އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް އަންނަ އަހަރުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ހިމަނާނެ ކަމަށް ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އއ. ރަސްދޫގައި މިހާރު ކުރިއަށްގެންދާ "އެމްޑީޕީގެ ރަށްވެހިފަތިސް އަލިވިލުން" ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރައްޔިތަކަށް ރަށެއްގެ ވެހިކަން ލިބޭ ފަދައިން ގެއެއްގެ ހިޔާވަހިކަންވެސް ލިބެން ޖެހޭ ކަމަށެވެ. އަންނަ 2022 ވަނަ އަހަރު ހަމައެކަނި އަތޮޅުތެރޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ވެސް 1.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެ ބަޖެޓާއި އެކު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހިޔާވަހިކަން ފަތުރާލެވޭނެ ކަމަށެވެ. ޒަމާންތަކެއް ވަންދެއް ރަށުގައި ނުހެދި ހުރި ގެތައް ދެކެދެކެ ލޯތަށް "ވާޅުވެއްޖެ"ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ސަރުކާރުން މިއަހަރު ދޫކުރަން ފަށާ ލުއި ލޯނު ސްކީމްގެ ސަބަބުން އެގެތަކުގެ މަސައްކަތް އަލުން ފެށޭނެ ކަމަށެވެ.

މީގެ އިތުރުން މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްގެން މެނުވީ ލާމަރުކަޒީ ނިޒާމު ވަށައި ނުޖެއްސޭނެ ކަމަށެވެ. އެގޮތުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލޭގެ ބިމުގެ ދަތިކަން އޮތް މިންވަރު ސިފަކޮށްދެއްވަމުން ރައީސް ވިދާޅުވީ މާލޭގައިލާ ހަމަ ނޭވާގައިވެސް ވަނީ ވޭނާ އުދާސް ކަމަށެވެ.

"ފެށިސްޔަ ނުނިމޭނޭ، ނިމުނަސް ނުލިބޭނޭ، ލިބުނަސް ނުވަދެވޭނޭ. މިއީ ހައްތަހާވެސް މިކަމުގެ ހައްސާސީ އިހުސާސްތައް. މާލޭގެ ހާސްކަމަށް ލުއެއް ހޯދުމުގެ ގޮތުން މިއަހަރު އެކަނިވެސް 5000 ހައުސިން ޔުނިޓުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް ދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމާޒަކީ މިހާރު ޕްލޭން ކުރެވިފައި އޮތް 5000 ހައުސިން ޔުނިޓުގެ މަސައްކަތް 13،000 ހައުސިން ޔުނިޓަށް ބަދަލުކުރުން ކަމަށާއި، އެކަމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

ބޯހިޔާވަހިކަމަކީ މުޅި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަށްވާއިރު، މި މައްސަލަ ތަހައްމަލު ކުރަމުން އަންނަ ފަރާތްތައް މާލޭގައި އަދި އަތޮޅު ތެރޭގައިވެސް އެބަ ތިއްބެވެ. އަތޮޅު ތެރެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ފްލެޓުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުން އަންނަ އިރު، ސަރުކާރުން އަންނަނީ ގެދޮރު އިމާރާތް ކުރުމަށް ހާއްސަ ލުއި ލޯނުތަކެއްވެސް ރައްޔިތުންނަށް ދޫކުރަން ފެށުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތާހިރުކުރާދޯ

    ތަމެން އަނެއްކާ މަމެން ޕުއްޕު ލުމުން ގައިން ތާހިރު ކޮށްދޭން އަންނަނީތޭ އެހެންތޭ އަންނަގަ މަމެން ޕުއްޕު ދޮއްވަން ތަމެން އަންނަގަ އަންނަގަ ގައިން ތާހިރުކުރަން އަންނަގަ ތަމެން ދެން މަމެން ގޯއްޗަށް ގައިން ތާހިރު ކުރާ ގައިންތާހިރުކުރާދޯ...

    5
    1
  2. Anonymous

    10 ބިލިއަންވެސް ހިމެނިދާނެ ނަމަވެސް ނެތް ފައިސާއަކުން ރައްޔިތުންނަށްގެނެސްދެވޭނެ ތަރައްޤީއެއް ނެތޭ.
    މިހުުރިހާ ދުވަހުވެސް ނުވިކަމެއް މާދަމާވެސް ނުވާނެ. އަދަދު ޖަހާޖަހާ ތިބެވިދާނެ ޢަމަލަކުން އެކަމެއް ނުދެއްކޭނެ.

  3. ވެރިން

    އިންތިހާބު ކާރިވީމް ދޯ އަތޮޅު ތެރޭ މީހުން ނަށް ބޯހިޔާވަހިކަމާ އެހެން ކަންކަން ބޭނުން ވާނެ ކަން އެގެނީ.އުސޫލެއްގެ ގޮތުން ބަލާނަމަ މިޔަށް ކިޔޭނީ ކޮރަޕްޝަނޭ، މަގާމުގެ ބާރު ބޭނުން ކޮށްގެން ރައްޔިތުންނަށް އޮޅުވާލާ މަކަރާ ހިލަތުން ތިމާ ސަޕޯޓުކުރާ ބަޔަކަށް ވޯޓުހޯދަ ދޭން އުޅުން.

  4. ހުސޭނުބޭ

    ދޮގު އިބުރާހިމާ! ކަލޭ ކޮންމެ އަހަރަކުވެސް ތިހެން ކިތައް ކިތައް ބި؛ިޔަން ހިމެނީމުތަ؟ މަޝްރޫޢެއް ނުހިނގާ! އެކަމަކު ބަޖެޓް ހުސްވޭ! ކޮބައިތަ މާލޭ ހުރިހައި މަގެއް އަލުން ހެދުމަށް ކަނޑައެޅި ބޮޑު ބަޖެޓް!