މަނީ ލޯންޑްރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދި އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފިއެވެ.

އިދިކޮޅު އިސްބޭފުޅުން މިިއަދު ވަނީ ރައީސް ސޯލިހްއާ ބައްދަލުކުރައްވާފައެވެ.

އިދިކޮޅު ކޯލިޝަން އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން މިއަދު ރައީސް ސޯލިހާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މިއީ އިދިކޮޅު ކޯލިޝަނުން އެދިގެން ބޭއްވި ބައްދަލުވުމެކެވެ.

ހީނާ ވިދާޅުވީ، މި ބައްދަލުވުމުގައި ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ ކަންބޮޑުވާ ކަމެއް ކަމާއި، އެންމެ ކުޑަމިނުން ރޯދަ މަހަށް އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށެވެ.

އަދި އެމަނިކުފާނު ގެެއަށް ބަދަލުކޮށްދެއްވުމަށް ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން ހުރި ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ހީނާ ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮކި

    އުބައްޖެހުނީ ދޯ

    1
    11
  2. ގަޔްދު

    ރައީސް ޔާމީންއަކީ ކުއްވެރިއެއްނޫން އެމަނިކުފާނު އެހެރީ ނުހައްގުން ފާސިގުންގެ ހެކިބަސްނަގައިގެން ޖަލައްލާފަ އަދި އެކަން އެއްފަރާތުގައޮއްވާ ރިޔާސީ ވައުދަކައްވެސްވާތީ ޖަލައް
    ލާފަހުރީ ގެޔަކައްނޫންބަދަލުކުރަންވީޔަކީ ރައީސްޔާމީން މިނިވަންކުރަންވީ

    12
  3. ހަކުރޭ

    ޝައުރީނިޒާމުގެތެރެއަށް ވަދެ އެތަން ފެލައިލައިފި ހޯރައިއްބެއަލީވަހީދު އަދީބާއި ޒިއަތު ކުއްވެރިނުވާތީ ފޮރުވީ ކިހާވަޢުދެއްތަ ނުފުއްދައިއޮތީ ވެންޓިލޭޓަރވަގުުންކޮބާއެއީވައުދެއްނޫންދޯ