ގުޅީފަޅުން ދޫކުރާ 1،200 ގޯއްޗަކީ މާލެ ރަށްވެރިންނަށް ހާއްސަކޮށް ދޫކުރާ ގޯތިތަކެއް ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މި 1،200 ގޯއްޗަކީ 700 ފޫޓުގެ ބިންކޮޅުތަކެއް ކަމަށެވެ.

"ގުޅީފަޅަކީ ޕްރައިމެރިލީ ޕޯޓް ސިޓީއެއް، މި ޕޯޓް ސިޓީއަށް 1،200 އާއިލާއަށް އަޅުގަނޑުމެން މި ބިން ދިނުމަށް ނިންމާފައި ވަނީ". މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މި 1،200 ގޯތި ލިބޭނީ ސީދާ މާލެ ރައްޔިތުންނަށް ކަމަށެވެ.

"ސަރުކާރުގެ ވިސްނުން ހުރީ އެއީ މާލޭގައި ކުދިތަންކޮޅެއް އޮތް ފަރާތަކުން އެތަން ދޫކޮށްލާފައި މި ގުޅީފަޅަށް ބަދަލުވުމުގެ ވިސްނުން ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށްގެން މިކަން ކުރިއަށްގެންދިއުމަށް، ހަމަ ސީދާ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެނ އޮތް 1،200 ބިންކޮޅުގެ ވާހަކަ އަޅުގަނޑު މި ދައްކަވަނީ". އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ނާދިރާ

    ކައުންސިލް އިންތިހާބަށް ނުފޫޒް ފޯރުވުން

    24
    • ޒައިކް

      ގުޅީ ފަޅަކީ މާލޭގެ އިޙްތިސާސްގަ ވެސް ހިމެނޭ ތަނެއްނޫން.. މި ކ އަތޮޅުގެ އެހެން ރައްތިރުންގެ ހައްޤުތައްކޮބާތޯ މި އަތޮޅުގެ ހުރިހާ ފަޅާކާ ފަޅުރަށްތަކެއް ހަމައެކަނި މާލޭ މީހުންނަށް ބިން ދީ ހުސްކުރަންޏާ؟؟ ރާއްޖޭގެ ކޮންރަށެއްގެ ބިން ފުރުނީމަތަ ޖެހިގެން އިތް ފަޅުރަށާ ފަޅުތައް އެރަށަކަށް ދިނީ؟؟

      2
      2
  2. ތިޔަހެން ނުހައްދަވާށަ އިނގޭތޯ ވެރީސޮރީ!

    ތިއީކީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ! ހައްދަވަންވީ ގޮތަކީ މިހާރު ތަޞައްވުރުގައި އޮތް އެކަމަކު މަސައްކަތް ނުފަށާ، ހުޅުމާލޭގެ ފްލެޓް ބިލްޑިންގތައް ގުޅީފަޅަށް ބަދަލު ކުރައްވައި، މާލޭ ރައްޔިތުންނަށް ތި ޚާއްޞަ ކުރެއްވެވި 1200 ގޯތި ހުޅުމާލެއިން ދޫކުރާ ގޮތަށް ހައްދަވަންވީ އެވެ. ސަބަބަކީ ރައީސް މައުމޫން ހުޅުމާލެ ހިއްކީ މާލޭ ރައްޔިތުންނަށް ކަމަށް ވާތީއެވެ. އަތޮޅުތެރޭން މީހުން ގެނެސް އަޞްލު މާލޭގެ ރައްޔިތުންގެ ޙައްޤުން މަޣްރޫމް ކުރައްވަން ނޫންކަމަށް ވާތީއެވެ.

    20
    12
    • ނައިކް

      މާލެއަށް ފައިސާ އޮއްސި ވަރަށް އަތޮޅުތެރެއަށް އޮއްސިނަމަ ނާންނާނެ ދޯ މިތަނަކަށް.. ދެން އެހެން ނޫނަސް މާލޭ މީހުންނަށް ބިން ދީދީ މާލެ އެއިތީ ކަނޑާޖެހެންދެން ހިއްކާ ނިމިފަ.. ދެން މި ކ އަތޮޅުގެ ހުރިހާ ފަޅަކާ ފަޅުރަށެއް މާލޭ މިހުނަށް ދޭންވީ ހަމަ؟؟ އިޒުރޭލު މީހުންނަށްވުރެއް ނުބައެއްނު މުޅި ޤައުމު ހިފަނީ ފަހަތައް މާލެ ލާފަ.. ދުވަސްކޮޅަކުން އައްޑޫގަމަށް ވެސް ގަންމާލެ ހއ ތުރާކުނަށް ތުރާމާލެ ކިޔާ ދަރަޖައަށް ދާނެ.. ދަންނާތި މި މާލޭގެ 70 ޕަސެންޓަކީ އަތޮޅުތަކުން އައިސް ވަޒަންވެރިވެ ދިރިއުޅޭ މީހުން އެ މީހުން ލަނޑާނެ ވަރަށް ތަދުވާނެ ތިޔަ އަޅަނީ ސީދާ ޅައެއްޗެއް..

