2018 ވަނަ އަހަރު މިހާރު ވެރިކަންކުރާ އެމްޑީޕީ ވެރިކަމަށް އައި ފަހުން މާލޭގައި ފެންބޮޑު ނުވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިރޭ އއ.ރަސްދޫގައި ކުރިއަށް ގެންދިޔަ "އެމްޑީޕީގެ ރަށްވެހިފަތިސް އަލިވިލުން" ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ މީގެ ކުރިން ރާއްޖޭގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދި މިހާރު މާލެ ސިޓި މޭޔަރުކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. ޝާހިދު ވަނީ ޑރ. މުއިއްޒަށް "މުޅި މާލެ ފުނޑާލި" މުއިއްޒުގެ ނަމުން މުހާތަބުކޮށް ގޮންޖައްސަވާފައެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި މުޅި ރާއްޖޭގައިވެސް ކުރިއަށް ގެންދިޔަ އެންމެ ބިޔަ މަޝްރޫކަމަށްވާ "ސިނަމާލެ ބްރިޖް"އަށް އަލިއަޅުވާލައްވައި ޝާހިދު ވިދާޅުވީ ބްރިޖް އެއޮތީ އަޅާފައި ކަމަށާއި ބްރިޖު އެޅުމަކުން މައްސަލައެއް ނެތް ކަަމަށެވެ. އެހެން ނަމަވެސް ބްރިޖް އެންމެ ފުރަތަމަ ހަދާނެ ކަމަށް ބުނެފައި ވަނީ މިހާރު އޮތް ވަރަށްވުރެ ދެ ލޭނު އިތުރުވާ ގޮތަށް ކަމަށާއި، އެ ލޭނުތައް ވީ ކޮންތާކުތޯ ޝާހިދު ސުވާލު އުފެއްދިއެވެ.

"އަޅުގަނޑުގެ މައްސަލައެއް ނެތް ދަރުމަވަންތަ ހޮސްޕިޓަލާ މެދުއެއް. އެއީ އަޅުގަނޑުމެންނަށް ބޭނުންވާ ހޮސްޕިޓަލެއް. އަދި އެ ހޮސްޕިޓަލު މޯގޭޖްކޮށްގެން ސަރުކާރުން ރައްޔިތުންނަށް ފައިސާ ހޯދަން މަސައްކަތްކުރުމަކީވެސް މައްސަަލައެއް ނޫން. އަޅުގަނޑުގެ ހަމައެކަނި މައްސަލައަކީ އަޅުގަނޑުމެންނަށް ފުރަތަމަ ފެނުނު އިރު ދެ ޓަވަރު ހުއްޓޭ. ކޮބައިހޭ އަނެއް ޓަވަރު" މިނިސްޓަރ ޝާހިދު ސުވާލު އުފެއްދެވިއެވެ.

ދެވަނަ ޓަވަރެއްގެ ގޮތުގައި މޯގޭޖުކުރަން ހުންނެވީ މުއިއްޒު ކަމަށް ވިދާޅުވެ ޝާހިދު ވަނީ މުއިއްޒަށް ފާޑު ވިދާޅުވެފައެވެ.

މާލޭގެ އިސްލާމީ މަރުކަޒުގެ ކުރިމަތީގައި މާބަލް ޖަހަންކަމަށް ވިދާޅުވެ ޖެހި މާބަލް ހަލާކުވަމުން އަންނަ ކަމަށާއި، އެއީ ދިވެހި ރައްޔިިތުން ސަޖިދަޖަހާ ވަރުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި މާލޭގެ ހުޅަނގު ފަރާތުގައި އަޅާފައި އޮތް ޓްރެކް އޮޅިގެން ދުވާ މީހުންގެ ފަޔަށް އަރަމުން ދިޔަ ކަމަށާއި، އެކަންވެސް އެންމެ ފަހުން ހައްލުކުރީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ހުރިހާ މައްސަަލަތަކެއްވެސް ދިމާވަމުން އަންނަނީ ކުރީސަރުކާރުގެ ވައްކަމުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ މާލޭގައި ހުރި "ކަޅުވަކަރު މިސްކިތް" ނަގާ ފޮއްޓަކަށް ލައިގެން ބޭރު ގައުމެއްގެ ވެރިއަކަށް ހަދިޔާކުރަން އުޅުނުކަމަށް ތުހުމަތުކޮށްފައެވެ.

