ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލި މަގު (ހައިވޭ)ގައި ފުލުހުންގެ ވެހިކަލަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، ބްރިޖުން ފައިބައިގެން ހުޅުމާލެއަށް ދާން އަޮންނަ ސަރަހައްދުގައި ހުންނަ ޓްރެފިކް ލައިޓަށް މަޑުކޮށްގެން ހުރި ސައިކަލެއްގައި ފުލުހުންގެ ވެހިކަލެއް ޖެހި އެކްސިޑެންޓެއް ވެފައިވާ މައްސަލަ މިރޭ 19:20 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ

އަދި މި އެކްސިޑެންޓްގައި ސައިކަލުގައި އިން މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ މީހާއަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވެއެވެ.

އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓްގައި ހިމެނޭ ދެ އުޅަނދުވެސް ދުއްވާފައި ވަނީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު