ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި "ހިޔާ" ފްލެޓްތަކަށް ޑައުންޕޭމަންޓް ނުދައްކާ ވަންނަ ނަމަ ކުއްޔަކީ މަހަކު 7،500 ރުފިޔާ ކަމަށް ސަރުކާރުން ކަނޑައަޅައިފިއެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ޑައުންޕޭމަންޓާއެކު ކުއްޔަށް ދޭ ނަމަ އެ އަދަދު މިހާރު ކަނޑައަޅާފައިވާ 7،500 ރުފިޔާއަށްވުރެ އަގު ކުޑަވާނެ ކަމަށެވެ.

"ޑައުންޕޭމެންޓް ނުދައްކާ ފަރާތްތަކަށް، ޑައުންޕޭމަންޓް ނުދައްކާ ކުރިއަށްދެވޭނެ އޮޕްޝަންވެސް އެބަ އޮތް. އެއީ ޑައުންޕޭމަންޓް ނުދައްކާ 25 އަހަރު ދުވަހަށް ބަހާލައިގެން މަހަކަށް 7،500 ރުފިޔާ"/ އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ޑައުންޕޭމަންޓް ދައްކައިގެން ކުރިއަށްގެންދަން ބޭނުންވާ ފަރާތްތަކަށް ދެ އޮޕްޝަނެއް ދިނުން ސަރުކާރުގައި އެބަ އޮތް ކަމަށެވެ. އަދި އެ ދެ އޮޕްޝަނަކީ ކޮބައިތޯ ބެލުމަށް އެޗްޑީސީން ފިނޭންސް މިނިސްޓްރީއާއެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެހެންވީމަ ޑައުންޕޭމަންޓެއް ދައްކައިފިއްޔާ 7،500 އަށްވުރެ ކުޑަވާނެ، އެންމެ ބޮޑުވަރުވެގެން ދައްކަން ޖެހޭނީ 7،500 ރުފިޔާ ޑައުންޕޭމަންޓެއް ނުދައްކާ". އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ، އެ އަގު ކުޑަވާ މިންވަރު އެނގޭނީ ޑައުންޕޭމަންޓް ދައްކާ މިންވަރަކުން ކަމަށް ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ، މިއީ އެތަނުގެ އަސްލު ޖެހުނު އަގާއި އަޅާބަލާއިރު، ކުޑަ އަގެއް ކަމަށެވެ. އަދި މިކަމުގައި އެޗްޑީސީއަށް ތުރާ ބޮޑުވާނެ ކަމަށް އަސްލަމް ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވަނީ ހިޔާ ފްލެޓުތައް އެޅުމަށް ނަގާފައިވާ ލޯނާއި ގުޅޭގޮތުންވެސް ވާހަކަދައްކާފައެވެ.

އަސްލަމް ވިދާޅުވީ، އެ ލޯނަކީ 3.2 ޕަސެންޓް އާއި ލައިބޯގައި 10 އަހަރަށް، ދެ އަހަރުގެ ގްރޭސް ޕީރިއަޑާއެކު ދައްކަން ޖެހޭ ލޯނެއް ކަމަށެވެ.

"ޔުނިޓެއްގެ ކޮންސްޓްރަކްޝަން ކޮސްޓަކީ 2،000 ޑޮލަރު، ހިސާބު ޖައްސަވާލީމަ އެނގިވަޑައިގަންނަވާނެ މިއަށް ވަނީ ކިހާވަރެއްކަން. 7،500 އަކީ ވަރަށް ބޮޑަށް ސަބްސިޑައިޒް ކުރެވިފައިވާ އަދަދެއް،"

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. އިބުރާ

  ޝުކުރިއްޔާ ރައީސް ޔާމިން. ރ.ޔާމިން ތި އެޕާޓްމަންޓް ތައް ދޭން ހުރީ 5600 ރުފިޔާ އަށް. ނަމަވެސް އަސްލަމްމެންގެ ދޯހަޅިކަމުންނާއި ފައްޔާޒުގެ ފީކަޅާކަމުން ފްލެޓްތައް ދިނުން ދަންމާލުމުގެ ސަބަބުން ފްލެޓްތަކުގެ އަގު ބޮޑުވެގެންދިޔައީ.

