ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި އެ ހާލީގައި އެހެން ބަޔަކަށް ބިސް ނޭޅޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އިން ކުރާ "ރަށްވެހި ފަތިސް" ކެމްޕޭން ނިންމާލުމުގެ ގޮތުން އއ.ރަސްދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ނަޝީދު ވަނީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އުފެއްދުމަށް ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމް އިން މަސައްކަތަ ކުރިއަސް ލާމަރުކަޒީ ނިޒާމަށް ވެރިނުވެވޭނެކަމަށް ސިފަކޮށްފައެވެ.

"ލާމަރުކަޒީ ނިޒާމަކީ ޝައްކެއްވެސް ނެތް، އެމްޑީޕީގެ އުފެއްދުމެއް. މިއީ ހާއްޔެއް. މިއީ އަޅުގަނޑުމެން ހަދައިގެން އުޅޭ ހާއްޔެއް. މި ހާލީގެ ކޮންމެ ނަރުފުކެއް، ކޮންމެ ފަތްކޮޅެއްވެސް ގޮސް އެ ގަހުގާ ބޭއްވީ އަޅުގަނޑުމެންގެ ތުނބުން. މި ހާއްޔަށް ބިސް އެޅީވެސް އަޅުގަނޑުމެން ބިސް ފީކުރީވެސް އަޅުގަނޑުމެން. އެ ދޫނި އުދުހެމުން ދެ ފިޔަ ލައްޕާ، ހުޅުވަމުން މާ އުފަލުން އެ ދަނީ މުޅިން އައު ރަންރީނދޫ ފަތިހަކަށް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ޕީޕީއެމް އިން މަސައްކަތް ކުރިއަސް އެމްޑީޕީގެ މި ހާއްޔަށް ބިސް ނޭޅޭނެ ކަމަށެވެ. މީގެ އިތުރުން، ލާމަރުކަޒީ ނިޒާމެއްގައި އެއްވެސް ރަށެއް ބާކީ ނުވާނެ ކަމަށާއި ކޮންމެ ރަށަކަށްވެސް ނާރެހަށް އެރުމުގެ ފުރުސަތު އެ ކަައުންސިލެއްގެ އަތްމަތީގައި އޮންނާނެކަން ފާހަގަކުރައްވާފައެވެ.

މާލެއިން ގިނަ އަދަދެއްގެ މީހުންނާއި އެކު އޮޑިދޯނި ފަަހަރުގައި ރަސްދޫ އަށް ގޮސް އެރަށު ފަޅު ތެރޭގައި ބޭއްވި މި ޖަލްސާގައި ރައީސް އިބްރާހިމް މުހަައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީ އާއި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އެމަންޖެ

    ތިޔަހާލީގަ ހާއްސަކޮއް ނަޝީދު ބަނޑުން ޕޕމ އައް ބިސް އަޅުއްވާނަން.

  2. މުހައްމަދު އަންޖުމް

    ބަލަގަ މިހިރަ ގަމާރާ އެއްއިރެއްގަވެސް ބަޔަކުނޫޅޭ ތިޔަޒާތުގެ މުޑުދާރު ވައްކަން ތަކެއް ކުރާކަން ތިމާމެންނޫނީ އިތުރު ބަޔަކުކަމެއްކުރާނަމަ އެކުރަނީ ވައްކަމެއްކަމުގައި ހަދައިގެން ތިމާމެން ތިޔަހިންގާ ޖަރީމާތަށް ވަރުވެބަޔަކު ނެއްކަމަށް ހީކުރަނީތަ ބަލަގަ ތިޔަޒާތަށް ފިރުއައުނުތައްވެސް އުޅުނޭ ނަމަވެސް ވަގުތުޖެހުނީމަ ނެތިގެންދިޔައީ އެހުރީ އެކަންކަން ފެންނަން ހަމައެހެން ވާނެ ތިޔަނުބައި ދުލުގެ ވެރިޔާއަށްވެސް އެކަންދަންނާތި .. ..

