މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފޮރުވައިގެން ގެންގުޅެނީ ޕީޕީއެމް/ޕީއެންސީ ފިކުރު ދެކެ ބިރުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން މެދުވެރިކޮށް އެމަނިކުފާނު މިރޭ ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ފޮރުވައިގެން ގެންގުޅެނީ އެ ފިކުރު ދެކެ ބިރުން ކަމަށާއި، އަދި އެ ޕާޓީން އަމާން ދީފާނެ ކަމަށް ހީކޮށްގެން ކަމަށެވެ.

"ތިޔަ ލޮބުވެތި ރައްޔިތުންނާއި މާ ދުރުގައި އަޅުގަނޑު އެކަހެރިކޮށްގެން މި ގެންގުޅެނީ އެބޭފުޅުން މި ފިކުރު ދެކެ ބިރުންނެވެ. އަޅުގަނޑުމެންގެ ހިތްވަރި ބަލިކޮށްލެވިދާނެކަމަށެވެ. އަޅުގަނޑުމެން އަމާން ދީފާނެ ކަމުގެ ފިނޑި ހިޔާލުގައެވެ". ރައީސް ޔާމީން ވިދާޅުވިއެވެ.

އެ މެސެޖުގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނު ޖަލުގެ ކުޑަގޮޅިން ރައްޔިތުންނާއި މި ބައްދަލު ކުރައްވަނީ ގައުމުގެ ހާލަތާއި މެދު ކަންބޮޑުވެ ދެރަވާ ހާލުގައި ކަމަށެވެ.

އަދި 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހި ކަމަށާއި، އަދި ހައްލު ނުކުރެވޭނެ ކަމަށް ގިނަބަޔަކު ގަބޫލުކޮށްގެން ތިބި ގައުމީ މަސްލަހަތާއި ގުޅުން ހުރި މައްސަލަތައް ހައްލުކޮށްދެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފުރިހަމަ ސިޔާދަތާއި މިނިވަންކަން އޮތް ފަހުރުވެރި ގައުމަކަށް މި ރާއްޖެ ހަދައިދިން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ޖަލަށް ލާފައި ވަނީ ބޭރުގެ ބަޔަކާއި ގުޅިގެން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށާއި، ބޮޑެތި ނުފޫޒުތަކުގެ އަޅުވެތިކުރުމުގެ ފަަލްސަފާގެ ދެކޮޅު ވެގެން ކަމަށެވެ.

"ޕީޕީއެމް ޕީއެންސީގެ ފިކުރަކީ އެއީ، މިއީ ގައުމީ ފިކުރެވެ. މި ފިކުރުގެ ރައްޔިތުންގެ ލޭ ހިނގާހާ ހިނދަކު މި ގައުމަށް ވާނެއެއްޗެއް ވާން ދޫކޮށްލާނެ ކަންކަން އަޅުގަނޑަށް ޔަގީނެވެ". ރައީސް ޔާމީން ދެއްވި މެސެޖުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަންމާފުޅު އަދުރޭ

    ރަނގަޅު ވާހަކަފުޅެއް، ވަގުންޖެހޭނީ ފޮރުވާފަ ނޫނީ ޖަލުގަތިބެން، ފުރުސަތުު ލިބިއްޖެނަމަ އަނެއްކާ ބައިތުލްމާލް ދިރުވާލާނެކަން ޔަޤީން

    3
    20
  2. ޒަޔާން

    60 ފަޅުރަށް އަދީބު ވިއްކިއިރު ރޭކާނުލި މީހަކަށް ބަޔަކު މިރާއްޖޭގެ ރައްޔިތުން އުލު ބޭންދިޔަސް ނޭނެގޭނެ. ނަސީބެއް އަދީބު މަ ޖަހައިނުގަންނަނިސް އެގުނުކަން.

    1
    18
  3. އަސްޤަރު ސިއްދީޤް

    ކަލޭ އޮވޭ ޖަލުގަ! އަހަރުމެން ބޭނުން ގޮތެއް ކަލެޔަށް ހަދާލާނީ! ލާހިކެއްނޫން ދެން ކަލޭ ޖަލުންނިކުންނާކަށް!

    7
    73
    • އެލެކްސް ބޮޑޭ

      ކަލޯ ދެން ޖަލަށްލާނީ.....

      5
      6
  4. ޝާނީ

    ބޮޑު ވަގެއްކަން ސާބިތުވީމަ

    4
    35
    • އެފް.އެފް

      ފެލައިލި ފްލެޓްސަރުކާރު އެއީ ވަގުން އެނގިއްޖެ...

      13
      1
    • Anonymous

      މި ހާރު ތިބި ވަގުން ވަކިދެރަތަ

      17
      • ދޮންކެޔޮ ބުރޯ

        ވަގު 5އަހަރު ކަލެއަށް ހާދަވަރަކަށް ބައިއަޅާފަހުރިހެންހީވޭ، މިހާރު ތިތެޅޭވައްތަރުން އިނގޭ އެއްޗަކީ ލިބުނު ފައިސާކޮޅު ހުސްވެގެން މިސަރުކާރުން އެފުރުސަތުނުދިނީމަ ރުޅުއައިސްގެން އުޅޭހެން، ދެނެއް ވައްކަމެއް ނުކުރެވޭނެ، ރަށްރަށުގެ ތިގޫރިތަކެއް ވަގަކަށްނުނެގޭނެ، ވައްކަންފަޅާއަރުވާމީހުންނަށް ހިމާޔަތްލިބޭނެ، ނިމިދިޔަ 5އަހަރު ވައްކަން ފަޅާއަރުވާލިމީހުންނަށް އަނިޔާކޮށް ޖަލައްލީ

        1
        3
  5. ގަމާރު

    ކޮންތާކުން ވައްކަން ކުރިކަން ސާބިތުވީ

    14
    1
  6. ނަޖީބު އައްބާސް

    ތިޖޫރި ވަގަންނަގާ ފިކުރުގެ މީހުން ފޮރުވައިގެން ގެންގުޅުނީމަ ގައުމައް ފައިދާ ކުރާނީ

    4
    9
  7. މާލޭމީހާ

    الله އިއިރާދަކުރެއްވިއްޔާ ދެންދާނީ ކަލޭކަންނޭނގެ الله މޮޅައްބައްލަވާ ވޮޑިގެންވާނީ މިވަރުން ފުދޭނެކަމައް ހީކުރަން

    1
    1
  8. ވގ

    ވައްކަން ކޮއްގެން ޖަލައްލީ

    1
    5
  9. Happy

    ޥައްކަން ކުރީމަ

    1
    4
  10. ރާކަނި ސައްތާރު

    މިކަހަލަ މަރުމޮލުން މި އުޅެނީ ތިޖޫރީ ފޫދު އްވާ ލާފަ އި ރަ އްޔިތުން ގުބޯ ހަ އް ދަން