އިދިކޮޅު ސަރުކާރެއްގައި 90 ދުވަހުގެ ތެރޭގައި ޓެރަރިޒަމްގެ ގާނޫނު އުވާލާނެ ކަމަށާއި އެ ގާނޫނުގެ ދަށުން ޖަލަށްލާފައި ތިބި އެންމެންނަށް މައާފު ދޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ސުއޫދު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނު ބޭނުންކުރަމުން އަންނަނީ ސިޔާާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށާއި ހަގީގީ ޓެރަރިޒަމްގެ އަމަލުތަކަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނުލް އުގޫބާތު އޮތުމުން ޓެރަރިޒަމްގެ ގާނޫނުގެ ބޭނުމެއް ނެތް ކަމަށެވެ.
"އަހަރެމެން އެދޭ ވެރިކަމެއްގެ ފުރަތަމަ 90 ދުވަހުގެ ތެރޭގައި ޓެރަރިޒަމްގެ ގާާނޫނު އުވާލެވޭނެ. އެ ގާނޫނު ބޭނުން ކުރަމުން އަނަނީ ހަމައެކަނި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި." ސުއޫދު ވިދާޅުވިއެވެ.
މީގެ އިތުރުން އެފަދަ ވެރިކަމެއްގެ ފުރަތަމަ ދުވަހުން ފެށިގެން ޓެރަރިޒަމްގެ ގާނޫނަށް އަމަލު ކުރުން ހުއްޓާލާނެ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ. އަދި މިހާތަނަށް އެ ގާނޫނުގެ ދަށުން ޖަލަށްލާފައިވާ ފަރާތްތަކަށް މައާފް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
2015 ވަނަ އަހަރު ޓެރަރިޒަމްގެ ގާނޫނު ފާސްކުރި ފަހުން އެ ގާނޫނުގެ ދަށުން ސިޔާސީ އެތައް ފަރާތްތަކަށް ދައުވާކޮށް ޖަލަށް ލާފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން އެކެއް ފެބްރުއަރީގެ ހުކުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ދަނީ ޓެރަރިޒަމްގެ ދައުވާ ކުރަމުންނެވެ.
ޓެރަރިޒަމްގެ ގާނޫނު އުވާލާނެ ކަމަށް ވިދާޅުވެ ސުއޫދު ޓްވީޓު ކުރައްވާފައިވާއިރު މީގެ ކުރިން އޭނާ ކުރި ޓްވީޓެއްގައި ވަނީ އިދިކޮޅުގެ ސަރުކާރެއްގައި ސިއްރު ހެކިންގެ ހެކިބަސް ނެގުންވެސް މަނާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ވެރިކަމަށް އަރަންވެގެން ކޮސްގޮވަނީ ޓެރެރިޒަމާ ދެކޮޅު
ސޫދުގެ ބޭބޭ އުއްތަމަ ފަޑިޔާރު އަބްދުﷲ ސައީދު ބަންދުން ދޫކުރުވަން ކުރުވާން ބޭނުންވާ ކަންތައްތައް
ބޭފުޅާ ހަމާގަތޯ
ސުއޫދު ވަރެއްނެއް
ސު އޫދު ދެންނެތްތަ އުވާލާނެ އެއްޗެއް. ދުވަސް ކޮޅަކުން ދީންވެސް ކަމުދާ އެއްޗަކަށް ނުވެގެން އެވެސް ޖެހޭނެ އުވާލަން. އޭރުން ފުރިހަމަ ވާާނީ
ސުއޫދުތަ ދެން ވެރިކަމަށް އަރަނީ ؟؟ އެހެންނޫނަސް އުއްތަމަ ޖަލަށޤލީމަ ސުޢޫދު ވަރަށް އުފާވާނެ އެއީ އުއްތަމަފަނޑިޔާރުކަމަކީ ސޫދު އެންމެ ބޭނުންވާކަންތައް ... ގާނޫނުގެ ދިގުއަތް ފޯރުވާނަމޭކިޔާފަ އެއަތް ނުފޮަރުވުނުމީހަކަށް ކޮން ގާނޫނެއްއުވަލެވޭނީ..
ދެން ޓެރަރިޒަމެއް ނޯންނާނެ ދޯ. އޭރުން ޕްރޮމޯޓްކޮށްގެން މީހުން ވަގަށްނަގައި މަރާހެދޭނެ. ޕާޓޭ ގްރޫޕްތަކުން މީހުން މަރާދޭކަމަށް ނޫސްތަކުގައި އިސްތިހާރު ޖަހާނެދޯ!............. އަސްލު މިސޮރު ބަންޑާރަނައިބުކަމުން ދުރުކުރަން ޖެހުނީވެސް ބޮލަށް ބޭސްކުރަންޖެހޭތީ!
ހުރިހާ ޤާނޫނު ތަކެއް އުވާލާ ކޯޓު ތައް އުވާލަންވީ ނޫންތޯ؟
އަހަރުމެން އެދޭ ވެރިކަމެއްގަ ފުރަތަމަ ދުވަހު ސޫދު ކަހަލަ ހުރިހާ ވަކީލުން އުވާލަން. މިބުނީ ކޯޓުގަ ވަކާލާތު ކުރުމުގެ ބަދަލުގައި ޓީވީ ޕްރެސްޓަރ ކަން ކުރާ ނުވަތަ ސިޔާސީ ވަކީލުން
އުވާލަން ޖެހޭނީ..ސޫދު ތިއީ ޗޮކިން ޗޮކިން