ދ. ކުޑަހުވަދޫ އާއި ދ. މީދޫގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުޑަހުވަދޫ އާއި މީދޫގެ މޮނިޓަރިން ހާލަތު އުވާލާފައި ވަނީ ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ނަތީޖާތައް ކޮވިޑް-19 އަށް ނައްސިވުމާ ގުޅިގެންނެވެ. ސުންކުތައް ކޮވިޑް-19 އަށް ނައްސިވި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ ދެ ރަށުގައި ވެސް އެ ބައްޔަށް މީހުން ޓެސްޓް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަހުވަދޫގައި މިވަގުތު ބަލި ޖެހިފައި ތިބީ ހަތް މީހުންނެވެ. އެއީ ހަތަރު ދިވެހިންނާއި ތިން ބިދޭސީންނެވެ. ކުޑަހުވަދޫގައި މިވަގުތު ބަލި ޖެހިފައި ތިބީ ދެ ދިވެހިންނެވެ. ރާއްޖެ އިން މިހާތަނަށް 25،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިވަގުތު އަތޮޅުތެރޭގެ ރަށްރަށުގައި އެކަނި ވެސް 900 އަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ ތެރެއިން މޮނިޓަރިން ހާލަތުގައި އޮތީ ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ޅ.ހިންނަވަރު، ޅ. އޮޅުވެލިފުށި، ޅ. ކުރެންދޫ، އދ. މާމިގިލި، އދ. މަހިބަދޫ އަދި ތ. ވިލިފުއްޓެވެ.