ޤައުމުގެ ހުރިހާ މުއައްސަސާތަކުގެ މެޖޯރިޓީ އަކީ ޖާހިލުންނަށް ކަމަށާއި މިޙާލަތު ބަދަލުކުރުން އުއްމަތުގެ މައްޗަށް ވާޖިބުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ.އަހުމަދު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ހިންގި އަމަލުތަކުގެ ވީޑިއޯ އާއްމުކޮށް މީހަކު ކުރި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.

އާދަމް ޝަރީފް މަޖިލީހުގައި ވާހަކަދައްކަވަމުން ގެންދަވަނިކޮށް ހަސަންޓޭ ވަނީ ކޮޅަށް ތެދުވެވަޑައިގެން އާދަމް ޝަރީފްގެ ވަރަށް ކައިރީގައި ހުންނަވާ އަޑުގަދަ ކުރައްވާފައެވެ. ހަސަންޓޭ ހުއްޓުވަން މަޖިލީހުގެ ރިޔާސަތުން އެއްވެސް ކަމެއް ނުކުރައްވައެވެ.

ޑރ.އަހުމަދު ވިދާޅުވީ ވައްކަމާއި ފަސާދަ އިން ދައުލަތުގެ ގުނަވަންތައް ކިލަބުވެއްޖެ ކަމަށާއި އަނިޔާތަށް އިންތިހާއަށް ހިނގައްޖެ ކަމަށެވެ. ދައުލަތުގެ ވަލިއްޔުލްއަމްރު ވަނީ ދައުލަތް ހިންގަން ނުކުޅެދިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޤައުމުގެ ހުރިހާ މުއައްސަސާތަކުގެ މެޖޯރިޓީ އަކީ ޖާހިލުންނަށް ވީމާ، އުއްމަތުގެ މައްޗަށް ވާޖިބުވާނެ މިޙާލަތު ބަދަލުކުރުން؛ ވައްކަމާއި ފަސާދަ އިން ދައުލަތުގެ ގުނަވަންތައް ކިލަބުވެއްޖެ، އަނިޔާތަށް އިންތިހާއަށް ހިނގައްޖެ. ދައުލަތުގެ ވަލިއްޔުލްއަމްރު ވަނީ ދައުލަތް ހިންގަން ނުކުޅެދިފައި" ޑރ.އަހުމަދު ވިދާޅުވިއެވެ.

ޑރ.އަހުމަދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގި ކަންތައްތަކަށް ފަހު އައްޔަން ކުރި އުއްތަމަ ފަނޑިޔާރެވެ. ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުން ޑރ.އަހުމަދު ވެސް ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފައެވެ. އޭގެ ކުރިން އޭނާ ވެސް އިންނަވައިގެން ސުޕްރީމް ކޯޓުން ވަނީ ރައީސް ނަޝީދާއި ޝައިހް އިމްރާން އަބްދުﷲ މިނިވަން ކޮށްފައެވެ.

ޑރ.އަހުމަދު ފަނޑިޔާރުކަމުން ވަކިކުރި ފަހުން އޭނާ ގެންދަވަނީ ތަކުރާރުކޮށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަނގަފިނދު

    ކަންތައް ފެށުނީ، ތިޔަބުނާ މީހުން ހޮވީ ރައްޔިތުންގެ ވޯޓުންކަން ނޭނގޭވަރު ޖާހިލުން ތިވާހަކަ ދައްކާނި

    3
    19
    • ނޯ

      އިސްލާމްދީނާ ﷲ ރަސޫލާ އަށް ލޯބިކުރާ އެއްވެސް މުސްލިމަކު އެމްޑީޕީ ބާރުވެރި ކުރުވުމަށް ނޭދޭނެ މޑޕ ގެ ފިކުރަކީ ލާދީމީ ފަނާކުރަނިވި ފިކުރެއް ﷲ އަށްޓަކާ އމޑޕ އަށް ނޯބުނަން މަޖުބޫރު ނޯ ނޯ ނޯ

    • ޖާހިލު

      ޖާހިލު ބަޔަކު ވޯޓު ދީގެން ހޮވާފައިވާ ޖާހިލު ބައެއްކަން ނުދަންނަމީހާގެ ޖާހިލުކަން މާބޮޑު.

