15:02

ތ. ވޭމަންޑޫން މާލެ ގެންދިޔަ ބަލި މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރަށް މޮނީޓަރިންގއަށް ލައިފި

13:43

ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ޖެހި 18 މީހެއްގެ ސީރިއަސް ވުމާއެކު އުތުރު ކެރޮލައިނާގައި މި ވެކްސިން ދިނުން ހުއްޓާލައިފި

09:21

އިންޑިއާގެ ހާލަތު ގޯހުން ގޯހަށް، އިއްޔެ ވެސް އެއްލައްކަ ތިރީސްހާސް ކޮވިޑަށް ފައްސި.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެޗްޕީއޭ އިން އަޅާފައި އޮތް ފިޔަވަޅުތަކަށް ކައުންސިލް އިންތިހާބާއި ދިމާކޮށް ވަނީ އާދަޔާއި ހިލާފު ގިނަ ލުއިތަކެއް ދީފައެވެ. ވޯޓް ދިނުމަށް ބޭނުން ކޮންމެ ރަށަކަށް 48 ގަޑިއިރަށް ދަތުރު ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. ކޮވިޑް ޖެހިފައި ހުރި ނަމަވެސް ވޯޓް ލާން ދިއުމަށް އެއްވެސް ހުރަހެއް ނެތެވެ.

އެހެންކަމުން މިހާރު އެޗްޕީއޭގެ ފިޔަވަޅުތަކުގައި އެއްވެސް ހިފެހެއްޓުމެއް ނެތެވެ. މިއީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ހިނގައިދާނެ ސަބަބެކެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް ހުރީ ސަތޭކައިން މަތީގައެވެ. މިއަދު ވެސް 113 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު މާލެ އިން 56 މީހުން އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 46 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 11 މީހަކު މިއަދު ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 152 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިހާރު ކޮވިޑް ޖެހިފައި 3062 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 85 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.އެޗްޕީއޭއިން ވިދާޅުވީ، މިވަގުތު ރާއްޖޭގެ 71 ރަށެއްގައި ކޮވިޑް ޖެހިފައި 999 މީހުން އެބަތިބި ކަމަށެވެ. މިއަދު ކޮވިޑަށް ފައްސިވި މީހުން މަދުވިއިރު މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް މަދެވެ. މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 2،950 މީހުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް މޮޔަ

    އެކަމަކުވެސް ކުއްލިނުރައްކާ 5 އަހަރައް

  2. Anonymous

    ފައްސިވަނީއެއް ނޫން. ގެންގުޅޭ ކިޓްތަކަކީ ބައެއްގެ ޖީބު ބޮޑުވާތީ ގެންގުޅޭ ކިޓްތަކެއް. އަދި އިތުބާރު ގެއްލިފައިވާ ސިޔާސީ ކިޓްތަކެއް. ޕ. ނ
    ޢާންމު ޙާލަތަށް ހުޅުވާލާ ކުރިއަަށް ގެންދެވޭނެ ހާލަތުގައި ރާއްޖެ މިއޮތީ. ކޮވިޑުގެ އެއްވެސް ނުރައްކަލެއް މިޤައުމުގައި ނެތްކަން އެޗްޕީއޭ ހައްދެއްނެތް ނިންމުމުން އެނގެނީ