  151
  4
 2. ކަނބާ

  ތީ އިންތިޚާބަށް ދަ އްކާ ދަޅަ.

  108
  2
 3. އަޖުވަދު

  7500 ރުފިޔާ 25 އަހަރުން ނަމަ އެވަނީ 2،250،000 މިލިއަން. އަސްލަމްމެން ކުރިން ދުވަހު ބުނީ އެޕާޓްމެންޓެއްގެ އަގަކީ 1.8 މިލިއަން އޭ. މިވީ ކިހިނެކޯ.

  108
  3
  • ނައިކް

   ބުރޯ ލޯނުގެ އިންޓްރެސްޓްވެސް އިނދެއޭ..ހަމަ އެކަނި އަގަށް ބަލައިގެންނެއް ނޫން ސަރުކާރުން އެތަންހަދަން ނެދި ލޯނަށް ޕޭކުރަނީ..އިންޓެރެސްޓް ފުރީ ލޯނަކުން ނޫން ތަންހެދީ..

   13
   83
   • ޓ̵̫̈́͋̒͌̐͗ު̴̢̻͙͑̇

    ތިޔަ ބުނާ އިންޓަރަސްޓަކާ އެކު ދޯ އަގުކިޔާނީ. އޮޅުވާލަން ނޫޅޭ ސޯޝަލް ހައުސިންގ އިންވެސް ފައިދާގަނޑެއް ނެދުން ބޭނުމަކީ

    71
    1
   • ބޮޑުވަރު

    ބުރޯ ލޯނުނަގައިގެން ހެދިތަނެއް ބޭނުނުކޮށް ބެހެއްޓުމަށް ފަހު އިންޓްރެެސްޓްގެ ގޮތުގައި އެރި ފައިސާދައްކަން މިޖެހުނީ ރައްޔިތު މީހާއަށް. ގައިމު އަވަހަށް މީހުން އުޅެން ދިންނަމަ .... މިމީހުންގެ މިހުންނަނީ ފިނިހަކަ ދުވެލި

    71
    1
 4. ާޒްލާ

  ރ ޔާމީން ކޮށްފަ ހުރި މަސައްކަތެއްވީމަ ހަމަ ޝުކުރިއްޔާ ރ ޔާމީން

  136
  3
 5. އެލެކްސް ބުން ބަފާ

  ވޯޓް ހޯދަން ތިވަރުގެ ބޮޑެތި ދޮގާ މަކަރު ނުހެދުމަށް ގޮވާލަން.....
  ސަރުކާރު އިސްތިއުފާ......
  އެފް.އެފް، ފްލެޓް ފެލައިލި ސަރުކާރު އިސްތިއުފާ...

  110
  2
 6. ނަސީދު

  ސުކުރިއްޔާ ރައީސް ޔާމިން ، އަދި ރައްއިތުންނައް ވިއްސްނޭނެ

  110
  4
 7. އަބްދޫ

  +ޔާމީނުގެ ސަރުކާރު ގެ ވެރިކަން ނިމުނު އިރު ވެސް ހުރި ގޮތަށް އެތަންތަންހުރީ. މަސައްކަތް ހުއްޓުވަފަ އޮތުމުގެ ސަބަބުން އަހަރެއް ލަސްވިނަމަވެސް މަސއްަކަތް ކުރިމީހުން މަސައްކަތް ނިންމަ ތަންހަވަލުކުރީ. އެމީހުންގެ ބައިނިމުނީމަ. ޔާމިނުގެ ސަރުކާރުން ނިންމަފަ އޮތީ ފިނީސިން ހުރިހާ މަސައްކަތެއްވެސް ނިންމުމަށްފަހު 6500 ރުފިޔާ އަށް ދިނުމަށް.މިހާރު ތަންމިދަެނީ އެތެރޭގެ ފިނިސިން ވެސް ނުނިންމާ. 7500 އަށް. މިއީ ރައްޔިތުން އަމިއްލަޔަށް ހޯދި ކަމެއް. މާތްﷲ އިންސާނާ އަށް ސިކުނޑި ދެއްވަފަ ވަނީ ވިސްނަފިކުރުކޮށް ރަނގަޅާއި ނުބައި ދެނެގަތުމަށް.ރަސޫލުﷲގެފާނުގެ ހަދިސް ފުޅުގަ ވަނީ މުސްލިމެއްގެގަޔަކަށް އެއްހަރަކުން ދެފަހަރު ކަށި ނުޖަހާނެ ކަމަށް.2008 ގެފަހުން ދިމަވިބަނަ ވުމަށްފަހު މިހާރު މިއީ ގައުމު ބަނަވެފައިވަ ދުވަސްވަރެއް.2008 ގަ އައި އެމްޑީޕީ ވެރިކަމުގާ ވެސް ގައުމުގަ ހުރި ހަރުމުދާ ވިއްކަންފެށުނު، މިހާރުވެސް މިވަނީ ގައުމުގެ ހަރުމުދާ ވިއްކަން ފަށާފަ.ކޮންމެ ފަރުދަކު އެމީހާގެ ނަފްސަށް ވިސްނަވާ.އަމިއްލަ އާމްދަނީ ދަށްވުމުން ހަރަދު ކުޑަނުކޮށް ގެދޮރާއި އޮޑިދޯނިފަހަރު ކިއްކައިފިނަމަ ދެންވާނީކިހިނެތް.؟

