ދިވެހި ރައްޔިތުންނަކީ "ގަރަހިތަ"ތަކެއް ނޫން ކަމަށާއި ކައުންސިލްތަކުގެ ބާރު ކަނޑުވާލަން މި ހުރިހާ ދުވަހަކު މަސައްކަތް ކުރީ ކޮން ބައެއްކަން ދިވެހި ރައްޔިތުން ހަނދާން ނުނެތޭނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެމްޑީޕީ އިން ނިންމާލުމުގެ ގޮތުން މިހާރު އއ.ރަސްދޫގައި ކުރިއަށް ގެންދާ ބޮޑު ޖަލްސާގައި ވާހަކަ ދައްކަމުން މާރިޔާ ވިދާޅުވީ ކައުންސިލްތަކުގެ ބާރު ކަނޑުވާލަން މެދުނުކެނޑި ވޭދުވެދިޔަ ދުވަސްތަކުގައި މަސައްކަތް ކުރަމުން އައި ބަޔަކު މިއަދު ލާމަރުކަޒީ ނިޒާމޭ ކިޔަފައި ވާހަކަ ދެއްކިއަސް ރައްޔިތުން އެކަން ގަބޫލު ނުކުރާނެ ކަމަށެވެ.

"ކައުންސިލްތަކުގެ ބާރު ކަނޑުވާލަން މިއޮތް ހުރިހާ ދުވަހު މަސައްކަތް ކުރި މީހުން މިއަދު ނިކުމެ ކައުންސިލް އޭ، ލާމަރުކަޒީ އޭ ބުންޏަސް ގަބޫލުފުޅު ނުކުރައްވާތި. ދިވެހި ރައްޔިތުންނަކީ ގަރަހިތަތަކެއް ނޫން. ދިވެހި ރައްޔިތުންނަކީ ފުދޭ ވަރަކަށް އިނގޭ، ވިސްނުން ތޫނު ބައެއް" މާރިއާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެނޫންވެސް އެމްޑީޕީގެ އިސްވެރިން ބައިވެރިވި މި ޖަލްސަގައި މާރިޔާ ވަނީ އެމްޑީޕީ އާއި ވާދަކުރާ އިިދިކޮޅު ޕީޕީއެމްގެ ލޯގޯގައި އިންނަ ރުށްވެސް ފެންނަނީ ގުދަށް ކަމަށް ވިދާޅުވެ އެ ޕާޓީގެ ބޭފުޅުން ދައްކާ އެއްވެސް ވާހަކައެއް ސީދާ ވާނީ ކިހިނެތްތޯ ސުވާލު އުފައްދަވާފައެވެ.

"ބައްލަވާ އެމީހުންގެ ނިޝާނުން، އެމީހުންގެ ލޯގޯ، ކިހިނެތްތޯ އެމީހުން ބުނާ އެއްވެސް ވާހަކަ އެއް ސީދާ ވާނީ އެމީހުންގެ ލޯގޯވެސް އޮތީ ގުދުކޮށް. ދެން އެ އެއްޗެއް ތެދުވާނެ އެއްވެސް ގޮތެއް ނޯންނާނެ ނޫންތޯ؟ އެމީހުންގެ ލޯގޯވެސް އަދި އެނޫން ހުރިހާ ކަމެއްވެސް އޮންނާނީ ފެށުނު ގޮތައް، ގުދަށް" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވަނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަ ކުރައްވާ ރައީސް ޔާމީން ސަރުކާރުގެ ހައުސިންގެ މިނިސްޓަރު ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޕީޕީއެމް އިން ކެމްޕެއިން ކޮށްދެމުންވެސް އަންނަނީ ހަމައެކަނި ޑރ. މުއިޒަށް އެކަނި ކަމަށް ވިދާޅުވެފައެވެ.

