އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައި ވަނީ މި ސަރުކާރުގެ އިސް ބޭފުޅުންގެ މައްޗަށް ބާރު ފޯރުވާ ބޭރުގެ ފަރާތްތަކާ ގުޅިގެން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން މެދުވެރިކޮށް އެމަނިކުފާނު މިރޭ ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ޔާމީން ދެއްވި މެސެޖްގައި ވިދާޅުވި ގޮތުގައި 2013 އިން ފެށިގެން 2018 އާ ހަމައަށް އެމަނިކުފާނު ވެރިކަމުގައި ހުންނެވި ދުވަސްވަރު މަސައްކަތް ކުރައްވާފައިވަނީ އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ އިޤްތިޞާދެއް ބިނާ ކުރުމަށެވެ.

އެހެން ނަމަވެސް އެ މަސައްކަތުގައި ދިިމާވި އެންމެ ބޮޑު ހުރަހެއްގެ ގޮތުގައި އޮތީ ބޭރުގެ ބައެއް ޤައުމުތަކުން ރާއްޖޭގެ ދާޚިލީ ކަންކަމާއި ދައުލަތުގެ ވަސީލަތްތަކުގެ މައްޗަށް ނުފޫޒު ފޯރުވުމަށް ކުރަމުން ދިޔަ މަސައްކަތާ ގުޅިގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންވިޔަސް އެ ކަމަށް އެއްވެސް ފުރުސަތެއް ނުދީ ޤައުމު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މީގެ ނަތީޖާއެއްގެ ގޮތުން، ވާދަވެރި ސިޔާސީ ފަރާތްތަކާއި އެ ފަރާތްތަކާ ވާގިވެރިވާ ބޭރުގެ ފަރާތްތަކާ ގުޅިގެން އަޅުގަނޑު ޖަލަށް ލުން، ބަވަނަ ވެފައިވާ ދުނިޔެއެއްގައި ކުޑަ ޖަޒީރާ ޤައުމަކަށް ހަމަ އިސްކޮށް ތެދުވެވޭނީ ވަރަށް ބުރަ މަސައްކަތް ކޮށްގެން ކަމަށް އަޅުގަނޑު ފުރަތަމަ ދުވަހުން ފެށިގެން ދަންނަވަމުން ދިޔައިން،" ރައީސް ޔާމީންގެ މެސެޖްގައިވެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައި ބައިނަލް އަގްވާމީ ބައެއް ޖަމިއްޔާތަކާއި އަވަށްޓެރި އިންޑިއާ ފަދަ ޤައުމުތަކާ ގުޅުން ގޯސްވެގެން ދިޔައެވެ. އެމަނިކުފާނު ފާހަގަކުރައްވާ ގޮތުގައި އެ ކަން އެ ގޮތަށް ހިނގައި ދިޔައީ ރާއްޖެއަށް އެ ޤައުމުތަކުގެ ނުފޫޒު ފޯރުވަން އެމަނިކުފާނު ފުރުސަތު ނުދެއްވުމުންނެވެ.

މިހާރުގެ ސަރުކާރުގައި އިންޑިއާއާ ގާތް ގުޅުމެއް ބާއްވާއިރު، އިންޑިއާ ސަރުކާރަށް ޤައުމުގެ ބައެއް ބިންތައް ވިއްކަން ނިންމާފައިވާ ކަމާއި ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް އެޅުމަށް އުޅޭ ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުން ތުހުމަތު ކުރައްވައެވެ. އެކަމަކު މި ކަން މި ދެ ޤައުމުގެ ސަރުކާރުން ވެސް ވަނީ ދޮގުކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ނޮވެމްބަރު 28، 2019 ގައެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގައި ހިމެނޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑަ ކުރެއްވި ކަމަށް ތުހުމަތުކޮށް އުފުލިފައިވާ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. މި ޙުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދު ކޮށްފައެވެ. އަދި ސުޕްރީމް ކޯޓުގައި މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމަކީ "ނުޙައްޤު" ޙުކުމެއް ކަމަށް އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ޤަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައުޓް

    ޝައްކެއްނެތް މަނިކުފާނު ތިވިދާޅުވާ ބޭރުގެ ފަރާތް ތަކުގެތެރޭގައި ވާނެ އިންޑިޔާ

    30
    3
  2. ނުވިސްނޭ ދިވެހިން

    އެމްޑީޕީ އަށް ވޯޓުދިން ދިވެހިން ތިކަންކަމުގެ ބުރަ އާއި ޒިންމާ ނަގަން ޖެހޭނީ.

    80
    13
  3. ލޮލް

    ޢަހަރުމެން ދިވެހިން ދަންނަމީހެއްނޫން.

    13
    56
  4. ވޭރުހުލި

    ކަލެޔަކީ ދިވެއްސެއްތަ ބޭރުމީހެއްދޯ ފުރިހަމަ ދިވެއްސެއް
    ކަމައްވަންޏާ އެނގޭނެ ނަމުންވެސް ހީވަނީ ބޭރުމީހެއްހެން

    12
    19
  5. ޖަޒީރާ ގެރިމަސް

    ވީ ލަވް ޔޫ އަވަރ ހިރޯ.. ޔޫ ސްޓިލް އިޒް އަވަރ ޕްރެޒިޑެންޓް.. ގެރިގުއި ސަރުކާރު އައުޓް

    34
    4
  6. Anonymous

    ދިވެހިރާއްޖޭގެ ގިނަބަޔަކު ތިބޭފުޅާމަތިން ހަނދާން ނުވާ އެންމެދުވަހެއްވެސްނުދާނެ. މަނިކުފާނުގެޒަޢާމަތުގަ ތަރައްޤީ ނުގެންނައެންމެ ދިމާއެއްވެސްނެތް. ކޮންމެދުވަހަކު ހުޅުމާލެ އަށް ނޫނީ ފުރާަ ކޮންމެފަހަރަކު ހުޅުލެ އަށްކަނޑުމަގުންދިއުމުގެލުއިފަސޭހަ އަ

    31
    6
  7. Adhi

    ކާލި ބައިވަރުގަޑު ތިތާ އޮންނައިރުވެސް. ހަދާވަނީދޯ

  8. ޢިންޖިނިއަރ އެޑިލް

    ތިހިރީ ހަމަ ރަގަޅަށް ވެސް ބުރާތި ވެ ފަ އި