ފްލޯޓިންގ ސިޓީއަކީ މުއްސަނދި އާއިލާތަަކަށް ހާއްސަތަނެއް ކަމަށާއި، ދަށް އާއްމުދަނީ ލިބޭ މީހުންނަށް އެތަން އަގު ބޮޑުވާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އަޅާ ފުރަތަމަ ފްލޯޓިންގ ސިޓީއެއް އެޅުމަށް މަޝްރޫއު އިފްތިތާހް ކޮށްފައި ވަނީ މާރިޗް 14 ވަނަ ދުވަހު އެވެ. އެ މަސައްކަތް ކުރިއަށްގެންދާނީ ހޮލެންޑުގެ ޑަޗް ޑޮކްލޭންޑް ކުންފުނިންނެވެ. މި ސިޓީ އަޅަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައެވެ.

މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ފްލޯޓިންގ ސިޓީ އެޅުމަށް ޑަޗް ޑޮކްލޭންޑް ކުންފުނިން މަަސައްކަތްތަކެއް ކުރަމުންގެންދާތާ ދުވަސްތަކެއްވެފައިވާ ކަމަށެވެ.

މިއީ ޕްރައިވެޓް ކުންފުންޏަކުން ކުރާ މަސައްކަތެއް ކަމަށްވާއިރު މިއީ ސަރުކާރު މަޝްރޫއެއް ނޫން ކަމަށާއި، މިއީ މެދުފަންތިން ފެށިގެން މަތީގެ އާއިލާތަަކަށް ގަނެވޭނެ ވަރުގެ ފްލެޓްތައް ހުންނަ ތަނެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މިއީ މެދުފަންތިން ފެށިގެން މަތީގެ އާއިލާތަކަށް މިތަނުގައި ފްލޯޓީންގް ޔުނިސްޓްސްތައް އެފޯޑް ކުރެވޭނީ، އެހެންވީމަ މިއީ އެންމެ އާއްމުދަނީގެ ގޮތުން ފަގީރު އާއިލާތަަކަށް މި ޔުނިޓްތައް އެޕްރޮޕްރިއޭޓްއެއް ނުވާނެ".

މިއީ ރާއްޖޭގައި އަޅާ ފުރަތަމަ ފްލޯޓިންގ ސިޓީއެވެ. އެ ސިޓީ އަޅާ ކުންފުނިން ބުނާގޮތުގައި އެތަން އެޅުމުގެ މަސައްކަތް ސެޕްޓެމްބަރު މަހު ފެށިގެން ދާނެ އެވެ.

އެ ސިޓީގެ ހަދާފައިވާ ކޮންމެ ގެއެއްގައި 900 އަކަފޫޓާއި، 1500 އަަކަފޫޓާއި ދެމެދުގެ ބޮޑުމިން ހުންނާނެ ގެއެެެކެވެ. އަދި ކޮންމެ ގެއެއް ހުންނާނީ ދެބުރިއަށް ހަދާފައެވެ. އަދި ކޮންމެ ގެއެއްގައި ޓެރެސްއެއްވެސް ހުންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ދިވެހިސޮރު

  ފަގީރުން ނަކަށް ދެން މިގައުމުގަވެސް ނޫޅެވޭނެ

  23
 2. ޓިނު ދޮންބެ

  ތިނޫން ތަނެއް މި ރާޢްޖޭގަ އެބަ އޮތްތޯ ގައުމުގެ މުއްސަނދިކަން ވަކިބަޔަކަށް

  24
  1
 3. ނަޭނގެ

  އިނގޭ އެންމެ ފުރަތަމްވެސް ތިތަނުން ލިބޭނީ ނުފޫޒު އޮތް ބޭފުޅުންނަށް އެކނިކން

  26
  1
 4. ބޯކިބާ

  މަބުނީ، ތިމާވެއްޓާ ހިތާވާން މާލޭ އެކިގޭގޭމީހުނަށް ތިފަޅުގަ ފުލޯޓިން ގެދޮރު ހަދާފަ ޖެހިގެންއޮތް ފަޅު ހިއްކާފަ ޕިކުނިކުދާ ރަށެއް ހެދީމަ ދެކޮޅު އެބަދިމާވޭތަ.

  14
  1
 5. ހުސޭނުބޭ

  ބަލަގަ މިހާރު ގާފަރު ފަޅުގައި ހެދި ވިންޑް ފާމުން ކަރަންޓް އުފައްދާ އިތުރުވީތޯ!
  މިއުޅެނީ އަތާ އަގަޔާ ދިމާނުވެގެން
  ބައިތުލްމާލު ވަނީ ވަގަށް ކައި ހުސްކޮށްފައި
  އއްޗެއް ނެތެގެން ބޭނުން އެކައުންޓްތަކުގައުި ހުރި ޑޮލަރުކޮޅުވެސް ހިފަހައްޓާފި
  ގުދަށްއޮވެގެންތަ ފްލޯޓިން ސިޓީ އަޅާނީ!

