ކަރަޕްޝަންގެ ވަބާއިން ދައުލަތް ސަލާމަތް ކޮށްދިނުމަށް ރެއާ ދުވާލު ބުރަކޮށް މަސައްކަތް ކޮށްދެއްވުމަކީ އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށާއި، ދައުލަތުގެ ފައިސާއެއް ގެއްލިއްޖެނަމަ އެކަމާ އެންމެ ބޮޑަށް ހިތާމަ ކުރާނެ އެކަކަށް އޭނާ ވާނެ ކަމަށް ފިނޭންސް މިނިސްޓަރ އަބްދުﷲ އަމީރު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިޔުމެންޓް ގައިޑްލައިން އާއި ކުންފުނިތަކަށް އަމާޒުކޮށްގެން ތައްޔާރުކުރި ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯކު ނެރުމަށް ބޭއްވި ރަސްމިއްޔާރުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މި ސަރުކާރަކީ އަބަދުވެސް ކަރަޕްޝަނަށް ނޫނެކޭ ބުނާނެ ސަރުކާރެއް ކަމަށެވެ. އަދި މި ސަރުކާރުވެރިކަމަށް އައީ އެ ވައުދާއެކުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން ވިދާޅުވެދާނެ މިހާރުވެސް ކޮރަޕްޝަން ހިނގައޭ. ކޮބައިހޭ ތަފާތަކީ؟ މި ފިޔަވަޅު މަތީގައި ހުރެގެން ވަރަށް ސާބިތުކަމާއެކު އަޅުގަނޑު މި ދަންނަވަނީ ކަރަޕްޝަނަށް ހުޅުވިފަ ހުރި ދޮރުތައް ބަންދު ކުރަން މި ކުރެވޭ މަސައްކަތޭ ތަފާތަކީ. އުސޫލުތައް ހަރުދަނާކޮށް ނިޒާމުތައް ޤާއިމު ކުރުމޭ ތަފާތަކީ. ކޮންމެ ފަންތިއެއްގެ ގިންތިއެއްގެ މީހަކަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރެވުނަސް އެކަން ބެލުމޭ ތަފާތަކީ". އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ތަފާތުތަކާއެކު ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާއި ކުންފުނިތަކުގެ އެންމެ އިސް ފަރާތްތަކަށް އިނގިލި ދިއްކުރެވޭ މައްސަލަތައް ބެލެމުންދާ ކަމަށެވެ.

އަދި ރާއްޖޭގައި ކަރަޕްޝަންގެ ވަބާ އަށަގަނެފައިވާ މިންވަރަށް ބަލާއިރު މަދު ދުވަސްކޮޅެއްގެ ތެރޭގައި މިކަން ފިލުވާލުމަކީ ނާދިރުކަމެއް ކަމަށެވެ.

"އެކަމަކު މިއަދު މި ނެރެވުނު ޕޮލިސީތައްފަދަ ޕޮލިސީތަކާއެކު ވަގު ހިފޭނެ މެކޭނިޒަމްތައް ޤާއިމު ވެގެންދާނެ. އެއާއެކު އެއްކަލަ ރޯމާ ދުވާލު ވައްކަން ކުރި ފަރާތްތައްވެސް އެކަންތައްތައް ކުރަން ދެން ޖެހިލުންވާނެ". މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކަރަޕްޝަން ހުއްޓުވުމަށްޓަކާ އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅަކީ މައްސަލަ ހުށަހެޅޭނެ ފަސޭހަ ނިޒާމުތަކެއް ޤާއިމުވެފައި ހުރުން ކަމަށެވެ. އެގޮތުން އޭސީސީއަށް މައްސަލަ ހުށަހެޅުމުގެ އިތުރުން ވިސިލަ ބްލޯ ކުރާނެ ނިޒާމެއް ރައީސް އޮފީހުންވެސް ޤާއިމުކޮށްފައިވާ ކަމަށާއި، އެގޮތަށް ހުށަހެޅޭ މައްސަލަތައް އޭސީސީ އަށާއި ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕީސީބީއަށް ފޮނުވައިގެންވެސް ބެލެމުންދާ ކަމަަށް އަސްލަމް ވިދާޅުވިއެވެ.

