ރާއްޖޭގެ ދުވަސްވީ، ކުޅަދާނަ ނޫސްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ "މިހާރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފް އިސްތިއުފާ ދެއްވައިފިއެވެ.
މޫސާ ލަތީފް، "މިހާރު" ނޫހުން އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ. އެކަމަކު އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ އެ ނޫހުގައި މަސައްކަތް ކުރަމުން އަންނަ ގިނަ އަދަދެއްގެ ނޫސްވެރިންތަކެއް ނޫހުން ވަކިވެ، އާ ނޫހަކާ ގުޅިފައިވާ ދަނޑިވަޅެއްގައެވެ.
"އަދަދު" ގެ ނަމުގައި ދާދި ފަހުން، އުފެއްދި އޮންލައިން ނޫހުގައި ކުރިން "މިހާރު" ގައި މަސައްކަތް ކުރި ބައެއް އެޑިޓަރުން ވެސް ވަނީ ގުޅިފައެވެ. އަދި މީގެކުރިން ނޫސްވެރިކަމުގެ އެވޯޑު ހޯދާފައިވާ ރާއްޖޭގެ މަޝްހޫރު ބައެއް ނޫސްވެރިން ވެސް ވަނީ "އަދަދު" އާ ގުޅިފައެވެ.
މީގެކުރިން "ހަވީރު" ނޫހުގައި ވެސް މަސައްކަތް ކުރެއްވި މޫސާ ލަތީފަކީ ނޫސްވެރިކަމުގެ އަލިމަސް ގަލަން ހާސިލް ކުރެއްވި އެޑިޓަރެކެވެ. "ހަވީރު" ނޫސް ހިންގެވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި މޫސާ ލަތީފް ވަނީ "މިހާރު" އާންމުންގެ ތެރޭގައި މަގުބޫލު ނޫހަކަށް ހެދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވައިފައެވެ. ހާއްސަކޮށް "މިހާރު" ރާއްޖޭގެ އެއްވަނަ ނޫހަށް ހެދުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ.
މޫސާ ލަތީފަކީ ރާއްޖެ އާއި ބޭރު ދުނިޔޭގައި ހިނގާ މުހިންމު ކަންކަމަ ބެހޭ ގޮތުން އަދިވެސް މޮޅު ލިޔުންތައް ލިޔުއްވާ އެޑިޓަރެކެވެ.
މޫސާ ލަތީފް ދާދި ފަހުން "މިހާރު" ނޫހުގެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ލިޔުންތެރިކަން އެހެން ހަރުފަތަކަށް ގެންދެވޭ ފެންވަރުގެ ނޫސްވެރިން "މިހާރު"ގައި އެބަތިބި ކަމަށެވެ."މިހާރު" ޓީމުން ރާއްޖޭގެ ނޫސްވެރިކަމުގެ މަތީ ފެންވަރުގައި ހިފަހައްޓަން ކުރާ މަސައްކަތް އަބަދުވެސް އިތުރުކޮށް، ފުރިހަމަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ހަމައެކަނި މީސް މީޑިއާއިން ލިބޭ މައުލޫމާތުތަކަށް ބަރޯސާވުމުގެ ބަދަލުގައި، އެކި ތަންތަނަށް ގޮސް މައުލޫމާތު ހޯދައި ކިޔުންތެރިންނާ ހަމައަށް އުފެއްދުންތެރި ލިއުންތަކެއް ގެނައުން މުހިއްމު ކަމަށް މޫސާ ލަތީފް ވިދާޅުވިއެވެ.
''އަދަދުޑޮޓްކޮމް''ގެ ދޮރު އެވަނީ ހުޅުވިފަ. ވ.ވެދުން
މަޤާމެއް ލިބެނީ!
ރ ޓީވީއަށް ވަނީމަ ރަނގަޅުވާނެ. އޭރުން ރައީސް ޔާމީނަށް ގިނައިން ވަގަށް ގޮވޭނެ
ތި މީހުންނަށް އެއްތަނެއްގައި ވަޒީފާ ގައި މަޑެއް ނުކުރެވޭ
ބަދަލު ހިފުމުގެ ރޫހެއްގައިއުޅޭ އެއްވެސް ބަޔަކަށް ކާމިޔާބެއް ނުވާނެ ، އަބަދު ތިހެން އުޅެންވީ ، ތީ މުޅިން ދޮގުޚަބަރު ފަތުރަމުން ދިޔަ ނޫހެއް ، ރ.ޔާމީންއާއި ދެކޮޅަށް މިމީހުން ވަރަށް ލިޔުންތައް ނެރުނު ، ހައޤޭ އިންސާފޭކިޔާ ، މިއަދު މިމީހުން މިބަސްވެސް ނުދަނޭ
ކިހާ ތާހިރު. ރައީސް ޔާމީނޭ ފަޅޮލޭ ނުކިޔާ. ޗެނަލް 13 އިން ވެސް ގޮވާ އެއްޗެހި
ރީނދޫ މީހުން ތާހިރޭ އޭއްޗެކޭ މީއްޗެކޭ އެހެން މީހުންނަށް ނުގޮވިއްޔާ ރަނގަޅުވާނީ. މިރާއްޖޭގަ ކަލޭމެންގެ ފެންވަރު ނުދަންނަ ކުޑަ ކުއްޖެއްވެސް ހުންނާނެ ހެނެއް ހިއެއްނުވޭ.
އިންފޮމޭޝަން ކޮމިޝަރަށް މަރުހަބާ
އިންފޮރމޭޝަން ކޮމިޝަނަރުކަން
ދާދި ފަ ހުން ލިޔުނު އާރޓިްކަލް އެއްގަ ޔާމީނަށް ވަރަށް ހުތުރުކޮށް މިޚާޠަބް ކޮށްފަ އެ ހެން ވެރިންގެނަން ލިޔެފައި ވަނީ ވަރަށް އިހ ހްތިރާމާއެކު. ޢެ ހެންވެ މަގާމެއް ރެޑީވީ ކަންނޭގެ.
އަޑުތަށް އިވޭގޮތުގަ މިހާރުގެ ބުރޯގެ ނޫހަށް ވަންނަނިއްޔޯ އެއީ ތެދެއްބާ؟