22:34

މިއަދު ކޮވިޑަށް ފައްސިވީ 113 މީހުން.

22:21

ކޮވިޑް-19 އަށް މިއަދު ފައްސިވި މީހުންގެ އަދަދު އަދި އިއުލާނެއް ނުކުރޭ. ފައްސިވި މީހުންގެ އަދަދު އިއުލާން ކުރާނީ މިހާރު ފަށަން ތައްޔާރުވަމުންދާ ނޫސްވެރިންގެ ބައްދަލުުވުމުގައި.

19:17

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި އަލަށް ޖަހަން ފަށާ ފައިޒާ ވެކްސިން ދިނުން އާދިއްތަ ދުވަހު ފަށާނެ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވިދާޅުވެއްޖެ

17:32

ކަރަންޓީން ނުވެ ވޯޓުލުމަށް ރާއްޖޭގެ ކޮންމެ ރަށަކަށް ދެވޭގޮތް ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ)އިން ހަދައިފި

13:58

ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން ފައިޒާ ވެކްސިން ޖެހިތާ ދެ ހަފްތާ ނުވަނިސް މަރުވި ފްލޮރިޑާގެ ޑޮކްޓަރުގެ މަރަކީ ގުދުރަތީ މަރެއްގެ ގޮތުގައި ކަނޑައަޅައިފި.

13:36

ދ. ކުޑަހުވަދޫ އާއި ދ. މީދޫގެ މޮނިޓަރިން ހާލަތު އުވާލައިފި.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހޭ އާބާދީގެ ގާތްގަނޑަކަށް %60 އަށް މިހާރު ވަނީ ވެކްސިން ޖަހާފައެވެ. ނަމަވެސް އަދިވެސް ކޮވިޑް ފެތުރުން މަދުވަމުން އަންނަކަމެއް ތަފާސް ހިސާބަކުން ފާހަގައެއް ނުކުރެވެއެވެ. މިއަދު ވެސް 138 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދު މާލެ އިން 84 މީހަކު ކޮވިޑަށް ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 44 މީހުން މިއަދު ފައްސިވިއެވެ. ރިސޯޓްތަކުން ފައްސިވި އަދަދު މިއަދު ވަނީ ދަށަށް ގޮސްފައެވެ. މިއަދު ރިސޯޓްތަކުން ފައްސިވީ 06 މީހުންނެވެ. އިންޑަސްޓްރިއަލް ރަށްތަކުން މިއަދު 04 މީހަކު ކޮވިޑަށް ފައްސިވިއެވެ.

ކޮވިޑަށް ފައްސިވެފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު މިއަދު ވަނީ 88 އަށް އަރާފައެވެ. އިއްޔެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 73 މީހުންނަށެވެ.

ދުނިޔޭގެ ހާލަތައް ބަލާއިރު އިންޑިއާ އާއި އެމެރިކާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އޮކްސްފޯޑް އާއި އެސްޓްރާޒެނެކާގެ ވެކްސިނާއި ގުޅިގެން އީޔޫގެ ކަންބޮޑުވުންތައް ވެސް މިހާރު ވަނީ އިތުރުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަރުނު

    60 ޕަސެންޓް ހިސާބު ތިކުރީ މިރާއްޖޭގެ މީހުންގެ ކޮން އާބާދީއަކަށް ނިސްބަތްކޮށް.؟ ތިވެކްސިން ޖެހި ގިނަ މީހުންނަކީ ބިދޭސީން. މިގައުމުގަ އެމީހުންގެ އާބާދީ ދެނެގަނެވި ފައިވާ އިންސާނަކު ހުރިހެން ހިއެއް ނުވޭ. މިގައުމުގައި ދިރިއުޅޭ ދިހައިން ސައްތަ ވެސް ޖަމާވާނެ ކަމާ މެދު ޝައްކު. ޝުކުރިއްޔާ ތިޔަ ތަފާސް ހިސާބަށް.