ރަސްދޫގައި ކުރިއަށްދާ މި ޖަލްސާ އަށް މާލެ އިން އެތައް އޮޑިދޯނި ފަހަރެއް ގޮސްފައިވާއިރު، އެމްޑީޕީ އަށް ތާއިދު ކުރާ ފަރާތްތަކުން ދަނީ ރަސްދޫ އަށް ނުފައިބައި، އެރަށު ބަނދަރުގައި ދޯނިތައް އަޅައިގެން ޖަލްސާގައި ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ރަނޑާލި

    ތިކަން އެނގޭނުން ކޮންބައެއްގެ އަތުގަ މިފާއިތުވި އެގާރަ
    އަނހަރު ކައުންސިލް ތަކުގެ ބާރުއޮތީ ކޮންކަމެއް ކަލޭމެނނައްރައްޔިތުންނައް ކޮއްދެވުނީ ބާރުތައް އަތްދަށުލުންނޫން ދެން ތިލަފަތް އޮންނަނީ އެއް އަރިއައްދެން އެއައްއަޅާ އެއްޗެއްހަރުލާނީ ކިހިނެއް އެހަރުނުލާތަން މިދެއަނހަރު ފެންނަމުން މިދަނީ

    27
  2. ޙހހހ

    ޕޯޑިއަމްގައި ހުރި ކުލަތަކުން ޤައުމެއްގެ ދިދަ އާއި އެއްގޮތްގޮތެއް އެބަހުރި ، ހާދަ ހީވެޔޭ ކެމްޕއެއިން ޚަރަދު ބަޔަކު ގެ ދިދަ ހުންނަހެން

    21
  3. ގެރި

    ލާމަރުކަަޒީ އެއްވެސް ނޫން ކުރެވޭނީ.. ވައްކަން ނޫންކަމެއް ނުކުރޭ މި ރީނދޫ އެއްޗެހިންނަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު

    31
  4. ވެރިން

    ވަރަށް ރަނގަޅު ވާ ހަކައެއް، ދިވެހިން ހަދާނެއްނުނެތޭ ކަލޭމެން ހޭވި ހަޑިޔާ ޖެހި ސަކަރާތާ ފިދަނަށް ގޮވިހަދާން

    30
  5. ޅަބޭ

    އޭމިހިރަ އަންހެނާ، ގަރަހިތަވެސް ބުނި "ތިމަންނަމީ ގަރަހިތައެއް ނޫނޭ". ކަލޭމެން އެމްޑީޕީގެ ޕޯޑިއަމްތަކުގަ ހޯޔްޔޯޔްޕޯއި ލައްވާފަ ކުއްލިއަކައް ޑިފެންސު މިނިސްޓަރުކަން ހޯދައިގެން ކީކޭކިޔަން ތިއުޅެނީ.......

    23
    1
  6. ކަންނުވީމަ ކަނޑުނުބައި

    ބަރާބަރު ގަރަހިތކައް ހަދައިގެންނޫންތޯ ތިޔަ ގެންގުޅުންވަނީ ތިމާޔާ ތިމާގެ އނބިދަރިންގެ ބޯހިޔާވަހިކަމުގެ ހައްގު ހޯދާނުދީ މަޖްލިސްގައެތައް އަހަރަކު އިންނަވާފައި މަންޗަންގޯޅީގެ ގެތަކުގެ ފާޙާނާތަކައް ދަންދެން ހަލާކްވެފައޭ ކިޔައިގެން ރައްޔިތުން ގަރަހިތަޔައް ހައްދަވާވޯޓްހޯދި ހަދާން ނެތުނީތޯ މަޖްލިސް އިންތިހާބްގަ ގޭގެޔައްވަދެ ބިމުގެ ދަތިވާހަކަ ދައްކައިގެން ގަރަހިތަޔައް ހަދާފައި މިހާރު ތިޔާ އުޅެނީ ކައުންސިލް އިންތިހާބައެް މާލޭގެ ރައްޔިތުން ގަރަހިތަޔައް ހަދާކައްނޫންތޯ ބާތްކަރތާޙުން

    20
  7. މާރިޔާ

    ނޮވެމްބަރު 3 ގައި ދިވެހި ސިފައިން ފިލީ.