  2. ދީދީއައްޑޫ

    ފައިސާއަށް ހުކުމް އޯކޭ ދޯ

    2
    13
    • ރަދީފް

      @ދީދީއައްޑޫ ކަލޭގެ ލަދު ކޮބާ؟؟ ހަސަންޓޭ އެއީ އެއްވެސް ކަހަލަ އަހްލާގެއް ނެތް އެކްޓިވިސްޓެއް.މިފަދަ މީހަކު މަޖްލިހަށް ހޮވި ބަޔަކު އެއީ ކޮންކަހަލަ ބައެއްތޯ ސުވާލުކުރުމުގެ ފުރުސަތު އެބަ އޮތް.

      2
      1
  3. ގައުމީ ލޯބި

    ވަރަށް ތެދުބަސްފުޅެއް..

    ޖާހިލުންގެ އަތްމަޗަށް ގައުމު ދޫކުރީމަ، މިހާރު މިޖެހެނީ އެމީހުންގެ މަންފާއަށް ގައުމު ހިންގަން..

    އިއްޔެވެސް ފެނުނީ އޭގެ މަންޒަރެއް... ޓެކްސީގައި ދީނީ / ގްރުއާން ޖެހުން މަނާކުރީ.. މިވިގޮތަކީ ޔޯލަ.. އިންޑިޔާ ބަޔަކު ޓެކްސީއަށް އެރި އިރު ގުރުއާން ޖަހާފައި ހުރެގެން ބޮޑު މައްސަލަ ޔަލަކަށް ވީ،

    އެމީހުން އެ ހުއްޓުވަން އުޅުމުން ޓެކްސް ކުއްޖާ އެކަން ނުކުރީ.. 7 ދުވަސް ފަހުން ނިކުތީ އާގަވާއިދު..

    މީ ދިވެހި ގައުމެއްބާ..؟ އިސްލާމީ ގައުމެއް ބާ ދީނީ އެއްޗެހި މަނާކުރަން..

    އަހރުމެން ރުހުނަސް ނުރުހުނަސް ފްލައިޓްގަ ކިޔާނެ އެއްޗެއް ކިޔޭ.. ދައްކާނެ އެއްޗެއް ދެއްކޭ.. ކީއްވެ ޓެކްސީގައި ނުކުރެވެންވީ.. އާފްޓަރ އޯލް އެމީހާ 25 ރުފިޔާއަށް ގަތީ ޓެކްސީ އެއް ނޫން.. އެއްތަނުން އަނެއްތަނަށް ދާން ދަތުރުގެ އަގު.. ޓެކްސީއަކީ އޭގެ ވެރިޔާގެ މިލްކެއް..

    އައްޑޫ ވިއްކާލީ... ޓެކްސީ ވިއްކާލީ... އެމް.އޭސީ.އެލް ހުރިހާ ބޮޑު މަގާމެއް ޔޫރަޕް ދޮންމީހުންނަށް... އައްޑޫ އައް އެފްރިކާ ގެ މުއްސަނދިކަން...

    19
    1
  4. ޚިޔާލު 3

    ދޮގެއްނޫން އެކަމަކު އެއިރު ތިބޭފުޅުންވެސް އުޅުއްވީ އެކަހަލަ ގޮތަކަށް ދެއްތޯ.

    11
    3
  5. ޓެކް

    މާސްކް ނާޅާ އެހާކައިރިއަށް އައިސް ވާހަކަ ދެއްކި އިރުވެސް މަޖިލީހުގައި ރައީސަކު ިއންތަ؟

    17
    2
  6. ކޮވިޑް

    ތިޔަ ފެނިގެންދަނީ ޢިލްމީ ޤާބިލް މީހުނާ ވަކަރުގޭ މަގުމަތީއުޅޭ ކުދިންގެ ތަފާތު . އެމް ޑީ ޕީ މީހުން ފައްކާ ވާނީ މަގުމައްޗަށް ޤައުމެއް ހިންގަން ޕީ.ޕީ. އެމް ވަރެއް ނެތް.# ފްރީ ރައީސް ޔާމީން ނައު #

    32
    1
  7. މުހައްމަދު

    މަނިކުފާނު ސްޕްރީމް ކޯޓްގާ އިންންވާއިގެން މިވެރިކަމުގެ ތެރޭގާ މިތިބަ ވަކަރުގޭ ދަރިން މިނިވަންކުރެއްވީ ދެއްތޯ..

    16
    2
  8. ކަނބާ

    މި ހުރިހާ ކަމެއްގެ ޒިންމާ އުފުއްލަން ޖެހޭނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ މެންނެވެ. މިހުރިހާކަމެއް މިގޮތަށް ބަދަލުވެގެން ދިޔައީ ކަލޭމެން ނެރުނު އަމުރެއްގެ ސަބަބުންނެވެ.

