ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީގެ މޭޔަރު ކަމާއި އެހެން ދާއިރާތަކުން 1،000 ގޮނޑި އެމްޑީޕީ ކާމިޔާބުކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރިޔަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ނިންމާލުމަށް އެމްޑީޕީގެ މެންބަރުންނާ އެކު އއ.ރަސްދު އަށް ހުޅުމާލޭން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ މިފަހަރުގެ ކައުންސިލް އިންތިހާބުގެ ކަންކަން ދިގުދެމިގެން ދިޔަ ގޮތުން އިންތިހާބު ނުބޭއްވިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ. ނަމަވެސް އެމްޑީޕީ އަކީ އެއްވެސް އިންތިހާބަކުން ބަލިވެދާނެ ނުވަތަ އުނދަގޫވެދާނެ ކަމުގެ ވިސްނުމާއި ފިކުރު ގެންގުޅޭ ޕާޓީއެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މި އިންތިހާބުގައި 1،500 އެއްހާ ގޮނޑިއަށް އެބަ ކުރިމަތިލަން. އަޅުގަނޑަށް ޔަގީން ކަށަވަރު އޭގެ ތެރެއިން 1،000 ގޮނޑި ނަގާނަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބުގައި ޔަގީނުން ވެސް ކާމިޔާބުކުރާނެ ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރާއްޖޭގެ ހުރިހާ ސިޓީތަކުގެ މޭޔަރުކަމެވެ. ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީއަށް ހަތަރު މޭޔަރުން އިންތިހާބު ކުރާނެއެވެ. އެއީ މާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުއްޓަށެވެ.
"އައްޑު އިން ފެށިގެން އައިސް، ކުޅުދުއްފުއްޓަށް، ފުވަމުލަކާއި މާލެ މި ހަތަރު ސިޓީގެ މޭޔަރުކަން އިރާދަކުރެއްވިއްޔާ އެމްޑީޕީން ފަސޭހަކަމާ އެކު ބޮޑުތަނުން ނަގާނަން،" ނަޝީދު ވިދާޅުވި އެވެ.
އިންތިހާބުގެ ތެރޭގައި ބައެއް ފަހަރު މާޔޫސްކަން އިހުސާސް ވިޔަސް ފޯކަސް ގެއްލުވާ ނުލުމަށް ނަޝީދު އެމްޑީޕީ ކެނޑިޑޭޓުން އަރިހުން އެދިވަޑައިގަތެވެ. އަދި އެމްޑީޕީގެ ވިސްނުމާއި މިސްރާބު ގެއްލިގެން ނުވާނެ ކަމަށާއި އިންތިހާބު ނިންމާނީ ކާމިޔާބުކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ 'ރަށްވެހިފަތިސް އަލިވިލުން' ޖަލްސާ އޮންނާނީ މިރޭ، ރަސްދޫ ފަޅު ތެރޭގަ އެވެ.
މިއަދު ހުޅުމާލެ ޖެޓީ އިން ފުރި ހަތަރު ސަފާރީގައި، އެމްޑީޕީގެ ލީޑަޝިޕާއި، ވަޒީރުންގެ އިތުރުން، އެ ޕާޓީގެ 120 މެމްބަރުން ބައިވެރިވާ ކަމަށް އެ ޕާޓީ އިން ބުންޏެވެ.
ﷲ ގެ ރަހްމަތްފުޅު ލާދީނިއްޔަތަޢް 1000 ގެެ 1/4 ވެސް ނުލިބޭނެ އާމީން
އާމީން. އިންޝާ ﷲ ނުލިބޭނެ.
މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެވިދާނެހެނެއް ހިއެއްނުވޭ
އިންޝާ ﷲ މީ ޕީ.ޕީ އެމްގެ ފަހަރު
ދެން އިލެކްޝަން ބާއްވަނީ ކީއްކުރަން، ކަލޭގެ ނިންމުން ޝަރީފުލައްވާ އިއުލާންކޮށް އިލެކްޝަން ނިންމާލަންވީނު،
. ސުޕަ މެޖޯރިޓީ ގައި އޮވެ ، ރައްޔިތުންނަށް ކަމެއްނުކޮށްދީ ،ފުލެޓް ނުދީ 3800 ރުފިޔާ އަށް ދޭން ޔާމީން ނިންމާފަ އޮތް ފުލެޓް ދެގުނަ އަގުބޮޑުކޮށް، ފުލެޓުންވެސް ވައްޖަންކުރި އެމް.ޑީ.ޕީ ސަރުކާރަށް ހިތި ފެންނާނެ. ޢިންޝާ ﷲ.މި އަނިޔާވެރި ލާދީނީ ،ވަގުން ބަލިކުރައްވާދޭވެ! ޢާމީން
ބުނެފަ އެވަރަށް ގޮނޑި ނަގައިފިނަމަ،، އެކަން ބަލަންޖެހޭ
ﷲގެ އިރާދަފުޅާއެކީ އޭ ބުނި ނަމަ ދޯ !؟
1000 ގޮނޑިކާމިޔާބުނުކުރެވިއްޖެއްޔާ ؟
ކައުންސިލް ތަކުން މޑޕ އަށް ލިބޭނެކަމަށް ދިރާސާއިން
ދައްކަނީ 250 ގޮނޑިއެވެ. ހުރި ހާ ސިޓީ ތަކުގެ ގޮނޑި
ތައް ނަގާނީ ޕޕމ އެވެ. މޑޕ ފޭލްވާން ދިމާވީ ސަރުކާރު
ތެރެއިންނާއި ބޭރުން ސިއްސިއްރާއި ފާޅުގައި ވައްކަން
ކުރުމާއި ރައްޔިތުންގެ ލުއިފަސޭ ހައަށް އެއްވެސް ކަމެއް
މިސަރުކާރަށް ކުރެވުފައި ނެތުމުންނެވެ.
އޭނާ އެބުނާގޮތެއްވާނެ.
ވަގަށް ނަގަން ތިއުޅެނީ. ނުލިބޭނެ
އެމްޑީޕީ ބޮޑުތަނުންބަލިކުރައް
ވާންދޭ
ﷲއިރާދަކުރެއްވިއްޔާ ތިބުނިޢަދަދުގެ ތިންބައިކުޅަ އެއްބައިވެސް ސައްހަ ވޯޓުން މިފަހަރަކު ތިޔަވަގު އެމްޑީޕީއަކައް ނުލިބޭނެ އެހެންނޫން ރިޔާސީ އިންތިޚާބާ މަޖްލިސް އިންތިޚާބު ކުރިންވެސް ދަމައިގަތް ގޮތައް ދަމައިގަތްފިއްޔާ ފަނަރަސަތޭކަވެސް ލިބިދާނެ
" ހަތަރު މޭޔަރުކަމާ އެކު 1000 ގޮނޑި ކާމިޔާބުކުރާނަން: ނަޝީދު " ސުބުހާނަﷲ މިހިރީ ބުނެލާ ގަދަ ބަސް. ﷲ ގެ ވާގި ފުޅު މާ މަތިވެރި. ﷲ ކުޅަދުން ވަންތަ އެމް.ޑީޕީ އަށް މި އިންތިހާބު ނުކުރެވުން އިންޝާ ﷲ . ބަލަ ނަޝީދޫ ވޯޓުން ކާމިޔާބެއް ނުވާނެ އެމް.ޑީޕީ އަކަށް މަކަރާ ހީލަތުން ގޮނޑި ވަގަށް ނަގަން ޖެހޭނީ.
މިފަހަރު ބައިދަނޑިޔަށް ތިރިވާނެ ނުލިބޭނެ %20ވެސް ވަރަށް ސަލާމް
ﷲ އިރާދަ ފުޅުން ތިކަމެއް ނުވާނެ..
ނުލިބެއްޖިއްޔާ ތަލަ ޝަރީފް ސައްޕުޖަހާނަންދޯ!
