ކޮވިޑް -19 އާ ގުޅިގެން ކަރަންޓީނު ކޮށްފައިވާ ނުވަތަ އެކަހެރި ކޮށްފައިވާ ފަރާތްތައް، ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވޯޓުލާން ދިއުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.
އެޗްޕީއޭ އިން ދެންމެ ކުރި އިއުލާނެއްގައި ވިދާޅުވީ އެކަހެރި ކޮށްފައި ތިބި މީހުން ވޯޓް ލާން ދާއިރު ހަކަމަކަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އެއީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ވޯޓުލާ މަރުކަޒުތަކަށް ދިއުމަށާއި ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން ތިބުމާއި، ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމުގެ އިތުރުން ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމާއި ޕަަބްލިކް ޓްރާންސްޕޯޓް (ބަސް، ފެރީ، ޓެކްސީ ފަދަ ތަކެތި) ބޭނުން ނުކުރުމާއި ވޯޓް ލާން ދިޔުމާއި އެނބުރި ގެޔަށް އައުމާ ދެމެދު މީހުންނާ ބައްދަލު ނުކުރުން އަދި ވޯޓުލުމަށްފަހު، ކަރަންޓީނު ގައި ނުވަތަ އެކަހެރިކުރެވިފައި ހުރި ތަނަށް ވަގުތުން އެނބުރި ދިއުމެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނު ކޮށްފައިވާ ނުވަތަ އެކަހެރި ކޮށްފައިވާ ފަރާތްތައް ވޯޓް ލާން ދާނީ އަމިއްލައަށް ކަމަށެވެ. އެފަރާތްތައް ވޯޓް ލުމަށް ހަމަޖެހިފައި ވަނީ އެހެން މީހުން ވޯޓްލައި ނިމުމުން ހަވީރު 17:00 އިން އިރުއޮއްސި 18:00 އަށެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާފައިވާ އެންގުމުގައި ވިދާޅުވީ ވަކި ފިޔަވަޅުތަކެއް އަޅައިގެން ވޯޓް ލާން ދިއުމުގެ ހުއްދަދޭ ގޮތައް އޮތް ނަމަވެސް އޭނާ ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އޭނާ އަންގާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެ ކަމަށެވެ.
ކަރަންޓީނު ކޮށްފައިވާ ނުވަތަ އެކަހެރި ކޮށްފައިވާ ފަރާތްތައް ވޯޓް ލާން ދިއުމުގައި އަމަލުކުރަން އަންގާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް މައިމޫނާ ވިދާޅުވިއެވެ.
ލޮބުވެތި އަޚުން ވިސްނަވާ
ކިތައް ދަރިންގެ މައިންނާ ބަފައިންތޯ މިބަލީގައި ނިޔާވުމުން އެކުދިންނަށް މޫނުދެކިލުމުގެ ފުރުޞަޠުވެސް ނުދީ ވަޅުލީ.
މިއަދު އެބަލި ތަހައްމަލުކުރަމުންދާ މީހުން ސަލާމަތުން ތިބި މީހުންގެތެރެއަށް އެފޮނުވާލަނީ، މީ ރައްޔަތުންނަށް އޯގާތެރި ވެރިބައެއްތޯ؟
ޥޯޓުލާން މީހުން ނުދާނުން ތިހެދިގޮތުން..
މި ގަވައިދު ހެދި މީހުނަށް މީގެ ސަބަބުން ލަނޑު ލިބިއްޖިއްޔާ ރަނގަޅެއްނު.. މުޅިގައުމުގަ ކޮވިޑު ފަތުރައިފި
މިސަރުކާރު ސައިޒުކުރަން އެކަކުވެސް ޥޯޓް ނުލާންވީ ރައްޔިތުން ގަސްތުގަ ވަރައް ބޮޑު ނުރައްކަލަކައް ވެއްޓޭނެ.
