ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކަރަންޓީން ވުމެއް ނެތި ރާއްޖޭގެ ކޮންމެ ރަށަކަށް ވޯޓުލާން ދެވޭ ގޮތަށް ހަދައިފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލެ އިން ރަށްރަށަށްދާ ފަރާތްތަކަށް 10 ދުވަހަށް ކަރަންޓީންގައި ތިބެން ވަނީ މަޖުބޫރުކޮށްފައެވެ. އަދި ރާއްޖެ އިން ބޭރުގައި އުޅެފައި ރާއްޖެ އަންނަ ކޮންމެ މީހަކު ވެސް ކަރަންޓީންވުމަށް އެޗްޕީއޭ އިން ވަނީ މަޖުބޫރުކޮށްފައެވެ.

ނަމަވެސް އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ވަނީ ކައުންސިލް އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށް މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރު ކުރުމުގައި އާއި ރިސޯޓުތަކުންނާއި ސަފާރީތަކުންނާއި ގެސްޓްހައުސް ހުންނަ ރަށްރަށުންނާއި ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރު ކުރުމުގައި ކަނޑައަޅާފައިވާ ކަރަންޓީން ކުރުމުގެ ފިޔަވަޅުތަކަށް މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ލުއި ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެމީހަކު ވޯޓުލާން ރަޖިސްޓްރީވެފައިވާ ރަށަށް 10 ދުވަހުގެ މުއްދަތުގެ ކަރަންޓީނާ ނުލައި ދަތުރު ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާކަމަށް ވެސް އިއުލާންގައިވެއެވެ. ނަމަވެސް އެގޮތަށް ވޯޓުލާން ދާ މީހުން ހަތް ކަމެއް ނުކުރުމަށް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.

އެގޮތުން ވޯޓުލާ ސަރަހައްދު ފިޔަވައި ރަށުގެ އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން ހިމެނޭ ގޮތަށް) ދިއުން އޮތީ މަނާކޮށްފައެވެ. އަދި ހުރުމާއި ކެއުމުގެ އިންތިޒާމު އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުންނަން ވާނެ ކަމަށް ބުނެފައިވެއެވެ. މީހުންނާ ބައްދަލު ކުރުމާއި ގޭގެއަށް ޒިޔާރަތް ކުރުން އެޗްޕީއޭ އިން ވަނީ މަނާކޮށްފައެވެ.

އިއުލާންގައި ބުނީ ވޯޓުލުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި އެމީހަކު އައި ރަށަކަށް އެނބުރި ދާން ޖެހޭނެ ކަމަށެވެ.

ރަށުގައި ކަރަންޓީންވެފައިވާ ނުވަތަ އެކަހެރިވެފައިވާ މީހުން ވޯޓުލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެއްގައި ވޯޓުލާން ވާނެ ކަމަށް ވެސް އިއުލާންގައިވެއެވެ. ދަތުރު ފެށުމުގެ ކުރިން ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް ދަތުރު ކުރާ ތާރީހާއި ރަށުގައި މަޑު ކުރާނެ މުއްދަތާއި ރަށުގައި ހުންނާނެ ތަން އަންގަން ވާނެއެވެ.

ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ކައުންސިލް އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލު ކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތިން ވޯޓުލުމުގައި އަމަލު ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވި އިއުލާންގައިވާ ގޮތުން މިގޮތަށް ރަށްރަށަށް ދެވޭނީ ވޯޓުލުމަށްޓަކައި ދާ މީހުންނަށް އެކަންޏެވެ. އަދި އެމީހުން ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅަކަށް އަމަލު ކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.

"މަތީގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް އަހަރެން ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އަހަރެން އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެއެވެ،" އެޗްޕީއޭގެ އިއުލާންގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކިޔުންތެރިއެއް

    މަރުވެގެން މީހެއްގެ މޫނު ބަލާލަން ނުދެވޭނެ.. ވޯޓޫ.

    70
    4
  2. ޒާ

    ތިވަރުން ނޫޅެން ދާކކަށް. ވޯޓްލާފައި މީހާ މިޖެހެނީ ނުކައިނުބޮއި ނުނިދާ ތާހިރުނުވެ ހުންނަންް މާލެއާދެވެންދެން. ވަރަށް ތާހިރު. އެކަމަކު މިއަދުވެސް ނަޝީފު ރަސްދޫ ކުޑަކުރަނީ

    62
    3
  3. ކާސިމުބެ1977

    ހުވާ މިކުރީ މި އެމްޑީޕީ އަށް ވޯޓު އެޅުން އެއްކޮށް ނިމުނީ.. މިދެން ބޮޑުވަރު.. އަހަރެމެންގެ ރަށްތަކަށް އެއްވެސް ހަމްދަރުދީއެއް ކުލުނެއް ނެތް

