މާލޭގެ މާފަންނުގައި ހުންނަ މުއިވެޔޮ މަގު ބަންދުކޮށް، ހަތިޔާރާއެކު އެމްއެންޑީއެފް އާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ފުލުހުން ހިންގާ އޮޕަރޭޝަނަކަށް ފުލުހުން އެދިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަނަކީ ގެއެއްގައި ހަތިޔާރު ހުރި ކަމަށް ބުނެގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

"އެމްއެންޑީއެފް އިން ޗެކްކުރިއިރު، އެ ހަތިޔާރަކީ ޓޯއި ގަންއެއް، ކުޅޭ ކުޅޭ ބަޑިއެއް".

އެމްއެންޑީއެފް އިން ވިދާޅުވީ، މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅަބޭ

    ކޮން ޓެލެޑުރާމާއެއް ސިފައިން ކުޅޭކައް ތިއުޅެނީ.... ތިވައްތަރައް ކަލޭމެން ޔާމީނުގެ ވެރިކަމުގަ މާލޭގެ އެތަންމިތަނުގަ ބަޑިއާއި ބޮން ހުއްޓޭ ކިޔައިގެންވެސް ލައްކަ ޑުރާމާ ކުޅުނީމެއްނު. ކަލޭމެން ތިހާ މޮޅިއްޔާ މާލޭގެ ހުރިހާ ޕާޓޭންތަކާ މާރާމާރީ ގޭންގުތައް ހަފުސްއަރުވާލަބަލަ ނިކަން.

    1
    1
  2. ސަމްޕަތުގެ ވިސާމް

    ގޭމް ކުޅެނީ! ވޯޓުން ބަލިވާނެކަން އިނގޭތީ!!

    2
    1
  3. ޅާސޮ

    ޓޯއީ ސަރިކާރު

    1
    1
  4. އަހުމަދު

    ދެން ފުލުހުންނަށް ވެސް އެވަރު އެނގެންވާނެ ދޯ!

    1
    1