މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތުން 29 މިލިއަން ރުފިޔާ ހޯއްދަވަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޖާބިރު ކުރިން ވިދާޅުވީ އެ ފައިސާ ދެއްވީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަވާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް ކަމަށެވެ. އަދި ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ފައިސާއާ ހަވާލުވެ ވަޑައިގަތީ މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ނަމަވެސް 29 މިލިއަން ރުފިޔާގެ އެ ވާހަކަ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވަނީ ދޮގުކޮށްފައެވެ. އެމްއާރުއެމުން ބުނި ގޮތުގައި، ޖާބިރު އެއްވެސް ފައިސާއެއް، މައުމޫނަށް އަދި އެމްއާރުއެމްގެ ޓީމުގެ މީހަކަށް ވެސް ދެއްވާފައެއް ނުވެއެވެ.

އެންމެ ފަހުން ސިވިލް ކޯޓުން ވެސް އެ މައްސަލަ ނިންމީ މައްސަލަ މައުމޫންގެ މައްޗަށް ސާބިތު ނުވާކަމަށެވެ. އެ ދައުވާގައި ހޯދަން އެދިފައިވާ ފައިސާ ދައްކަން މައުމޫންގެ މައްޗަށް އަންގާނެ ތަނެއް ނެތް ކަމަށް ހުކުމްގައިވެއެވެ.

އެ މައްސަލަ ޖާބިރުގެ ފަރާތުން ވަނީ ފުލުހަށް ވެސް ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރައިހާނާ އަލީ

  ޖާބިރޫރޫރޫ ކި ހިނެއްތަމިވަނީ ؟؟

  5
  1
 2. ލޮލް

  ފައިސާގެ އެހީ ހޯދައިގެން ގެންނަ ވެރިކަންތަކަކީ ކަރަޕްޓު ވެރިކަންތަކެކެވެ. އެފަދަ ވެރިކަންތަކުގައި އިސްލާހަށް ވުރެ ބޮޑަށް އޮންނާނީ ފަސާދައެވެ.

  8
  1
 3. ރީތި މޫސަ

  ހާދަފައިސައެކޭދޯ އެކަމަކު ތިހުރިހާފައިސާ ޖާބިރުހޯދީ ކޮންތާކުންބާ؟

 4. ޙަސަނު

  ސޭޓައް ވީހެން މިސޮރައްވެސް ވަމުންދާތަން މިފެންނަނީ ، މަށައް ހީވާގޮތުގައި ހަމަ ސޭޓައް ވީހެން ވާނީ ، އެކަމަކު މިސޮރު ހުސްވާން ލައްކަ ދުވަސް ނަގާނެ ، ސަބަބަކީ މިސޮރުގެ 2 އަނގަ އިނދެފައި މިސޮރައް ހެޔޮލަފާ އޯގާތެރި އަތްންބަކު އިނީމަ.

  😆😆😆😆😆

 5. ކަރާ ބަނޑޭ™

  ކޭބަލް ކާރު ކޮބާހޭ