  67
  1
 8. ނާޝިޒް

  ރައްޔިތުން ހެޔޮނޔވާނެ މިސަރުކާރައް ވޯޓް ނުދޭތި...

  74
  1
 9. ލލ

  ސަރުކާރު ބަދަލް ވުމާއި އެކު އާސަރުކާރު ފުލެޓް ދެނީ އަބަދުވެސް އަގުބޮޑުކޮށް، ގާކޮށި އާއި އަރަބިއްޔާ ފުލެޓް ވެސް ހަމަ އަގުބޮޑުކޮށް ދިނީ އެމްޑީޕީ ސަރުކާރު ބަދަލްވެ ފަހުން އައިސަރުކާރުން ،ކޮންމެ ބަޔަކުވެސް ޖީބު މުއްސަދި ކުރެވޭތޯ އެބަބައްލަވާ، ހައްތާހާވެސް ފެންނަނީ ސިޔާސީ ވަފާތެރި ކެހިވެރިން !

  23
  34
 10. ޙހހހ

  ފްލެޓް މައްސަލާގައި މިސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން އެބަބުނޭ ޝަކުވާ ހުށަހަޅާށޭ ލިބޭނެޔޭ ، ހަމަ ހިތަޢްއަރަނީ އަދިވެސް ރައްޔިތުން ސަލާންޖައްސަނީތޯއޭ ، ނޫނީ މައްސަލައެއް އުޅޭކަން މިމީހުން ޤަބޫލުކުރާތީ ނޫންތީ މިބުނަނީ ޝަކުވާ ލާށޭ ، އެހެންވާނަމަ މިކަމާއި ވަކާލާތުކުރަންތިބީ މިމީހުންދޯ ،ރައްޔިތުންގެ ބަސްއިއްވަންތިބީ މިމީހުންދޯ ، މިމީހުން މިކަން ހުއްޓުވަންޖެހޭނީ

  18
 11. އާކާޝް

  ކަލޭމެންނަކީ ބުހުތާނު ދޮގު ހަދާބައެއް ކޮންސްޓަރަކްޝަން ދާޚަރަދު ހިސާބު ކުރަން އެގޭނީ ކަލޭމެނަށް އެކަންޏެއް ނޫން އެ ހިސާބު ހަދަން އެގޭ މީހުން ވަރަށް ގިނަވާނެ.ދޮގު ނަހަދާ އޮޅުވާ ނުލާ ރައްޔިތުން ނަށް، ތިއީ ބޮޑުވަރު.

  23
  1
 12. ނަޝީދު

  މިހާރުން މިހާރަށް ރައީސް ޔާމިން މިނިވަން ކޮށްފަ މިނާގާބިލް ހަރާންކޯރު ސަރުކާރު އިސްތިއުފާދީފަ ރައްކާވޭ...

  27
  3
 13. ނިކަމެތި

  ސަބަހޭ އަންނިމެނައް ތި ކޮއްމެ ފުލެޓެއް 5 މިލިޔަނައް ވިއްކާ.