  18
  1
 6. ސެލްފިޝް

  ޤާރޫނުގެމުދަަލަށް ވީހެން ނުވިއްޔާ ރަނގަޅު

 7. ބޯގޯސް

  ތިޔަ ތަނެއް ހެދިގެނެއްނު މުއްސަނދިންނައް ވެސް ދެވޭނީ ބޯބުރަންތި އަސްލަ މު ރައްޔިތުން ގުނބޯހެއްދު މުގެ މަރުވަންދެން ދެ މިތިބެންވާނެ ތިޔަބައިގަނޑު

 8. ޓަކަފިރޯށި

  ބޯހިޔާ ކޮށްލާނެ ތަނެއް ނެތިގެން މިއުޅެނީ އަހަރެނެމް ނިކަމެތި ފަގީރުންނަށް! މާލޭ ބިންވެރި ލާރިވެރިންނަކަށްނޫން! އެމިހުނަށް މިހާރުވެސް ތަފާތު ފުރުސަތުތަށް އެބަހުރި! ވީމާ ތީކީ ބޯހިޔާވަހިކަން ނެތި ހަދާނެގޮތް ހުސްވެފަތިބި ނިކަމެތި ރަށްޔިތުންނާ ބެހޭކަމެއްނޫން ތިކަމަކާ އަހަރެމެން ކުރާނެ އުފަލެއްނެތް! އަދިކީތް ކުރަނީ ހިތާމަ އަންނަނީ އިންތިހާއަށް ރުޅި!

 9. އެމަންޖެ

  މޑޕ ގެ ކޮންމެ މީހަކައް ތިތަނައް އެފޯޑް ވާންޖެހޭނެ އެހެންނޫނީ ނޯ ވޯޓް.

 10. ުތރެ

  ބިލިޔަނުން ބިލިޔަނުން ބޭކާރު ހަތަދުކޮށް އަދިވެސް މުއްސަނތި މަހުޖަނުން ހިތް ހަމަޖެއްސޭތޯ ބަލާ. ފަގީރުން އެމީހުންގެ ހަފިމުންގެ ގޮތުގަ ބައިތިއްބާ. އެމީހހުން ގެ އެޕާޓްމަންޓްތަކުގަ ކުއްޔަށް ބައިތިއްބާ. ބލއނމދނ

 11. އޯގާތެރިވޭ

  މިއީ ޕްރައިވެޓް ކުންފުންޏަކުން ކުރާ މަސައްކަތެއް ކަމަށްވާއިރު މިއީ ސަރުކާރު މަޝްރޫއެއް ނޫން ކަމަށާއި، މިއީ މެދުފަންތިން ފެށިގެން މަތީގެ އާއިލާތަަކަށް ގަނެވޭނެ ވަރުގެ ފްލެޓްތައް ހުންނަ ތަނެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. ބަލަ ތިޔަކިޔަނީ އެއްލަވަޔެއް އެއްކޮޅުން ހުތުބާގައި މުދާފޮރުވައިގެން ބަހައްޓާފައި އެމުދާ އަގުއަރުވައިގެން ނުވިއްކާށޭ މިހާ ތަދު އިރެއްގަ ކިޔާފަ ބިންތައް ހިސޯރުކޮއް ނުދީފަ ދަތިކޮއްފައި ފުލޮޓިންނާ އަންޑަވޯޓިން ހައުސް އަޅައިގެން ބޮޑުއަގުގައިވިއްކުންނޫން ކަމެއް ކުރަން އެނގޭތޯ ތިޔަބޭފުޅާ ތިޔަވަރުގެ މުއްސަންޖަކައްވީ ހަމަ ސަރުކާރުގެ މަތީވަޒީފާއެއް ލިބުނުފަހުންނޫންތޯ މީއެންމެން ދައްނަ ސިއްރެއް ވެދުން

 12. މަހުޖަނުން

  އެތަނުން ގެ ގަންނާނީ ހުސް އެމްޑީޕީ މީހުން. މިސަރުކާރުގެ އެކި މަގާމުތަކަށް ލައިގެން ފުރާލާފަވާ އެޕާޓީގެ މީހުން މިވެރިކަމުގަ ކާލާނެ ފައިސާތަކުން.

 13. ކަލޯ

  ކަމެއް ދަމެއް ޖެހިގެން ފުލުހުން ތިތަނަށް އެޓެންޑް ވާނީ ކިހިނެއް؟ މި ކޮމެންޓް ޖަހާކަށް ނުކެރޭނެ ބިރުން