"އޭސީސީގެ ރައީސް މި ރަސްމިއްޔާތުގައި އިންނެވުމާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސަރުކާރުގެ އިސްވެރިއަކާ ގުޅޭ ގޮތުންވެސް އެފަދަ ޝަކުވާއެއް ލިބިއްޖެނަމަ އަވަހަށް އެކަން ބައްލަވާ ދެއްވައްޗޭ. ކަރަޕްޝަންގެ މި ވަބާއިން ދައުލަތް ސަލާމަތް ކޮށްދިނުމަށް ރެއާ ދުވާލު ބުރަކޮށް މަސައްކަތް ކޮށްދެއްވުމަކީ އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއް. ދައުލަތުގެ ފައިސާއެއް ގެއްލިއްޖެނަމަ އެކަމާ އެންމެ ބޮޑަށް ހިތާމަ ކުރާނެ އެކަކީ ހަމަ ގައިމުވެސް އަޅުގަނޑު. މިފަދަ ކަންތައްތައް ހުއްޓުވަން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް އަޅުގަނޑުގެ ފަރާތުން ހަމަ ގައިމުވެސް ލިބޭނެ". އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކަޅޭ

    ކަލޭ ހިތާމަކުރީމަ ނިމުނީ ތަ އެ ހޯދާކަށް ނުޖެހޭނެ ދޯ. ވަގު ވަގު ވަގު .....

    34
  2. އަބްދޫ

    ދަވްލަތުގެ މުދަލާއި ފައިސާއައި ބެހޭގޮތުން ގާނޫނުގަ ބުނަނީ އެމީހެއްގެ އިހުމަލުން ގެއްލުމެއް ވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލަން ވާނެ ކަމަށް.ގާނޫނުއަސަސީގެ 97 އާއި 250 ގަ ބުނަނީ ސަރުކާރުނަް ހަރަދު ކުރެވޭނީ ހެދިފައިވާ ގާނޫނެއްގެތެރޭން އެގާނޫނުގައިވާ ގޮތުގެ މަތިންކަމަށް. މިހާރު ގާނޫނެއްނެތި އެތައްހަރަދެއް ކުރެވިފަވޭ، އެހަރަދުތަކުގެ ޒިންމާ އުފަުއްލަވާނަންތޯ؟

    34
  3. ކާފަބޭ2020

    މިހާރުރުފިޔާނުގެ އްލޭނެ އަތުޖެހުނުމީހަކުޖެހުނުގޮތަކަށް ރުފިޔާ ހިފަ އިގެންދަނީ އުޅޭތަންނޭގުނީމަކޯޓުންމަ އްސަލަބޭރުކުރަނީ ދެން ފަ އިސާގެ އްލުނުކަމަކަށްނުވާނެތާދޯ؟ ކަންތަ އްކޮށްދޭމީހުން މުސާރަޔާ އެކީގޭގަ ބޮޑެތިވަ އްކަންކުރީމަގޭގަ ސަޅިވާހަކަކިޔާދޭން ލަދުނުގަންނަކަންދޯ

    14
  4. ހުސޭނުބޭ

    އަހަރެންނަށް ކެވެނިކޮށް ވަރިހަމަ. އަހަރެން ހުންނާނެ އާއިލާ މީހުންގެ ނަމުގައި އެކިއެކި ކުންފުނި ހަދާފައި ބައިތުލް މާލު ދަވާލަންވެގެން!

    15
  5. ދަރަނި ދަންތުރަ

    މުޅިގައުމު ދަވާލާފައިވެސް މޮޅުވާހަކައެއްބުނެލީދޯ ތިޔައީ މިގައުމުގެ ހަލާކު ތަނެއްގައިހުރި ބުރާންޗެއްތީ

    16
  6. ބޯޖަލީލު

    ފަސްމާމުލު ފަސްވަގުން ގައުމުގެ ހަޒާނާ ހުސްކޮށްލާފައި ބުނެލި މޮޅުބަސް ބަލާލަބަލަ ހުސްވަގުން

    16
  7. ބުއްޅަބެ

    ފައިސާތައް ގެއްލުނީމަ މީނަޔަށް ކެވޭވަރު މަދުވާނެ އެހެންވީމަ ހިތާމަކުރާނެތާ

    17
  8. ގުބޯ

    އަމީރު ހިތާމަކުރަންޖެހެނީ ދައުލަތުގެ ފައިސާއަކީ އަމީރުގެ އައްޕަގެއެކަނި އެއްޗަކަށްވާތީތަ؟ ބަލަގަ އެއީ ރާއްޖޭގެ ރައްޔިތުންގެ ޙައްޤެއް ގެއްލުންވަނީ ރައްޔިތުންގެފައިސާ

  9. ވަލީ

    ކަލެއަށް މަދުވާނެތީ ދޯ! ކޮބާ މިހާރު އެއްކަލަ ޔޮޓުތަކާ އެއްޗެހި

  10. އެމަންޖެ

    އަންނި އެއްމެ ބޮޑައް ހިތާމަ ކުރާނީ ތިކާން ނުލިބި ގެއްލިއްޖާ.