ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ފަސް ލައްކައެއްހާ ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް 275،860 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ އިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް 222،324 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށެވެ. އެއީ ޖުމްލަ 498،184 ވޯޓު ކަރުދާހެވެ.

ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑުންނެވެ.

އާއްމު އިންތިހާބާ ބެހޭ ގާނޫނުގައި ބުނާ ގޮތުގައި، ކޮންމެ އިންތިހާބެއް ބޭއްވުމުގެ ގިނަ ވެގެން ފަސް ދުވަސް ކުރިން އެ އިންތިހާބަކަށް ޗާޕްކުރެވުނު ވޯޓު ކަރުދާހުގެ އަދަދާއި ޗާޕުކުރި ތަނުގެ މައުލޫމާތު އާއްމުކޮށް އިއުލާންކުރަންޖެހެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް އީސީން ތައްޔާރުވަމުންދާ އިރު، މިފަހަރުގެ އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނެ ކަމަށް ބެލެވެނީ އެމްޑީޕީ އާއި ޕީޕީއެމްގެ ދެމެދުގައެވެ. އެ ދެ ޕާޓީގެ ކެންޑިޑޭޓުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް ފޯރިއާ އެކުގައި ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 273،128 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު ފަސްކުރުމުން، އެއް އަހަރުގެ ތެރޭގައި 18 އަހަރު ފުރޭ މީހުންނެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި، 2،264 އަދި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓުން ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާސިލް

    އޑޕ އަށް ދޭ ކޮންމެ ވޯޓަކީ ބިރަކާ ނުލާ މަޖާކުރުމަށް އިސްލާމްދީނާ މިގައުމުގެ މިނިވަންކަން ނަގާލުމަށް ދެވޭ ވޯޓެއްކަން ހަނދާން ކުރާތި ވޯޓް ދީފަ ފަހުން ހިތާމަ ނުކުރާތި މިހަރަ ފެންނަނީ މަންޒަރު ކުލަވަމުން އެދަނީ ﷲ ރސއވ އަށް ލޯތްބެއް ކުލުނެއް ހުރި މުސްލިމަކު މޑޕ އަށް ވޯޓެއް ނުދޭނެ

  2. ބޭރިމީހާ

    ބަންގާޅީންނާއެކު ވޯޓްލެވޭގޮތައް