ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ނޫނީ ތަރައްގީއާއި ކުރިއެރުން ނުލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ އެމްޑީޕީން އއ.ރަސްދޫގައި "އެމްޑީޕީގެ ރަށްވެހިފަތިސް އަލިވިލުން"ގެ ނަމުގައި ކުރިއަށް ގެންދާ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނޫނީ ތަރައްގީއާއި ކުރިއެރުން ނުލިބޭނެ ކަމަކީ ރާއްޖޭގެ ހުރިހާ ކައުންސިލަކަށްވެސް އޮތް ހަގީގަތެއް ކަމަށެވެ.

ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނޫން ގޮތަކަށް ކުރިއެރުން ނުލިބޭނެކަން ތަކުރާރުކޮށް ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، ވެރިކަން ކުރާ އެމްޑީޕީއަކީ މި ރާއްޖޭގައިވެސް އޮތް އެންމެ ބޮޑު އަދި އެންމެ ފުޅާ، އަދި އެންމެ ވަރުގަދަ ޓީމްކަމަށެވެ. މިއީ ރާއްޖޭގައި އޮތް އެންމެ ބަދަހި ޓީމްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"މި ހޮވޭ އެމްޑީޕީގެ ކައުންސިލް މޭޔަރުންނާ، ކައުންސިލް ރައީސުންނާއި އަދި މެންބަރުންނާއި، ޑަބްލިއުޑިސީ[ވުމެން ޑިވެލޮޕްމަންޓު ކޮމެޓީ]އަކީ މި ބޮޑު ޓީމުގެ އެއްބައި. ރަށާއި އަތޮޅާ ސިޓީގެ ކުރިއެރުމާ ތަރައްގީއަށް އެ ޓީމުން ޓަކިޖަހަން ހުރި ދޮރުތައް އެއީ ހަމަ އެ ޓީމުގެ އަނެއްބައި" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ކަމުގައި ވިޔަސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސްކަމަށްވިޔަސް މި ހަގީގަތް އޮތީ މިހެން ކަމަށާއި، އެމަނިކުފާނުގެ އުންމީދާއި އެދުން ވަރަށް ސާފު ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެކީ "އެއްވަލަށް ހިއްޕަވާ، މަރުކަޒީ ބާ އޮޑި ދިރުބަނލަށް" އެހެލާ ދެއްވުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ދަތުރަށް އެދޭ އެކަމަށް ފަރިތަ ކަނޑަށް ގަދަ އެމްޑީޕީގެ ހުރިހާ ކެނޑިޑޭޓުން މުޅި ރާއްޖެއިން ފެނިވަޑައިގަންނަވާނެ. ލާމަރުކަޒީ އާ އޮޑި ހަފޮޅުން އެ ކެނޑިޑޭޓުން އެތެރެކޮށްދެއްވާ. ރާއްޖޭގެ ލޮބުވެތި ރައްޔިތުން މި ދަތުރަށް އެމްޑީޕީ އާއި އެކު އެއްމާރަކުން ފޮށިތަންމަތި ބަންނަވާ" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމްޑީޕީއަށް ވީހާވެސް ގިނަ ބަޔަކު ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ އެމްޑީޕީގެ ފަރާތުން އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިބްތިހާބުގައި ވާދަކުރައްވާނީ "ދަތުރަށް ގަދަ" ކެނޑިޑޭޓުންނެވެ. އެމަނިކުފާނުގެ އިތުބާރު އެފަރާތްތަކަށް އޮތް ކަމަށް ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 1512 ކެނޑިޑޭޓަކު ވާދަކުރެއްވުމަށް ވަނީ ހަމަޖެެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އެމަންޖެ

  ގައުމުގެ ހަލާކު ކެނެރީގޭ ނަޝީދާ މޑޕ.

 2. Anonymous

  ޓީމެއްގެ ގޮތުގާ ކުރާތަން ފެންނަނީ ވައްކަމާ ރައްޔިތުންނަށް ބަލާ ޖެއްސުން

 3. ކޯއްޗެއްތޭ

  ލާމަރުކަޒީ ހާއްޔޭ ބާއްޔޭ ތާއްޔޭ ސާއްޔޭ ޖާއްޔޭ ރާއްޔޭ ކިޔާނެ ކަމެއް ނެތޭ މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓް ނަތީޖާ ނިކުންނާނީ ތަމެން ހީކުރި ގޮތާއި ހީކުރާ ގޮތާއި ގާތް ކުރާ ވެސް ގޮތަށް ނޫނޭ އެއަށް ފަހު ތަމެންގެ ހާއްޔަށް ތަމެން އެޅި ބިސް ތަމެން އަތުން ތަޅާ ބުރުއްސާ ތަން މަމެން ދެކެން ތިބޭނަމޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ...

 4. ހުސޭނުބޭ

  ކަލޭ ގެންނަ ތަރައްޤީ ފެނިފައި ލަދުން މިއުޅެނީ ދެފައި ކައިރިކޮށްލަންވެސް ނުކެރެގެން!