    17
  8. ތިއްތަ

    އާދެ ، ޢާދެ...ދައްތަ ތިބުނީ ހަމަ ރަގަޅު ވާ ހަކައެއް.ދައްތަ ޔަށް ގަރަ ހިތައެއް ފެނުނިއްޔާ އެގޭނެބާ؟.

    18
  9. ެއިސްމާލު

    ދިވެހިންނަކީ ހަނދާން ގަދަ ބައެއް ދައިތަ ގާނޫނުއަދާސީ ފެހިގޮތައް ކޮޅުފައިން އަރާފަހުރި މީހެއް ހަނދާން އެބަހުރި..ވިސްނަބަލަ މުޅި ދިފާއީ ބާރުގެ އަގުތިޔަވައްޓާލަނީ ..ހުރިހ ހާއޮފިސަރުންނައް ދުވާލުދެދަޅައައް ކުރިއެރުންދީފައި އެން މީ ހުނަކީ ކަޗޯރުންކަމުގައި ތިޔަހަދަނީ ކޮބާތޯ އިންސާފު..މަށަކީ ލޯޔަރެކޭ ކިޔައިގެން..ލަދުކުޑަ

    20
  10. އަސަދު

    ތިޔަވިދާޅުވީ ރަގަޅަށް ދިވެހިރައްޔުންނަކީ ގަރަހިތަތަކެއްނޫން މިކަމުގެ އެއްވެސް ޝައްކެތްނެތް! އެހެންނަމަވެސް ދިވެހިން ފަޚުރުވެރިވާ ސިފައިންނަކީ ފިދަނަ ތަކެއް ކަމަށް ވިދާޅުވި ވިދާޅުވުން ރައްޔިތުންނެއް ހަދާންނުނެތޭނެ! އަދިވެހިން އެބައިމީހުންގެ ކަންކަން ހަމަހަމކަމާއެކު ހިންގުމަށް ހެދި ގާނޫނު އަސާސީގެ މައްޗަށް ލައިވުޓީގައި ދައްކަމުންދަނިކޮށް ކޮށްޅަށް އަރާހުރި މަންޒަރުވެސް ދިވެހިން ހަދާނެއްނުނެތޭނެ! މިވަރުން ކަމަނާއަށް ފުދޭނެ ކަމަށް ހީކުރަން!

    18
  11. ގަރަމަރިޔޮ

    މެގަ މޯލްޑިވްސް އެއަރ ލައިން ވައްގަން ނެގިކަމާއި ދިވެހި ސިފައިންނާއި ފުލުހުންގެ ގައިގައި ތަޅާނެ ކުދިން ހޯދިބަޔަކާއި ގާނޫނު އަސާސީ މައްޗަށް ފައިން އެރި މީހުން ރައްޔިތުން ހަދާން އެބަހުރި. މުޖުރިމު.

    26
  12. ނައިނާ

    ދިވެ ހި ސިފައިންނާއި ފުލު ހުންނަކީ އެކަމަކުވެސް ތިބުނި ޒާތުގެއެއްޗެކޭ ދޯ ތިޔަބުނީ؟؟ އެމީ ހުން ފަަ ހަތުން ހޯއްގޮވަމުން ބޮލަށް އަރަމުން އައުގުރާނަ ގޮވަމުން ފުރައްސާރަކުރަމުން ހިނގާދުވެ ހެދި މީ ހެއް މިއަދު މިނިސްޓަރަކަށް އެމީ ހުންގެ އަމަޔަކަށް ތިޔަހ ހުރެގެން ވަށްބަ ހުން މިއަދުވެސް ތިޔަ މަލާމަތްކުރަނީ!! ޒާތެއްގެ ފުރައްސާރައެއް ތިކުރަނީ!!