    16
  9. ދަރަނި ދަންތުރަ

    ވަރަށް ރަނގަޅުވާހަކައެއް އެމް ޑީ ޕީ ކިބައިން ދިވެހިން ސަލާމަތްވާންވެއްޖެ އެމް ޑީ ޕީ އެއީ މިގައުމުގެ ހަލާކު ތިލަފަތަށް ވޯޓުނުދޭތި ...

    18
    1
  10. އަބްދޫ

    ޖާހިލު ބައެއްގެ އަތްމައްޗަށް ގައުމު ދޫކޮށްގެން ތިބުން ހެޔޮ ވެގެން ނުވޭ.ގޯސްކޮށް ކަމެއް ކުރެވުނަސް އެގޯސް ދެމެހެއްޓުން ހެޔޮވެގެން ނުވޭ.ގައުމެއްގެ ހަރުމުދާ ވިއްކަންފެށިއްޖެނަމަ އެގައުމު އެވަނީ ބަގުރޫޓް ވެފަ.އަމިއްލަ ފަރުދީނަޒަރަކުން ވިސްނަވާ.ތިމާއަށް ލިބޭއަމްދަނީ އަށް ވުރެ އިތުރަށް ދަރަނި ނަގައިގެން ހަރަދުކުރަންފަސައިނަމަ އެދަރަނިން ދުވަހަކު ސަލާމަތްވާނެތަ؟ހަރަދު ކުރުން ކުޑަނުކޮށް ގެންދަނިކޮށް އާމްދަނި މަދުވީމަވެސް ހަރަދު ކުޑަނުކޮށް ތިމާގެ އަމިއްލަ ބިންތަކާ ގެދޮރު ވިއްކާލާފަ ލިބޭފައިސާއިންހަރަދު ކުރަމުނގޮސް އަތްމަތި ހުސްވީމަ ދެންހަދާނީ ކިހިނެތް.؟ނާށިގަނޑު ހިފައިގެން ސަލާންޖަހަން ނިކުންނާނީ ތަ؟

  11. ކަސަބު

    ތިޔައީމިގައުމުގަ ފަނޑިޔާރުކަންކުރި އެންމެބޮޑު ޖާހިލު

    3
    4
  12. Anonymous

    ޑރ.އަޙްމަދު ޢަބްދުﷲ ދީދީއަށް ފަހުން ނަމަވެސް ހެޔޮ ވިސްނުނީތީ ﷲ ޙަމްދުކުރަން.
    ވަގުތު ފައިތުވި ނަމަވެސް އަދި ޤައުމުގެ މިސްރާބު ސީދާކުރެވިދާނެ. އެ ހުރިހާކަމަކަށްވެސް ބޭނުންވަނީ އިޚްލާޞްތެރިކަމާއިއެކު ވަރުގަދަ ޢަޒުމެއް.
    ތިމާގެ އަތުގައި ހުންގާނު އޮތްއިރު ކުށްވެރިންތަކެއް ސާފު ހުދުފޮތިކޮޅަކަށް ބަދަލުކޮށްލުމުގެ ނަތީޖާ މިއަދު މި ފެންނަނީ. އެކަމުގެ ހިތި ކަރުނަ އޮހޮރަން މިޖެހެނީ ނިކަމެތި ރައްޔިތުން.

  13. Anonymous

    އޭގެ އިތުރަށް، މުއައްސަސާތަކަށްއައްޔަން ކުރާ މީހުންނަކީ އެކަންކުރެވޭ ވަރުގެ މީހުންތޯވެސް ބަލަން ޖެހޭ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މެންބަރުންގެ ޤާނޫނީ ޒިންމާ އަދާކުރޭތޯ ބަލާ ޕާފޯމަންސް އެޕަރައިސަލްއެއް އަހަރަކު އެއްފަހަރު ހެދުމަށް ދަންނަވަން.

  14. އަޒް

    މިމބައިގަޑުއެބަޖޭހޭ ފޮހެލަން

  15. މަސްއޫދު

    އިގުރައިދޫ ދާއިރާގެ ރައްޔިތުން ވިސްނޭތަ ޖާހިލުން ހީމައިވާގޮތް! އިގުރައިދޫ ދާއިރާގެ ރައްޔިތުން ހަސަންޓޭކަހަލަ ނުބައިނުލަފާމީހުން ހޮވަނީ ހަމައިގުރައިދޫ ދާއިރާގެ ރައްޔިތުންނަކީ ތިހައިނުވިސްނޭ ބައެއްކަން މީގެކުރިއަކު ނޭގޭ!