  12
  4
 14. މަރީ

  ފްލެޓެއް ޖެ ހޭ އަގުގެ ޑަބަލް އަގުލާފަ ތިދެނީ. ވޯޓެއް ނުދޭނަން. ވަރަށް ސަލާމް

  22
  2
 15. ޖޫން

  ބޮޑު އަގުގަ ފެލަނީ

  20
  2
 16. ހަމީދު

  ހެޔޮނުވާނެ ތި ހެން އަހަރެމެންނަށް ނު ހަދާ

  21
  1
 17. ވޯޓޭ

  ޖެއްސުން ކުރިޔަސް މީ ބޮޑުވަރު

  21
  1
 18. ހައްވަ

  ނަޝީދު މިސަރުކާރުން މިއުޅެނީ ކީއްކުރަންތަ

  16
  1
 19. ފޯކައިދޫ އިބްރާ

  ކޮންމެހެން ޖެހޭތޯ ނެއްފެންވަރުން އުޅެން ލޯންނަގައިގެން ރިޔަލްސުޓޭޓް ބިޒްނަސް ރައްޔިތުންނަށް ބިންތައް ހިސޯުކޮއްގެން ނުދީބާއްވާފައި އަގުބޮޑުކޮއް ރައްޔިތުމީހާ ކުރާ މަސައް ކަތުން ހޯދާ ރުފިޔާކޮޅު އަތުލަން ހުކުރު ޙުތުބާގައި ވިޔަފާރިޔައް މަކަރުނަހަދާށޭ ކިޔާފައި ފޮރުވައިގެން މިދާ ބަހައްޓާފައި އަގުއަރުވައިގެން ބޮޑުއަގުގައި ރައްޔިތުމީހާ ކުރާ މަސައްކައް އަތުލާވާހަކަ ކޮބާތޯ އެކަމަ މިކަމާ ހުރިފަރަގަކީ ބިންތައް ހިސޯރުކޮއް ހަމަ އެކަނި މާލޭގެ ރައްޔިތުންނައް ނުދީ މާމަދަރިން ގޮވައިގެން ކުދި ކުދި ހޮރުހޮރުގައި އުޅެން ޖައްސާފަ މުސްސަދިންނައް ބިންތައް ދީގެން ފުލެޓްގެ ނަމުގައި ގެސްޓު ހައުސް ބޮޑުއަގުގައި ހަމަ ސަރުކާރު ތަކުންވެސް މިކުރަނީ ހަމަ މިކަން ރާވައިގެން ރައްޔިތުމީހާ ނިކަމެތިކޮއް އަޅުވެތިކުރަން އޭރުންނޫންތޯ ފަސޭހަކަމާއެކުވޯޓް ހޯދޭނީ ފުލެޓްގެ އަވާގައި ޖައްސާފައި ވެދުން

  13
  1
 20. ނަންރީތި

  7500 ރުފިޔާ 25 އަހަރުން ނަމަ އެވަނީ 2،250،000 މިލިއަން. އަސްލަމްމެން ކުރިން ދުވަހު ބުނީ އެޕާޓްމެންޓެއްގެ އަގަކީ 1.8 މިލިއަން އެހެންވީމާ ވިސް ނަވާ މިއަދަދު 7000 ގުނަ ކުރީމާ ކިހާ ވަރެއް ވާނެތޯ 2،250،000 މިލިއަން ގުނަ 7000= 157500000000 ބިލިޔަނައް އެރީ ނޫންތޯ ނިކަމެތި ރައްޔިތުމީހާ ކުރާ މަސައްކަތުން ހޯދާ މަދުލާރިކޮޅު އަތުލަނީ މިޔައް ވުރެމާ ރަނގަޅު ވަނެ ނޫންތޯ މިއަދަދައް ތޮވަރިސްތޤ އެނދު (ރިސޯޓް) ތަރައްގީ ކޮއްގެން ރުފިޔާ ހޯދިއްޔާ ސަރުކާރުތަކުން ރައްޔިތުން މިހަދަނީ ގެސްޓުންނައް ހަދައިގެން ބޮޑުއަގުގައި ފުލެޓް

  16
  1
 21. ލލ

  ހިޔާގެ 2 ރޫމް އެޕާޓް ނަންޓެއްގެ ފުލް އަގު އެބަޖެހޭ 2.5މިލިއަނަށް ވުރެ ގިނަ ރުފިޔާ 20 އަހަރުގެ ރެންޓް ޕީރިއެޑްގައި !

