ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި އަލަށް ޖަހަން ފަށާ ފައިޒާ ވެކްސިން ދިނުން އާދިއްތަ ދުވަހު ފަށާނެ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވިދާޅުވެއްޖެ އެވެ.

މި ވެކްސިން ދޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެންނެވެ.

މި ވެކްސިން ދިނުމަށް ހަމަޖެހިައި ވަނީ 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށަށާއި، 18 - 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ ފަރާތަކަަށް ކަމަށެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މި ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެކަނި ކަމަށާއި، ފައިޒަ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައި ކަމަށެވެ.

މި ވެކްސިން ދޭން ނިންމާފައި ވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށް މީހުންނަށެވެ.

އޭގެތެރޭގައި ގުނަވަންތައް ބަދަލު ކޮށްފައިވާ މީހުންނާއި، ޑަޔަލަސިސް ގަވައިދުން ހަދާ މީހުން، ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީ ފަރުވާ ހޯދާ މީހުންނާއި އަދި ދިފާއީ ނިޒާމު ދެރަކުރާފަދަ ބޭސް ބޭނުން ކުރާ މީހުން ހިމެނެއެވެ.

މިހާރު ރާއްޖޭގައި ކޮވިޑުން ދިފާއު ވުމަށް ޖަހަމުން ގެންދަނީ ފައިޒާ ވެކްސިން އާއި ސިނޮފާމް ވެކްސިނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގެރި

    ނިކަމެތިންގަޔަށް ގެރިވެކްސިން ޖަހާ ނިންމާފަ ބޮޑުން ގަޔަށް މޮޅި ވެކްސިން