އިއްޔެ އައްޑޫ ސިޓީ ހިތަދޫ އިން ކޮވިޑް-19 އަށް ފައްސިވި މީހަކާއި ދިމާވެފައި ވާތީ ޝަރަފުއްދީން ސްކޫލްގެ ބައެއް ދަރިވަރުން ގޭގައި އެކަހެރިވެގެން ތިބެން އަންގައިފިއެވެ.

ޝަރަފުއްދީން ސްކޫލުން ބުނީ އިއްޔެ ކޮވިޑަށް އައްޑޫން ފައްސިވި މީހާ ކަރަންޓީނު ގަވާއިދާ ހިލާފަށް އާންމު މީހުން ގޮސް އުޅޭ ތަންތަނަށް ދިޔުމުގެ ތެރޭގައި އެ ސްކޫލްގެ ބައެއް ދަރިވަރުންނާއި ކޮމިއުނިޓީ ތެރެއިން ދިމާވެފައިވާތީވެ، އައްޑޫ ހޮސްޕިޓަލުގެ ލަފަޔާއި އެޑިއުކޭޝަން މިނިސްޓްރީގެ އިރުޝާދުގެ ދަށުން ގޭގައި އެ ދަރިވަރުން ހޯމް އައިސޮލޭޝަނުގައި މަޑުކުރުމަށް އަންގާފައިވާނެ ކަމަށެވެ.

އިއްޔެ ކޮވިދަށް ފައްސިވި މީހާ އާއި ގުޅިގެން އޭނާ އާއި ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގެ ފަރާތުން ކުރިއަށްގެންދާކަން އެ ހޮސްޕިޓަލުގެ ފަރާތުން އަންގާފައިވާ ކަމަށްވެސް އެ ސްކޫލުން ބުނެއެވެ.

"ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދިޔަ ކަމުގައިވިޔަސް އާއްމު ހާލަތާއި އެއްގޮތަށް ސްކޫލްގެ ކިޔެވުން އޮންނާނެ" ޝަރަފުއްދީން ސްކޫލުން ބުންޏެވެ.

އިއްޔެ އައްޑޫން ކޮވިޑަށް ފައްސިވި މީހާ ކަރަންޓީންގެ އުސޫލާއި ހިލާފުވެފައިވި ނަމަވެސް ހިތަދޫ މޮނިޓަރިންއަށް ލުން ފަދަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝީޒާ

    ތިކަމުގެ ޒިންމާ ކަރަންޓީނާއި ހިލާފުވި މީހާ ނަގަންޖެހޭނެ. އޭނަޔާ ދޭތެރޭ ފިޔަވަޅު އެޅެންޖެހޭނެ.

    1
    1