ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ވަރަށް ޖޯޝުގައި ނައްޓަވާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

އެ ވީޑިއޯއަކީ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީންކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ނިންމާލުމަށް އއ. ރަސްދު އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވީޑިއޯއެކެވެ.

ނަޝީދަކީ ކެމްޕެއިން އެކިއެކި ހަރަކާތްތަކުގައި އުޅުއްވާ އިރު ވަރަށް ފޯރި ނަންގަވައި ބޭފުޅެކެވެ. ހާއްސަކޮށް ކެމްޕެއިން އެކިއެކި ހަރަކާތްތައް ފޯރި އާއި ޖޯޝުގައި ކުރިއަށް ދާ ނަމަ، ބައެއް ފަހަރު ލަވަތަކަށް ނައްޓުވައި ހައްދަވައެވެ. އެމަނިކުފާނު އެގޮތަށް ނައްޓަވާތީ އާންމުން ފާޑު ކިޔާ އިރު، ބައެއް އާންމުންގެ ތައުރީފް ވެސް އެކަންކަމަށް ލިބެއެވެ.

އާއްމުވެފައިވާ ވީޑިއޯއަކީ އެމްޑީޕީގެ އިސް ބޭފުޅުން ރަސްދުއަށް ސަފާރީއެއްގައި ކުރައްވާ ދަތުރުގައި ނަގާފައިވާ ވީޑިއޯއެކެވެ. އެ ވީޑިއޯގައި ފެންނަނީ ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުން ތަރުހީބު ދެއްވާ މަންޒަރެވެ. އަދި ބައެއް ބޭފުޅުން ވެސް ނަޝީދާއެކު ބައިވެރިވެވަޑައިގެން ނައްޓަވައެވެ. އޭގެ ތެރޭގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭން ނިންމަން ބާއްވާ ޖަލްސާއަކީ "އާވިލުން"ނަމުގައި މިރޭ ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާގައި ބައިވެރިވާން މާލެ އިން ވަޑައިގަންނަވާ ބޭފުޅުން ތިއްބަވާނީ އެ ރަށު ފަޅުތެރޭ އުޅަނދުތަކުގައެވެ.

ކެމްޕެއިން ނިންމާލުމަށް އެމްޑީޕީގެ މެންބަރުންނާ އެކު ރަސްދު އަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީގެ މޭޔަރު ކަމާއި އެހެން ދާއިރާތަކުން 1،000 ގޮނޑި އެމްޑީޕީ ކާމިޔާބުކުރާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ މިފަހަރުގެ ކައުންސިލް އިންތިހާބުގެ ކަންކަން ދިގުދެމިގެން ދިޔަ ގޮތުން އިންތިހާބު ނުބޭއްވިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ އެއްވެސް އިންތިހާބަކުން ބަލިވެދާނެ ނުވަތަ އުނދަގޫވެދާނެ ކަމުގެ ވިސްނުމާއި ފިކުރު ގެންގުޅޭ ޕާޓީއެއް ނޫން ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބުގައި ޔަގީނުން ވެސް ކާމިޔާބުކުރާނެ ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރާއްޖޭގެ ހުރިހާ ސިޓީތަކުގެ މޭޔަރުކަމެވެ. ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީއަށް ހަތަރު މޭޔަރުން އިންތިހާބު ކުރާނެއެވެ. އެއީ މާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުއްޓަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބޮއްޅަބޭ

    ޔާ ﷲ! މިޤައުމު އިސްލާމް ދީންކަންމަތީ އަބަދުގެ އަބަދަށް ލައްވާށިއެވެ. ފާޞިޤުންނާޢި ދީނަށް ހުރުމަތްތެރިކޮށް ނުހިތާ މީހުންގެ ކިބައިން މިޤައުމު ސަލާމަތްކުރައްވާ ދޭނވެ! ދީނުގައި ނަހީކުރައްވާފައިވާ އެއްމެހާ ކަންތައްކުރަމުން ގެންދާ މީހުންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާނދޭވެ. އަދި އެބައި މީހުން ބަލިކުރައްވާ ޤައުމު އަމާން ބަދަރަކަށް ގެންދަވާނދޭވެ.

    54
    3
    • Anonymous

      އާމީން

      3
      1
    • މަގުފުރެދެނީ

      މިއޮއް ފެށުނީ މާކުރިން ބިރަކާނުލާ ޒިނޭކުރުމާ ފާހިސް އަމަލްތަކަށް މަގުފަހިވާ މަޖާކުރުން ކައުން ސިލް ލިބިއްޖިޔާ އެންމެހާ ފާހިސް އަމްލްތަށް ރޯމަރަދުވާލު އާންމުވެ ހުއްދަވާނެ ﷲ އަކުބަރު އިންސާނުންނޭ ބުއްދީގެ ތިލަފަތުން ވިސްނާ ފިކުރުކުރޭ މީ މިމީހުން ގެ މަކަރުވެރި ރޭވުމުގެ ފެށުން ނާސިގެތަށް ވުޖޫދަށް އައުމުގެ ފެށުން އމޑޕ އަށް ނޯ ނޯ އިސްލާމެއް ވެއްޖިޔާ އެމްޑީޕީ އަށް ވޯޓެއްނުދޭނެ