    75
    1
  4. ޛ

    ޥޯޓްވެއްޖެއްޔާ ކޮންމެގޮތެއްވެސް ހެޔޮ

    70
    1
  5. މަޖާ

    ޜައްޔިތުންނޭ ކޮވިޑު މޮޑެނީ

    68
  6. ނާހަމަ ތެދެއް

    އެމްޑީޕީގެ ޖަލްސާ ފުރިހަމަޔައް ބޭއްވޭނީ މިވަގުތީ ހުއްދަ ދީގެއްނު. މަކަރާ ހީލަތް ހުރިހާ ކަމެއްގަ

    62
    2
  7. ކޮވިޑް

    މިއުޅެނީ މުޅިރާޖޭގެ މީހުންުޅޭރަށްރަށައް ކޮވިޑު ނުފެތުރިގެންތަ
    ވޯޓްދޯނުލެވިގެންމިއުޅެނީ އެހެންތާވާނީ ބޮޑުވަޒީރުވިދާޅުވީމަ ކުރަންތާޖެހޭނީ

    60
  8. ބަރުގޮނު

    ކުރިއްސުރެ ހީވެފައި މިއޮތީ އަތޮޅުތަކުގެ ބައެއް ރަށްރަށް އަރާފޭބުމާ ބާޒާރުކޮށްލަންވެސް ނުނުކުމެވޭފަދަ ދަތިތަކާއެކު ބަންދު ކޮށްފައި މިބާއްވަނީ ޢާންމުންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ކަމަށް. ނަމަވެސް ވޯޓަކާ ޖެހުނީމާ އިތުރު އުޞޫލެއް ހަދައިގެން ނަމަވެސް ރަޢިއްޔަތުން ވޯޓްލާން ދިއުން އެބައިމީހުން ސަލާމަތަށްވުރެ މުހިންމުކަން ރަގަޅަށް އެގިއްޖެ. ސަރުކާރުން ކުރާ ކަންކަމަށް ފާޑުކިޔާ ކޮންމެ ކަމެއް ސަރުކާރުން ނިންމިޔަސް އެކަމާ އިދިކޮޅުހަދާ ޕާޓީތައްވެސް މިކަމުގައި ހަމަ ކުކުރާވެސް ނުލައި. މިވެސް ދެން ހެދީމާ ރަގަޅު ގޮތެއް.

  9. ނަސީދު

    ސަރުކާރު ވެއްޖެ ފުރާވަރުގެ ބޮނޑުމީހަކައްބަދަލުވާ ކުޑަކުދިން އުޅެހެން ތިއުޅެނީ

  10. ހާ

    މި ދެން ޖޯކެއްނު. މިކަހަލަ ދޯދިޔާ ގަވާއިދު މުޅިން ހަދާނި ތިބެގެން.

  11. ޙހހހ

    ވޯޓްލާކަށް ބޭނުމެއްނޫން ، މައިމޫނާ އިސްތިއުފާ ދީފަދާންވީ ، އަނބުރުވެރިކަމާއިއެކު ދަރިންގާތަށް ގެއަށްދޭ ، މީހުންގެ ބަދު ދުއާ ނުޖެހެނިސް ، މިއަދު މިޤައުމުގެ މީހުންގެ ދިރިއުޅުމަށްވުރެ ، ވަޒީފާއަށްވުރެ ސިޔާސީ މާތްވެގެންދިޔާމަ ޤައމުގެ ކުރިމަގު އެބަފެނޭ

    17
  12. ސަބްރީނާ

    ހަހަހަހަ ވަރަށް ހީވޭ 48 ގަޑިއިރު ތެރޭ އެނބުރި ދާނެހެން އެކަކުވެސް. ނުދާ މީހުންނަށް ފިޔަވަޅެއްވެސް ނާޅާނެ.

    12
    1
  13. އެމަންޖެ

    މިއަދު ހެނދުނުވެސް ޖުމުހޫރީ މައިދާން ތޮއްޖެހިފަ ވޯޓް ފޮށި ހޮފައިގެން ރައްރަށައް ފުރަން. ކޮން ކޮވިޑެކޭ ކިޔާކައް މީގެ ފަހުން ނިމުނީ ޕޮސިޓިވްއޭ ކޮންޓެކްޓޭ ކިޔާފަ ކަރަންޓީނު ކުރެވުން.

    16
  14. ފަތުރާ

    ހޫން، މުޅި ރާއްޖޭގަ ފަތުރާލާ ވައިރަސް

  15. ނާޅި

    ތިޔަ ވޯޓަކީ އިންސާނުންގެ ފުރާނަޔާއި ނަފުސައްވުރެން ވެސް އަގުބޮޑު އެއްޗަކީތޯ ތިޔަ ވޯޓްލާން ތިޔަފަދައަކުން ހުއްދަދެއްވީ !

  16. ކޮވިޑްގެ މަންމަ

    ކޮވިޑް ލޮލް :ޕ