"2018 ވަނަ އަހަރުގައި ކެރިކޮޅެއް ވެހިއްޖިއްޔާ ބޮކިޖަހާފާ ބިމު އަޑިން އެ އަރަނީ މުއިއްޒު. އަޅުގަނޑުމެން މިހާރު 2018 އިން ފެށިގެން މިހާތަނަށް އައި އިރު މާލެ ފެންބޮޑުވެގެން ބޮކިޖަހާފައި މުއިއްޒު އަރާތަނެއް ނުފެނޭ" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. ޖަޒީރާ ކާފަ މީދާ

  ފެނެއް ބޮޑެއް ނުވާނެ. މިހާރު މަގުމަތިން އެފެންނަނީ ގެރީގެ ކުޑަކަމުދާތަކެތި ދެއްތޯ

  58
  1
 2. ކާޕެޓް

  އުދުހޭ ކާޕެޓް އުދުހޭނޭ

  52
 3. ގެރި

  ރައީސް ޔާމީން ދޯ މި 3 އަހަރު ވައްކަންކުރީ..ވެންޓިލޭޓަރާ ކާޕެޓާ ފައިފުއްސާ އެއްޗެހިވެސް ދިރުވާލީ ރައީސް ޔާމީން ދެއްތޯ.. ނުވިތާކަށް ގައުމު ވިއްކާ ހުސްކޮށްފި

  64
 4. ގެރި

  ފެނެއްނޫން.. ގެރީގެ ކުޑަކަމުދާ ތަކެތި މަގުމަތިން ފެންނަނީ

  57
 5. އާރ ޔޫ ލޮސްޓް ބޭބީ ފައިފުހި

  އިސްތިއުފާ

  55
 6. ޒާ

  މާލޭގައި ނޫޅޭ ރާއްޖޭން ބޭރުގާ އުޅޭ ކަނުންނަށް ނުފެންނާނެ ފެންބޮޑުވާތަނެއް

  57
  1
 7. ޢަންމާރު

  ތިޔަ ކަމުގެ ހުރިހާ ޝުކުރެއް ހައްގީ ކުރީ ސަރުކާރަށް.. އެހެނީ ވެރި ކަަމަށް އެރި ދުވަހުން ފެށިގެން ވީ މޮޅެއްގެ ހައްގުވެރިޔަކަށް ވާނީ އޭގެ ކުރީގެ ވެރިޔާ.. ޝުކުރިއްޔާ ތަރައްގީގެ ބާނީ ރައީސް ޔާމީން

  62
  1
 8. ބޭރުމީހާ

  ކިހާވަރަކަށް ފެންބޮޑުވީމަތޯ ފެންބޮޑުވިކަމަށް ވާނީ؟
  ޢަބްދުﷲ ޝާހިދު ހުންނެވީ ހަމަހޭގަތޯ ހިތަށްއަރައެވެ.

  54
 9. ނަމަ

  އެމްޑީޕީ ވެރިކަމަށް އައިފަހުން ޝާހިދު ހުންނަނީ ލޯފަން މީހަކައްވެފަބާ

  52
 10. ޟޜ

  ހހަމަ ހީހީ ހަލާކު

  42
 11. ހަގީގަތަކީ

  އެމްޑީޕީ ވެރިކަމަށް އައިފަހުން މާލޭގައި ފެންބޮޑެއް ނުވޭ - ޝާހިދު މާލޭގެ ރައްޔިތުންނެއް ފެންބޮޑުވެގެން މުސީބާތަކައް ވެގެން އުޅުނުހަދާނެއް ނެތް ޙުދު ތިމާޔާތިމާމީހާގެ އަނބިދަރިންގެ ހައްގު ހޯދާދޭން މަސައް ކަތް ނުކުރާމީހަކައް ބަޔަކައް ކޮއްދެވޭނީ ކޮންކަމެއްތޯ ތިމާމީހާ މިމާލޭގެ ރައްޔިތުންނައް ޗިޕް ޖަހަހައިގެން ކިތައް އަހަރު މަޖްލިހުގައި އިންނެވިންތޯ މާލޭގެ ރައްޔިތުންނަށް ބިންހަރާމް ވޯޓްހަލާށކްކޮއްގެން ކިތައް އަހަރުތޯ ތިޔަތިއްބަވަނީ ގާނޫނު އަސާސީގަ އޮއްކަމައް ބުނާ ހަމަހަމަ ކަން ކޮބާތޯ ރައްރަށުގަ ކޮންނަބޯޓް ގެންގޮސްގެންވެސް ބިންހިއްކާފަ ހިލޭދެވޭ މާލޭގެ ރައްޔިތުމީހާ ޒުވާނާޔައް ނުދެވޭ އެކަމަކް ވޯޓް ހޯދަން ލަދުވެތި ކަމެއް ނެތި ސަލާންޖަހަން އާދެވޭ މީކޮންކަހަލަ އަރަތެއްތޯ

