހުރިހާ މައުލޫމާތެއް ގަވައިދުން ބަލަހައްޓާ ގޮތަށް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން މިނިސްޓަރު ނަސީމް ދެއްވި ހިތޯބުގައި ވިދާޅުވީ ޕްރޮގްރާމަކީ ޕްރައިމަރީ ހެލްތް ކެއަރއަށް އާ ދިރުމެއް ގެނުވާނެ ކަމެއް ކަމަށެވެ. މުޅި ރާއްޖޭގައި އެންމެ ފުރަތަމަ ހިންގުމަށް ރޭވިފައިވާ މި ޕްރޮގްރާމްގައި، ރާއްޖޭގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްގެ ސިއްހީ މައްސަލަތައް ދެނެގަނެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެގޮތުން ފުރަތަމަ ބުރުގައި 1000 އިން ދަށުގެ އާބާދީގެ 76 ރަށުގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްގެ މަޢުލޫމާތު ނެގުމަށް ވަނީ އަމާޒުކުރެވިފައި. މި މަސައްކަތުގެ ތެރެއިން ފަސް އަތޮޅެއްގެ 25 ރަށުގައި މި މަސައްކަތް މިހާރު ކުރިޔަށްދާކަން ފާހަގަކުރަން،" ނަސީމް ވިދާޅުވިއެވެ.

މި މައުލޫމާތުތައް، ޑިޖިޓަލް ޑޭޓާބޭސްތަކުގަ އާއި މި ފަދަ ޕްލެޓްފޯމްތަކުގައި ރައްކާތެރިކަމާއެކު ބަލަހައްޓާނެ ކަމަށް ވިދާޅުވިއެވެ. ހުރިހާ ދިވެހިންގެ ސިއްހީ މައުލޫމާތު ހިމެނޭ ރެކޯޑް، މި އަހަރު ނިމުމުގެ ކުރިން ގާއިމުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަހުމަދު

  ތިޔައުޅެނީ މީހުންގެ ޕްރައިވެޓް މަޢުލޫމާތު ތަކެއް ހޯދަން.

  15
  1
 2. ކަށްވަޅަކުންނުކުތް ކަޅުގަބުރު

  ކަށްވަޅަކުންނު

 3. ސަމަރު

  މީހުންގެ ޒާތީ މަޢުލޫމާތަކީ ހުރުމަތްތެރި ވެގެންވާ އެއްޗެއްކަން ތިޔަ ބޭފުޅުންނަށް ނޭނގެނީތޯ؟ ހެލްތު މިނިސްޓަރަކީ ނަފްސާނީ ޑަކްޓަރަކަށް ވެގެން ތިޔަކަހަލަ މަޢުލޫމާތު އެއްކުރީމާ ކަމަކު ނުދާނެއެވެ. ޕްރޮސިކިއުޓަރ އަށް ފުލުހުން ފޮނުވާ ބަޔާންތައް މަޖްލީހުގެ ރައީސް މަޖިލީހުގައި އިނދެގެން ވިދާޅުވާ ގޮތަށް މީހުންގެ ތިޔަކަހަލަ ވާހަކަ ވެސް ނުގޮވާނެ ކަމެއް ނޭނގޭ!

 4. އަހްމަދު

  ހުރިހާ ގޮތަކުން އަޅުވެތި ކުރުވުން މިނިވަން ކަން ނަމުގަ