  13. ލލ

    "ރައްޔިތުންނަކީ ފުދޭ ވަރަކަށް އިނގޭ..." ފުުދޭ ވަރަކަށް އިނަގޭ ބައެކޭ!!

  14. އެމަންޖެ

    ދިވެހި ރައްޔިތުންނަކީ "ގަރަހިތަތަކެއް" ކަމައް ދެކިގެން އުޅުއްވަނީ މޑޕ ބޭފުޅުން.

  15. ގލ

    އެހެން ވީމައޭ ވޯޓް ނުދޭނީ. މިފަހަރު ނުދޭނެ ވޯޓެއް.

  16. ހުސޭނުބޭ

    ދައިތާ! ދައިތައަކީ ބޮޑު އުނދަގުލެއް! ސިފައިންނަށް ހުރި ހުތުރެއް!

  17. ގުރަހަ

    ގަރަހިތަ ތިބެނީ ރީދޫއުގުޅައިގެން

  18. ނަސޭހަތް

    ގާނޫނޫ އަސާސީ އަށް ފައިން އެރި ހަމައެކަނި މީހަކީ ތި މީހާ. ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ކުފޫ ހަމައެއް ނުވެ.
    ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް. މުޅި ގައުމުގައި އަލިފާން ޖެހި ބައިގަނޑު.

  19. ގުދުދައިތަ

    ކަލޭމެން ކުރަހާފަ އިންނަ ތިލަފަތް ހަމަހަމަކޮށް ފެންނަން އޮތަސް ކުރާ އެއްކަމެއްވެސް ހަމަހަމަކަމާއެކު ނުކުރޭ. އަދި ގިނަ މީހުންނަށް ހަމައިގަ ނުތިބެވޭ. ޕާޓީގަ ހަމައިގަ ނުތިބެވޭ މީހުން ޖިންސީ ފުރައްސާރަ ކުރީމައާ ދީނަށް ފުރައްސާރަ ކުރީމަ އެމީހުންނަށް ހިމާޔަތް ދިނުން އޮންނަނީ. 13 އަންހެނުންނާ ބެހުނީމަ އެމީހާ އަޑިއަޑިން ރާވައިގެން ފުރުވާލުން އޮންނަނީ. އަސްލު ވައްކަން ކުރި މީހުންގެ ބޭނުން ހިފައިގެން ރުޅި އަންނަ މީހާ ޖަލަށްލުން އޮންނަނީ. ވެރިކަމުގެ އާއިލާ އެންމެންނަށް ވަޒީފާ ދިނުން އޮންނަނީ. މީހަކު އަޅާ ނިންމާފަ ހުރި ފްލެޓްތަކެއް އެ ހައްގުވާ މީހުންނަކަށް ހަވާލުކުރާކަށް ނޭނގޭ. އަޅާދީފަ ހުރި ހޮސްޕިޓަލެއް އޭގެ ގޮތުގަ ބޭނުންކުރާކަށް ނޭނގޭ. ގައުމު ދެރުވީ ކަމަށް ގޮވި ބައިގަނޑު އަރާ އެއަށްވުރެ ބޮޑަށް ގައުމު ދަރުވާލީ. ފައިސާ ކަނީވެސް ގުދަށް ތިބި މީހުންނަށްވުރެ މާ މޮޅަށް. ގުދަށް އޮންނަ އެއްޗެހީގެ ވާހަކަ ނެތް ކަލޭމެންނަށް ދެއްކޭކަށް..

  20. އަޒް

    މީމިބައިގަޑު ރައިތުން ދޭކޭގޮތް، ގަރަހިތަކޭ މޮޔައެކޭ ގޮވާކައް. މާތްާﷲ ގެ އިރާދަފުޅުން ތިބައިގަޑުފެއިލްވާނެ