  16
 22. އެޖެންޑާ19

  މިކަލޭގެ މިހެން ހަދާފަ ފަހު ވަގުތު އިސްތިއުފާދޭންެޖެހޭނީ! އަލުން އެހެން ގަމާރަކު އައިސް ދިވެހިންގެ ބޮލަށް ކޮންމެވެސް އެއްޗެެކޭ ކިޔާގެން ގެނބިގެންފަ ޕޭމަންޓްތައް ނަގަންފަށާނެ! އޭރުން ބުނާނީ އަސްލަމް ކުރި ކަމެކޭ! ރައީސް ޔާމީން އޮތީ މިކަން މިހެންކުރަން ނިންމާފަައޭ! މީ އެޖެންޑާ 19ގެ ހުރި ހަރުދަނާ ސިޔާސަތު. މަރުގެ ކޮމިޝަންތަކާއި، ކަރަޕްޓް މީހުންގެ ޙުކުމްތައް ވެސް އެދަނީ ހަމަ ޢަދުލުއިންސާފުގެ ތިލަފަތުން ފަތުއަޑުކިޔާފަ އިންސާފުގެ ސާފު ހުދުކާފޫރަށް، ރައްޔިތުން މި ބައިގަނޑަށް އަދިވެސް ވޯޓް ދީ ކެނެރީގޭ ނަޝީދު ފަހަތުން އުދުހެނެްވީ ، ބޮޑުއިބިލީސް

 23. ރާއްޖެ

  3 އަހަރު ވަނީ އަގު ފައިނަލް ނުވޭ. ޢަދިވެސް މަޝްވަރާގަ.

 24. އެޗް އެމް

  ކުރިން ދީފައި ހުރި 3 ކޮޓަރީގެ އެޕާޓްމަންޓަށްވެސް ތި އަގު
  2 ކޮޓަރިއަށްވެސް 7500... އަދި އެވެސް ހަތަރު ފާރު.... ކޮބާ އިންސާފު ؟؟؟
  ބަލަ ސަރުކާރުން އިތުރަށް ސަބްސިޑައިޒް ކޮށްގެން ނަމަވެސް އަގު ތަފާތުކުރަން ޖެހޭ!!!
  2 ކޮޓަރިއާއި 3 ކޮޓަރި ތަފާތު ވާން ޖެހޭ...
  ކޮންމެހެން ނުޖެހޭ ޚަރަދަށް ދާ ހުރިހާ ފައިސާ އެއް ރައްޔިތުން އަތުން ހޯދާކަށް...

 25. ....