  3. ސުނާޑެ

    ޢަމިއްލައަށް ހިނދުކޮޅުގައި ބިސްއަޅާލަ

  4. އަނަސު

    މިހާރުއޮތީ ބިސްއަޅައިފައި ދެންތިބައިސާ ކެޑުން ހުއްޓާލާ! މިހިރަ މުޑުދާރު މީހާގަޑާ އަނަސެއް ނުހޮވޭ ފިޔާތޮށި މަލުން ޖަރީވެގެން މީހެއް ތިބުނާ ހާއްޔަށް ބިސްއަޅައި ނިންމައިފީ!

  5. ވެރިން

    މައުމޫނުގެ 30 އަހަރު ވެރިކމުގަ ވެސް އޮތީ މިކަހަލުގެ ލާމަރުކަޒީ ވެރިކަމެއް މިހާރާ އެހާރާ ތަފާތަކީ ހަމަ އެކަނި ކިޔާ ނަން ތައް، މިހާރުވެސް އޭރުވެސް މާލެ ސަރުކާރުން ހުއްދަ ދިނީމަ އެއްވެސްަމެއް ކުރެވެނީ

  6. ވެރިން

    ކޮއްމެ އިންތިހާބެއް ކާރިވީމަ އަރާތިބެގެން މޮޅެތި ވާހަކަ ދައްކާނެ އެއްވެސް ޕާޓީ މީހަކަށް ވޯޓު ދޭނެ ކަމެއް ނެތް އަމިއްލަ ކެންޑިޑޭޓުން ހޮވަންވީ އޭރުން ޕާޓީ ބޮޑުންނާ ޕާޓީން ފިތާ ފިތުމުން އެއްކިބާވެ ރައްތިތުން ނަށް ކަންތައް ކޮއްދެވޭނީ

  7. ހުސޭނުބޭ

    ކަލޯ ދަންނަނަމުތަ ލާމަރުކަޒީ ނިޒާމު! ކަލޯނޫންތަ ކައުންސިލްތައް ހިލިހިލާޖަހަންވެގެން ޕްރޮވިންސް އޮފީސްތަކެއް އުފެއްދީ! ކަލޯއަށް އެގޭނީ ހަމައެކަނި ޖަންގަލީ ނިޒާމް!

  8. އަހްމަދު

    ދުވަސްކޮޅަކުން ހިޔާނާތުގެ މައްސަލަ އެއްމެގިނަވާނީ ކައުންސިލް ތަކުގަ ހެން ހީވަނީ

  9. ޖަނާޒާ

    ކަލޯ ތިޔަ ހާލި ހެދީ ކޮންބައެއްތޯ! ލަދު ކޮބައިތޯ ، އެޖެންޑާ ގަރަހިތަ

  10. ރަނަޅު ވާހަކައެއް

    ތިއީ ހާލިވެފައިވާ ބޮޑު ހާއްޔެއް. ފުރަތަމަ އަމިްލައަށް (ވެރިކަމާއި؛ މަޖިލސ ލބމނ ވސ) 2.5 އަހަރު ވޭތިވެގެންދާއިރު ބިހެއް ނޭޅިގެން އުޅޭއިރު ވަރަށް އުދަނގޫވާނެ އެހެންބަޔަކަށް ބިހެއް އަޅަން.

    ވެރިކަމާއި؛ މަޖިލސ ލބމނ ވސ ބިސް ނޭޅުނީމަ މިބުނަނީ ކައުންސިލް ލިބުމުންނޭ ބިސްއެޅޭނީ. ހީވަނީ މިހާރު އެންމެ ބާރުގަދައީ ކައުންސިލް ހެން. ދެން މަޖިލިސް. އޭގެ ފަހުން ވެރިކަން!

  11. ހާލުފޮޅި

    ފީ އިލޮށި ހާއްޔަކަށް ބިސް އަޅާނީ މޮޔައިން... އަހަރެމެން ބިސް އަޅާނީ ހާލި ހަދައިގެން..

  12. އަލީ

    ތިހާއްޔައް ބިސް އަޅަންހެޔޮނުވާނެ. ތިހާލީގަ ބިސް ޖެހުނީ ކުނިވީ!!!!!! ކަމުދާ ހާއްޔެއް ނޫން ތީކީ.