ކ. ހުރާ އިން އިތުރު 11 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 161 އަށް އަރާފައެވެ.

އެރަަަށުން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 29 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން އެރަށުގައި މިހާރު ކޮވިޑް ޖެހިފައި މިހާރު ތިބީ 132 އަށް އަރާފައެވެ.

ހުރާ ހެލްތު ސެންޓަރުން ބުނީ އެރަށުން މިހާތަނަށް 779 މީހެއްގެ ސުންކު ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް 576 މީހެއްގެ ސުންކު ވަނީ ނައްސި ވެފައެވެ. އަދި މިހާތަނަށް ނަތީޖާ ނުލިބޭ 42 ސުންކު ވެސް އެބައޮތް ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދެއެވެ.

ހުރައިން މިހާރު ފައްސިވަމުން އަންނަނީ ކުރިން ކޮވިޑަށް ފައްސިވި މީހުންނާއި ބައްދަލުވެފައިވާ މީހުންނެވެ. އެހެންކަމުން އެރަށުގެ ހާލަތު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ބެލެވެއެވެ.