  ހަގީގަތުގައި ސަރުކާރަކުން ރައްޔިތުންނަށް ކަމެއް ކޮށްދޭނަމަ ދޭންވާނީ ހިލޭ....ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން އެއީ ފައިދާ ހޯދާ ވިޔަވާރިއެއްގެ އުސޫލުން ހިންގީމަ ނުވާނެ ސަރުކާރަކުން ކޮށްދޭކަމަކަށް...އެހެން ކަމަށްވާނަމަ އެޕަލް ކުންފުނިންވެސް އެދެނީ ހިދުމަތްތާ...ޔަހޫދީންގެ އުސޫލަކީ ރައްޔިތުންނަށް ހިދުމަތް ދީފަ ފައިދާ އާއި އެކު އަގު ނެގުން...އެއީ މުސްލިމުން ދަންނަ އުސޫލެއް ނޫން...މިހެން ބުނީމަ އެހެން މީހުންގެ ސިކުނޑިން ވިސްނާ މީހުން ބުނާނެ ހިދުމަތް ދޭ ނަމަ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނީ އަގު ނަގައިގެންނޭ...އެމީހުންނަށް ބުނަން އޮތީ ސަރުކާރޭ މިކިޔަނީ މުޅި ރައުސުލްމާލަށޭ...އޭގެން ހޯދައިގެން ދިނުމޭ ސަރުކާރުގެ ބޭނުމަކީ...ބަޔަކު އަތުން ލޯން ނަގައިގެން ރައްޔިތުން އެ ލޯނު ދައްކަން ޖެހޭ ގޮތަށް ދީފަ މުސާރަކައިގެން މޮނިޓާރ ކުރުމެއް ނޫނޭ ސަރުކާރުގެ މަސްއޫލިއްޔަތަކީ...ގައުމު ހިންގާނީ ގައުމަށް ލިބޭ މިންވަރަކުން...ތަރައްގީ ގެންނާނީވެސް އެ މިނަވަރުން...އިތުރަށް ބޭނުންނަމަ އާމްދަނީ އިތުރު ކުރަން މަސައްކަތް ކުރާނީ ރައްޔިތުން ނުފެލާ...ރައްޔިތުންގެ ހުރިހާ ހަރުމުދަލެއް ހަވާލު ކޮށްފަ މިބުނަނީ އެތަކެތި ބޭނުން ކޮށްގެން ރައްޔިތުންނަށް ހިދުމަތް ދޭށޭ...ރައްޔިތުން އަތުން ހިދުމަތުގެ އަގު ނަގާ ނަމަ ރައުސުލްމާލްގެ ބޭނުމެއްކޮބާތޯ...މި ގައުމު ދެން ހަމައަކަށް އެޅޭނީ ދަރަނިވެރިވެގެން ގޮތް ހުސްވީމަ...މިކަމުގައި ރައްޔިތުމީހާގެ ކުށްވެސް މިއަދު އެބައޮތް...އަމިއްލަ ފައިދާއަށް ވެރިކަމަށް ދަހިވެތިވެގެން އުޅޭ މީހުންނަށް ރައްޔިތުން މިދައްކަނީ ނުލިބޭ މިންވަރުގެ ބޮޑެތި ކަން ކަން ކުރަން...އޭނާ ވެރިކަން ބޭނުންވާތީ އެކަން ކޮށްދޭނެ ގައުމު ވިއްކާލާފަވެސް...އޭނާ ނުވިސްނާނެ ގައުމަށްވާނެ ގެއްލުމަކަށް...އޭނާގެ މަގުސަދު ހާސިލްކުރަން އޭނާ މަސައްކަތް ކުރާނެ...ރައްޔިތުން މިތިބެނީ ބޮޑު އޯކޭ ޖަހާގެން ގެއަށްއައިސް ސިޓީ އުރައެއް ދިނީމަ...އޭގަ އޮންނަނީ ދެތިން ކަރުދާސްކޮޅު...އެ އަށް ވިއްކާލަނީ ތިމާގެ ކުރިޔަށްހުރި އެތައް އާމްދަނީއަކާ ގައުމުގެ މިނިވަންކަމާ މިލްކިއްޔާތު...ތަރައްގީ މި އެދެނީ ތަހުޒީބުނުވާ މުޖުތަމައު އަކުން...އެކަން ކޮންޓްރޯލް ކުރަން ތިބި ވެރިން ތިބީ އަމިއްލަ މަސްލަހަތު ކުރިޔަށްނެރި ތަހުޒީބުގަ އަތްއަޅާ ފޮރުވައިގެން...ދެރަ ކަމުގެ ކޮޅެއްވެސް ނެތް...ހެޔޮވެރިން އަތުލަފައިގެން ތަރައްގީ ގެނެސް ނުދައްކާނެ...އެމީހުން ގެނެސްދޭނީ ތަހުޒީބުވުން...ތަރައްގީ އަކީ ތަހުޒީބުވުމުގެ ގަހުގަ އަޅާ މޭވާއެއް...ކޮންކްރިޓް ތަނބުތަކެއްނޫން....

 26. ޢަލީ

  އެޕާރޓްމެންޓެއްގެ އަގަކީ 62 ހާސް ޑޮލަރޭ އަދި ކޮންސްޓްރަކްޝަން ޚަރަދު އެއަށް އެއްކުރަންޖެހެއޭ، މިބުނަނީ ކީކޭބާ؟ ބަލަ 62 ހާސް އެވަނީ އެކުރިހާކަމަކަށް ނޫންބާ؟ އެހެންވެއްޖެއްޔާ 62 ހާސް މީ ކޮންއެއްޗެއް؟ ތަފްސީލް ބޭނުން. އަސްލަމް މެން އޮޅުވާލުންވެސް މޮޅު