  40
 12. 👏👏

  ސާބަހޭ އެމްޑީޕީ 👏👏👏👏

  5
  42
 13. ނާޝިޒު

  މިހާރު ބޮކިޖަހާފަ އަރަނީ ނުރައްކާ ތެރިކޮރޯނާ ވައިރަސް ދެއްތޯ

  42
 14. އަނަސް

  ތިޔަވިދާޅުވީ ރަގަޅަށް ތިޔަ ބަރަކާތްތެރި ޕާޓީ ވެރިކަމުގައި ތިބިހައިހިދަކު މާލޭގެ މަގުތަކުގައި ފެނެއްް ބޮޑުނުވާނެ! ނަމަވެސް ވައްކަން ރޭޕު ލާދީނީ ގޮތްނޭގޭ މަރު މިކަންކަން އިތުރުވެއްޖެ!

  43
  1
 15. މޯދި

  މަނިކުފާނު ގަމާރު ފުޅުވިއަސް ތީ ބޮނޑުވަރު އެއްމެފަހުން ވާރޭވެހުނު ދުވަހުވެސް މުޅި މާލޭގަ އޮތީ ފެންބޮޑުވެފައެވެ.

  50
  1
 16. ހަހަ

  އެންމެ ފަހުނ ފެންބޮޑު ވި ދުވަހު ބޭފުޅާ ނިދާފަ ދެއްތޯ އޮންނެވީ ؟ 😂

  50
  • ހުސޭނުބޭ

   ދެން ފެންބޮޑުވާ ދުވަހަކުން ކަލޭމެން މީނަ ހަތަރެސްފައިގައި ހިފާފައި ގެންގޮސް ފެންގަނޑުތެރެއަށް އެއްލާލަބަލަ!

   13
 17. ސަރުބަތު

  ހިދުކޮޅު އަންނަމީހެއްތާ. މާލެޔަކައް ޔާމިންގެ ވެރިކަމުގަ ކޮންމެދުވަހަ ވާރޭވެހޭތީ ޝާހިދުމެން މަގުމަތީގަ އުޅެނީ ހިގާފަ. އެކަމަކު މިވެރިކަން އައިފަހުން އަދިވާރެއެއް ނުވެހޭތީ އެއްވެސް މަގެެއް ތެމިފައިވެސްނުވޭ. ޝާހިދުމެނައް

 18. އަލީ

  ފެންބޮޑެއް ނުވާނެއެއް ނޫން. މުޅި މާލޭ މަގުތަކުގަ ވަގު ކާޕެޓް އަޅާފަވީއްޔާ އޮތީ

 19. ކުޑަސޮރު

  ތިނޫން ގޮތަކައް ވަކަރުގޭ ބާޒާރުމަތީ ބަހުންނޫން ގޮތަކައް މާތްބަހުން ވާހަކަދައްކާފަ ދެންގޮސްޖިހޭނީ އިސްތިއުފާ ދީފަ ގެޔައްދާ އަންނި ރުއްސަވާނީ ތިބަހުން ވާހަކަދެއްކީ ކާޕެޓާ ލިފްޓްދައްކާލިނަމަވެސް ރަނަގަޅުވީސް