ސިޔާސީ ކޮވިޑް ކޮންކޮވިޑް މޯލްޑިވްސް ކޮވިޑް
ވޯޓު ކަރުދާސްވެސް ޗާޕުކޮށްގެން އަމިއްލަ ފޮއްޓޭއްވެސް ހިފައިގެން ދާތި
ރަނގަޅު ނިންމުމެއް ކޮވިޑުގެ ކަންކަމާ އުޅޭނީ ވޯޓުން މޑޕ އައް ކުރިލިބިއްޖާ އެވެސް ގިނަބަޔަކު މެރުމައްފަހު.
މީނަ އަށް ރަނގަޅު ގޮތެއް މިންވަރު ނުކުރައްވާށި.. އާމީން
10 ވަނަ ދުވަހުގެ ފަހުން ވާ ގޮތް ދުނި އޭގަ ތިބި ބަޔަކަށް ފެންނާނެ.. ހަމަގަސްދުގައި މީހުނަށް ދެރަދޭން ވެގެން މީހުނަށް ޙެޔޮ އެދޭބަޔަކު މިގޮތަކަށް ކަންތައް ނުކުރާނެ. ހީވަނީ ކޮވިޑަކީ ތިމާމެންގެ ކޮންޓުރޯލް ކުރާ އެއްޗެއް ހެން. މީހަކު ރަށަކަތް ދާބުނެފި ނަމަ އެ އޮތް ޖައްސުވާ ތަކުލީފެއް.
Hehehhe. Haadha majaley. Mavaathah ަannaނ nubai hinyeh. y
ހުރިހާ ކޮވިޑްތައް ރޯދަޔައް ޝައެތޯނުން ބަންދު ކުރައްވާހެން މިވެރިން ކޮވިޑްތައް ވޯޓައް ބަންދު ކުރިއްޔޯ
ކަނޑުގެ އުސޫލު ތި ފެންނަނީ...ދެން ބާރައް އަތްޖަ ހާ...
މަރުވެފައި ތިބިމީހުންނަށް ފުރުޞަތެއްނެތްބާ
މީހަދަ ނުލަފާ ބައެކޭ މިއުޅެނީ ތި ކޮވިޑަކާހެދި ތާކަށް ވެސް ނުދެވިގެން ތިކިޔަނީ ވޯޓު ލާން ދާށޭ އމޑޕ އަކަށް އެންމެ ވޯޓެއްވެސް ނުދޭނަން މުޅި ޤައުމު ހަލާކު ކޮށްފިއޭ ސުންޕާތައް އައިސް...
ކޮވިޑް ބަލި އޮތްނަމަ އެންމެ ބިރުން އުޅޭ ބަޔަކީ މިބައިމީހުން. މިކަމުން ދޭހަވަނީ މިބަލިި މިރާއްޖޭގައި ނުރައްކާވާ މިންވަރަށް ނެތްކަން ރައްކާތެރިކަމާއެކު އުޅެވޭނެކަން. މިކަމަކީ ސިޔާސީ މަންފާއަކަށް ކުރާ ޣައިރު ޤާނޫނީ ކަމެއްކަން. ރައްޔިތުން މިކަންކުރަމުން މިގެންދާ ހަމައެއް ލަމައެއްނެތް ފިޔަވަޅުތަކާއިމެދު ވިސްނާ މުސްތަޤްބަލާމެދު ގޮތެއް ނިންމުމަށް ލިބޭ ފުރުޞަތެއް މާދަމާ ލިބިގެން އެދަނީ. ވަގުތީ އުފަލަކީ ހިނދުކޮޅެއް ފައިސާގެ ދަހިވެތިކަމުގައި ނުޖެހި ގޮތެއް ނިންމާ.
ކޮވިޑަށްވުރެ ބޮޑު ބަލާވެރިކަމަކީ މިއޮއް އެޗްޕީއޭ! ހަމަ ތެދެއް ބިބުނީ!