ޖަލުގައި ތިބި ކުދި ކުށްތައް ކޮށްފައިތިބޭ ގައިދީންނަށް ވަކި މިންގަނޑެެއްގެ ތެރޭގައި ލުއިތައް ދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެެ އެވެ.

ޖަލުގައި ތިބި ގައިދީންނަށް ލުއިދިނުމުގެ ވިސްނުމެއް ގެންގުޅުއްވާތޯ ނޫސްވެރިން ކުރިން ކޮށްފައި ހުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، އެކަން ކްލަމެންސީ ބޯޑުގެ މަޝްވަރާއާއެކު އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ކުދި ކުށްތައް ކޮށްފައިތިބޭ ބޭފުޅުންނަށް ވަކި މިންގަނޑެެއްގެ ތެރޭގައި ލުއިތައް ދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރައްވަމުން އެބަ ގެންދަވާ"."، މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝީޒާ

    ވޯޓް ހޯދަން އެންމެން ދޫކޮށްލާ

  2. އާދަމުގެދަރި

    ހެޔޮނުވާނެ ރޯދަމަހަށް ދޫނުކުރޭ. ރޯދަމަސް ނިމުނީމާ ދޫކުރާ ބަޔަކު ދޫކުރޭ.

  3. އަހޫ

    އަހަން ނަށް މި ހަބަރުގެ ލެޓިން ސުރުހީ ކިޔުނީ “ކުދި ކުއްތާތަކަށް”

  4. އުހް

    ކުޑަކުދިންނާ ގުޅުން ހުރި ކަންތަކަކީ ކުދި ކުށް ކަމުގަ ނުހަދާނެ ކަމަށް ހީކުރަން، އެކުދިން ކުޑަޔަސް.