 20. މަލިކާ

  miverikamuga vaarenުves vehey dhenkonfenehboduvaani

 21. މުހައްމަދު އަންޖުމް

  ތިޔަބުނެވުނީ ކީކޭތަ ގައިމު ތިމާމެންގެ ކަންތަށް ފެށުނު ފަހުން ކަމެއްރަގަޅުކުރާކަށް ނޫޅޭ އާން ޔާގޫތުގޭދޮށުގަ ގައުއަތުރައިގެން އުސްކޮށްގެން ދެންހުރިމަގުތަކަށް ފެން ފޮނުވާގޮތްހެދި ނަމަވެސް ފެންބޮޑެއްނުވި މާނައަކީ ކުރީސަރުކާރުން ކޮށްފައިވާ މަގުހެދުމަކީ ރައްޔިތުންނަށް އިޚްލާސްތެރިކޮށް ކޮށްދިން ކަމެކޭނު

 22. ޞޮދުވަގު

  ރައީސް އޮފީސް ދަވާލައިގެން 10 ބުރިޔައް ގެ ހަދައިގެން ހުރި މީހެކޭ މި ފުއްޕަނީ.

  10
 23. ޔސރ

  ތި ގޮލައިންގެ ސުންޕާ ބޮޑު ކަމުން ވާރޭ ނުވެހެންޔާ ފެން ބޮޑެއް ނުވާނެއެއްނު

 24. އަނިޔާ

  މަގުމަތީގަ ކާޕެޓް އަޅާފަ އޮތީ

 25. ސޭޙް

  މިހާރު މާލޭ މަގުމަތިން ފެންނަނީ ރާ ފުޅި ފުޅި،

 26. އަހުމަދު ނީޒް

  ލޮލުގެ މައްސަލަ އުޅެކަމަށް ފެންނަނީ. ދެން ކުރީ ސަރުކާރުގަ ކޮވިޑެއް ވެސް ނެތް. މީމީ ހުން ދައްކާ ކަ ހަލަ ވާ ހަކަ ތަ ?

 27. ބާހިދު

  އއ. އަށް ގޮއްސަ ކެމްޕޭން މިކުރަނީ އެންޓިކެމްޕޭން މުއިއްޒުއަށް. މީމިހުންގެ ފެންވަރަކީ. އެވާހަކަތައް ދައްކަން އެހެން ރަށަކަށް ނުގޮސް މާލޭގަ ހުރެގެން މޮޔަގޮވިނަމަ.

 28. ރާކަނި

  ވާރޭ ފެނަކީ ﷲ ގެ ރަހުމަތެއްތޯ؟ އެހެންވީއިރު ކޮންމެ ފަހަރަކު މޑޕ ވެރިކަމަށް ހަމަ އަންނަ އިރަށް ﷲ ގެ މުސީބާތަކާ މިރައްޔިތުން ކުރިމަތިލާން ޖެހެނީ ކީއްވެތޯ؟ އެއިރުން އެގެނޭ ވާރޭ ނުވެހޭ ސަބަބު ވާރޭ ފޮދެއް ވެހިއްޖެއްޔާ ކަކޫތާ ފެނުގައި ވިސްނަވާ ﷲ ތިބާޔަށްވުރެން މަތިވެރިކަން. ތިޔައީ އުސްތާޒުލް ޖީލުގެ ދަރިވަރެއްތޯ؟ ތިޔަހާ ލާދީނީ ވެގެން ތިޔަ އުޅެނީ.

 29. މައިތިރި

  ކަލޭމެން އިއްޒަތްތެރިން ކާރު ކޮޅުގަ އުޅުއްވާތީ ނުފެނުނަސް އަޅުގަނޑުމެން ނިކަމެތިން ވެހޭހާ ވާރެޔެއްގަ ފައިވާން ތެންމައިގެން ހިނގަންޖެހެނީ

 30. ޙހހހ

  ﷲ އިންސާނެއްގެ ހިތުގައި ސިއްކަޖެއްސެވުމަށްފަހު އެމީހަކުވަނީ ގެއްލެނިވެ ހަލާކުވެފައި ، މިއަދު މީނައަށް ވެފައިއޮތީ މިހެން. ޢިންސާނަކު ނުބާނުލަފާވާނީ މިމިންވަރަށް ، ކަނޑައެޅިގެން ދޮގު އެހަދަނީ ، ދަހިވެތިކަމުގައި އެވަނީ ﷲގެ އަޒާބު ފަހަނައަޅާގޮސްފަ