މީހުނައް ދައްކަންތަ އިނތިހާބު ތިޔަ ބާއްވަނީ މިހާރު އަޑި އަޑިން ހުރިހާ ސަކަރާތެއް ޖަހާނިންމައިގެން ތިޔަ އަރަން ހުރި ފަތިހަކައް ނައްޓުވަނީ ނޫނތޯ.
އިލާހީ ނިޔާ ކަނޑައެޅި ނިމިފައި ވަނީ . އެމްޑީޕީން މި ފަހަރު ނިދި ނަގާލާ ތި ކުރީ ބޭކާރުކަމެއް
ނަނާ ހުވަފެން ދުށީމޭ، އާރަކަށް މަމެން ފެތޭތީ، ނަނާ ހުވަފެން ދުށީމޭ. ބާރަކަށް ގޮސް ބާރުތައް ދޫވާތީ، ނަނާ ހުވަފެން ދުށީމޭ.
ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގެ ރައީސު ވަކިކުލައެއް ލައިގެން ކެމްޕޭން ކުރުމަކީ ވަރަށްބޮޑު ގޯހެއް މަޖިލިސްގެ ރައީސަކީ ދުސްތޫރީގޮތުން ވަކިކުލައެއްގެ މަޖިލިސް ރައީސެއްނޫން ! ވަކިކުލައެއްގެ މަޖިލިސް ރައީސުން ތިބެނީ ބަރުލަމާނީ ނިޒާމްގައި، ރާއްޖޭގައި އޮތީ ރިޔާސީ ޔުނިޓަރީ ދައުލަތެއްގެ ނިޒާމް ދުސްތޫރީ ގޮތުން !
ދެރަކމެއް ލާދީނީ ޖަމާއަތެއްފޮރުވި، ވެންޓިލޭޓަރ ފައިސާލެވުނުތަން ނޭގުނު، ބައިމީހުންގެ ތެރޭތިބި ޖިންސީގޯނާކުރާމީހުން ފޮރުވައިފި މަނީލޯޑްރީކުރި ބައިމީހުންގެ ވާހަކަނުދައްކައި ވޯޓްނުދެވޭނެ
ނަސީދު ބުނެފިއްޔާ ވާނެ. ލޮލް
ހާދަ ވަރެއް އެބަވެޔޭ ބޮޑުވަޒީރު ކަމުގެ ދޮރު ހުޅުވާލެވޭތޯ ރަށްޔަތުންނިކަން ވިސްނަވާ މިޖަ ހާ ސަކަރާތް.
1000 ގޮނޑި އާއި 4 މޭޔަރު ނުލިބެއްޖެނަމަ އިސްތިއުފާ ދޭނަންތޯ؟
އިންތިހާބަށް 2 ދުވަހަށް ވީމާ ދައުލަތުގެ ވަސީލަތްތަށް ބޭނުންކޮށްގެން ކެމްޕެިން ކުރުމަކީ ސީދާ ކޮރަޕްޟަން.އޭސީސީ ނިދަނީތަ؟އީސީ ޟަރީފު ކީއްތިކުރަނީ؟
ޔަޤީން ވެއްޖެ . ނަގާނެ ކުރިންވެސް ނެގި ގޮތަށް. ތިކަމުން ކުރާނީ ފައިދާތޯ ގެއްލުންތޯ އެގޭނީ ވަގުތު ޖެހުމުން. ކުރިން ނެގި ނެގުމަށްވެސް މިދަނީ ގެއްލުން ފޫނުބެއްދޭވަރަށް ވަމުން.
ޔާﷲ މިގައުމު ހުރިހާ ނުބައިވެގެން ވާމީހުންގެ ކުރާކަންތަކުން ސަލާމަތްކުރަށްވާށި.
އަސްލު މި އިންތިހާބު ބާއްވަނެކަމެއްވެސް ނެތް . މީ ހަމަ މީހުންނަށް ދައްކަން ކުރާކަމެއް. މިކަންތައްގަޑު ވަނީ މާކުރިން ރޭވި ނިއްމާފަ.