މާލޭގެ މާފަންނުގައި ހުންނަ މުއިވެޔޮ މަގު ބަންދުކޮށް ހިންގި އޮޕަރޭޝަނަކީ ގެއެއްގައި ހަތިޔާރު ހުރި ކަމަށް ބުނެ ލިބުނު ރިޕޯޓަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، އެގެ ބަލާފާސްކުރިއިރު ފެނުނީ ކުޅޭ ބަޑިއެއް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ފަހު ފުލުުހުންނާއި ގުޅިގެން ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނަކީ ލިބުނު ރިޕޯޓަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަން މިހާރު ވަނީ ނިންމާލާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި އޮޕަރޭޝަނަކީ ގެއެއްގައި ހަތިޔާރު ހުރި ކަމަށް ބުނެގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

"އެމްއެންޑީއެފް އިން ޗެކްކުރިއިރު، އެ ހަތިޔާރަކީ ޓޯއި ގަންއެއް، ކުޅޭ ކުޅޭ ބަޑިއެއް".

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މާމިގިލީ މީހާ

    ބޮޓުން ތަކެއް.

    20
    4
  2. ލޮލް

    ރާއްޖޭގައި ޓެރަރިސްޓުން އުޅޭކަން ދައްކަން ހިންގި އޮޕަރޭޝަނަކާ ވައްތަރީ..

    30
    6
  3. ފާތުމާ

    ހާދަ ބިރެކޭ ދޯ މިގަންނަނީ ، ކުޅޭ ބަޑި ދެކެވެސް

    27
    7
  4. މަނާ

    އިންޓެލިޖެންސް އިންފޮރމޭޝަން ލެވެލް އަށް ވުރެމަތިވީމަ ވާނީ ތިހެން.

    27
    4
  5. ނިޔު

    ޕަކާސް🤣🤣🤣

    10
  6. ...

    އެފޭކް ރިޕޯޓު ކުރި ފަރާތާ ސުވާލު ނުކުރޭތޯ؟

    10
    1
  7. އެމަންޖެ

    އެ ކުޑަކޮށް ފަރިތަ ކޮއްލީ ކަމައްވާނީ.

    8
    1
  8. ލުޓޭރުންގެ ސަރުކާރު

    އަސްލު ތީގައުޅޭނީ ސަރުކާރުން ރައްޔިތުންނަ ކޮއްމެވެސްކަމެއްގެ ފޯކަސް ގެއްލުވާލީ...ވޯޓަށް ބަ ހަން ފައިސާފޮށިތައް ކޮޅުކޮޅަށް ގެންދިޔައީ ތޯއްޗެ..

    12
  9. Anonymous

    Mashah hama yageen thiya mauloomaathu dheefa innananyves sifainge noony fuluhunge meehaku ,

    3
    2
  10. ޙަސަނު

    މަށައް ހަމަޔަގީން ތިޔަބުނާ މައުލޫމާތެއް ދީފައި އޮންނާނީވެސް ސިފައިންގެ ނޫނީ ފުލުހުންގެ މީހަކު ، އެވެރިންނައް އަދިދިވެސް ވާވަރަކީ މީ. ޙެނލެބެލި ހުތާ ކާށިކިރު ، މަސްތުވާއެއްޗެއްސައް ހަދާފައި މީހަކު ހަތްޔަރުގައި ތަޅުވައިފި 15ދުވަސްވަންދެން ، މީމިމީހުންގެ ހާލަކީ. ބޯހަލާކު

    4
    3
  11. ކޮވިޑް

    ކަމިޝަނާ އަކީ އިންޓަލް މަޢުލޫމާތު ލީކު ކުރާ މީހެއް ކަމަށް ވަނީ ޕޮލިސް އިންޓަލް ޖެހިލުންވޭ ސީޕީ ހަމީދަށް ސައްހަ މައުލޫމާތު ދޭން އެހެން ވީމަ ވާންވީ ހައެތި ވަމުން މިދަނީ،

  12. މަބޭ

    ކާނަލްނާޒިމްގެގެއިން ފެނުނު ހަތިޔާރު އެންއެންޑީއެފާ ނުގުޅި ފުލުހުންނައް ގެންދެވުނު ؟

  13. ދަރަނި ދަންތުރަ

    ކުރާނެ ކަމެއްނެތިއްޔާ މިސްކިތަށްއަރާ ނަމާދުކޮށް ރޯދަހިފާ ގުރުއާންކިޔަވަބަލަ...

    7
    2
  14. ޓޯއީ ގަން

    ފެނު ބައްޑާ އެއް ދޯ؟ ޢަސްލު ބައްޑާ އެއް ނޫން ދޯ؟ ޢީދު ގަ ބޭނުން ކުރަން އަވަހަށް ފޮރުވާ .

  15. ޅަބޭ

    ކޮން ޓެލެޑުރާމާއެއް ސިފައިން ކުޅޭކައް ތިއުޅެނީ.... ތިވައްތަރައް ކަލޭމެން ޔާމީނުގެ ވެރިކަމުގަ މާލޭގެ އެތަންމިތަނުގަ ބަޑިއާއި ބޮން ހުއްޓޭ ކިޔައިގެންވެސް ލައްކަ ޑުރާމާ ކުޅުނީމެއްނު. ކަލޭމެން ތިހާ މޮޅިއްޔާ މާލޭގެ ހުރިހާ ޕާޓޭންތަކާ މާރާމާރީ ގޭންގުތައް ހަފުސްއަރުވާލަބަލަ ނިކަން.