      3
      3
  3. ކާހިނު

    މިހާރު ކުދި ތަންކޮޅު އޮތް ފަރާތްތަކުން އެތަން ތަން ބައި ބައި ކޮަށް 10 މީހުންގެ ނަމަށް ބަދަލު ކޮށް ކޮންމެ މީހަކު ގޯއްޗެއް ނަގަނީ. މީ ކުރީފަހަރުވެސް ހިންގި ޖަރީމާއަކީ.

    20
    3
  4. ޖަނާޒާ

    މީ މަގޭ ރާއްޖެ! ކޮންމެ ދިވެހިރައްޔިތަކަށް ގޯތީ ލިބެންޖެހޭ! މާލޭ މީހުންކައިރިގައި ކާޚުހޭ ބުނީ އަތޮޅުތެރެއިން ގޯތި! ނުނަގާށޭ ހައްޤތައް ހަނިނުކުރޭ

    22
    5
    • ާއަހުމަދު

      މާލޭމީހުންނަށް ރައްރަށުންގޯތިލިބޭ

      ރައްރަށު މީހުންނައް މާލެއިން ގޯއްޗެއް ނުލިބޭ
      ހަމަހަމަކަން ކިހާ ސަޅި

      3
      4
  5. ފިރާސް

    އަތޮޅުތެރެއިން މާލޭ މީހުންނަށްވެސް ގޯތިދެންޏާ އަތޮޅުތެރޭ މީހުންނަށް މާލެއިންވެސް ދޭންވީ. ރަށުގައި ރަށުމީހުންނަށް ދޫކޮށްފައޭ މާލޭ މީހުންނަށް ދެނީ ބުނެވެންޏާ، މާލެގައިވެސް އެހެން ބުނެވެންވާނެ. މާލޭ މީހުންނަށް ދޫކޮށްފައޭ އެހެން މީހުންނަށް ދެވޭނީ. އިންސާފަކީ އިންސާފު

    1
    3
  6. ސުވާލެއް

    3 ކޮޓަރީގެ އެޕާރޓްމަންޓްވެސް އެންމެ ފަހުގެ ސަރުކ ކާރުން ދީފައި އެހުރީ 500 7 ރުފިޔާއަށް. ދެން ކީއްވެބާ 2 ކޮޓަ ރި ވެސް ހަމަ 500 7 ރުފިޔާ އަށް. އޯގާތެރިކަމުންގޮސް ހަންގޮއްސަ .

    4
    1
  7. އާކާޝް

    ރާއްޖޭގެ ވަކިބަޔަކު އިސްތިސްނާ ވާގޮތަށް ތިކަން ކުރުމަކީ ވަރަށް ބޮޑު ޖަރީމާއެއް، ދިވެހިރައްޔިތުން ގެ އަތުން ނަގާ ޓެކްސް ފައިސާ އާއި ރައްޔިތުން ޒިންމާވާ ގޮތަށް ނަގާލޯނުތަކުން ޚަރަދު ކޮށްގެން ހިއްކާ ތަރައްޤީ ކުރާ ބިމުން އެއްވެސް މީހަކު މަޙުރޫމެއް ނުކުރެވޭނެ.ރައްޔިތުން ވިސްނެވުން މުހިންމު.

    2
    3
  8. Anonymous

    މާލޭމީޙުންގެ މިލްކަކަށް ގުޅީފަޅު ވަނީ ކޮންގޮތަކުން؟؟ އަހހަރެންގެ ރަަށްވެސްފުރި ގޯތިދެނެތަނެއްނެތް. ބިން ހުސްވެ ގޯއްޗެއްނުލިބި މި ހުރީ. މަށަށްކީއްވެ ގުޅީފަޅުން ގޯތިނުލިބެންވީ މާލޭމ

    3
    3
  9. މޫސަ

    ގުޅީ ފަޅު ތަރައްޤީ ކުރަނީ ހަމަ އެކަނި މާލޭ މީ ހުންގެ ފައިސާއަށްތޯ؟

    4
    2
  10. ލލ

    ނަސްލީ ތަފާތު ކުރުމެއް ޤާނޫނު އަސާސީޔާއި ހިލާފު ޢަމަލެއް ! ދިވެހިރާއްޖެ ކޮންމެ ތަނަކުން ވިޔަސް ދިވެހިންނަށް ގޯތި ލިބެންވާނެ ބޯހިޔާވަހިކަން ލިބެންވާނެ!

    1
    1
  11. އެޗް އެމް

    ރައްޔިތުންގެ ފައިސާއިން ހިއްކާ ތަނެއް މާލޭގެ މީހުންނެކޭ އެހެން މީހުންނެކޭ ވާންޖެހޭނީ އެއްވަރު...

    1
    1
  12. ކަލާކޯ

    ތިޔަތާ އުޅެން ހެޔޮ ނުވާނެ، ތިލަފުށިން އަރުވާ ދުމުން މުޅި މާޙައުލު ތަޣައްޔަރު ވެފަ، ދިރި ހުރުމަށް އެންމެ މުހިއްމު އެއް އަސާސް، ތާޒާ ވައި، ކޮންތާކުން އަންނަ ވިސްނުމެއްބާ