    • ހޭލާ

      امين امين މިހަރަ ފެންނަނީ 24 ގަޑި އިރު ހަމާން ނެއްޓެން ބޭނުންވާ މީހާ ހަމާން ނެއްޓޭތަން ﷲ އިރާދަކުރެއްވިއްޔާ މިބައިގަނޑު ނިކަމެތި ގޮތކަށް ބަލި ކުރަށްވާ ފަލީހަތް ކުރަށްވާން ދޭވެ امين امين

  2. ސަފާޒް

    ކޮންމެ ފަހަރަކު ވެރިކަން ވެއްޓެނީ ނަޝީދުގެ ނެށުމަކާއި އެކު.

    36
    2
  3. ސާމް

    ރައްޔިތުން ނިކަމެތިކޮށް ގޭބަންދުކޮއްފައި މިމީހުން މަޖާނެގުމުގައި. ރައްވެހިފަތިހަށް ވޯޓު ހަރާންކުރޭ

    38
    1
  4. ލޮލް

    މިމީހުންނާ ހަވާލުކުރަންވީ ރާއްޖޭގެ ވެރިކަމެއްނޫނެވެ. މިމީހުންނާ ހަވާލުކުރަންވީ ނަށާ ގުރޫޕެއް ހިންގާށެވެ. ވައުދު ނުފުއްދުނަސް ރޮކު ލަވަޔަކަށް ނެށިދާނެއެވެ. އެމްޑީޕީއަކީ ނާޗަރަންގީއަށް ވަރަށް ކުޅަދާނަ ގާބިލު ޕާޓީއެކެވެ.

    36
    1
  5. އއއ

    ނެއްޓެވީއޭ . ހަމައިން ނެއްޓިފައިހުރި މީހެއްތީ

    30
    1
  6. ރައްވެއްސެއް

    އިލާހީ ނިޔާ ވަނީ ކަނޑައެޅި ނިމިފައި . އެމްޑީޕީން މި ފަހަރު ނިދި ނަގާލާފަ މި ކުރީ ބޭކާރު ކަމެއް

    23
    1
    • ކާފަ

      އިލާހީ ނިޔާ އެނގެން.. ކަލެއަށް ވަޙީ ބާވާލައްވަނީތަ.. މޮޅެތި އެއްޗެހި ލިޔަން ހަދާގެން ކުފުރުވެވޭ އިރުވެސްނޭނގޭ..

  7. އާދަމުގެދަރި

    ހަމައިން ނެއްޓުނީމާ ވަރަށް ޖޯޝް އާދޭ.

    26
    1
  8. ދަރަނި ދަންތުރަ

    ރައްޔިތުންގެ ގިނަބަޔަކު އަނގަޔާ އަތާ ދިމާނުވެފައި މިވެރިން މާއުފަލަކުން ނަށަނީ ، ހިތުގައި އަޅާވޭންގަދަވީމަ އެކަން ފޮރުވަން ތިޔައުޅެނީ މާވަރަކަށް ދެން ހަމަ ނެށޭނި ނެށޭނީ ނެށޭނީ

    24
    1
  9. Anonymous

    ޕާޓީކުރުން

  10. ހުސެން

    އިން ޟާ ﷲ ލާހިކެއް ނުން.4 މޭޔަރުކަމެއް ނުލިބޭނެ .1000 ވެސް ނުލިބޭނެ،ޗެލެންޖް ކޮށްފަ މި ބުނަނީ .،

  11. ހުސެން

    މާލޭ މޭޔަރު ކަމުގައި ހުންނާނީ އިން ޟާ ﷲ ޑރ،މުއިއްޒު ތިބޭފުޅާ ރޮއްވާލާނަން ނަޟީދު ،ސިޔާސީ ކަންމަކުން އެކަހެރިވާން ތައްޔާރުވޭ.ބޮޑުތަނުން އެމްޑީޕީ ބަލިކުރާނެ ދިވެހިން.ފޮށި ތަންމަތި އަޅައިގެން ޔޫކޭ އަށް ދާން ތައްޔާރުވޭ.ލައްކަ ފުއްޕިއްޖެ.ދެން ފުދުނީ

  12. ރާފިޢު

    ހާދަ ދަނޑި ފައެކޭ ޕާޓޭގެ

  13. ހުސެން

    އަދި ނަށާނެ ކަމެއް ނެތް.އޮތީ ކަރުނަ އެޅުން

  14. ޑޮންޑޮން

    ސަޅި. ފަތިހު ގެ ޑާންސް. ޓީވީ ދޮށުގަވެސް އެންމެން ބަލަން ތިބެނީ މިކަހަލަގެ ޑާންސް ބަލަން . ޥަރަށް ނުވާ ކަމަށް ހެދިގެން.

  15. ޛޖޖ

    ލާދީނީ ޖޯަސްގަ އި